ޔަހޫދީ އިސްރާއީލުން އީރާނަށް ދިން ހަމަލާގެ ތެރެއަށް އެމެރިކާއިން ވަދެ، އީރާނަށް ދިން ހަމަލާގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުގެ މުހިންމު ބައިތައް ހަލާކުނުވާ ކަމަށް ޖާސޫސީ ރިޕޯޓުތަކުން ދައްކައިފިއެވެ. މިކަމުގެ ޖާސޫސީ މައުލޫމާތު ބްރީފިން ލިބިފައިވާ ހަތަރު އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނީ މިއީ ޕެންޓަގަންގެ ޖާސޫސީ އިދާރާ، ޑިފެންސް އިންޓެލިޖެންސް އެޖެންސީއަށް ލިބިފައިވާ މައުލޫމާތު ކަމަށެވެ. މި މައުލޫމާތު ބިނާކޮށްފައިވަނީ ހަމަލާތަކަށް ފަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހެދި ބެޓަލް ޑެމޭޖް...
އަޙްމަދު ވަހީދު
މޯލްޑިވްސް ޕޯސްޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މާލޭގެ މާފަންނުން އިމާރާތެއް ކުއްޔަށް ހޯދަން ފަށައިފިއެވެ. މޯލްޑިވްސް ޕޯސްޓުން ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް އަގު ހުށަހަޅާ ފޯމާއެކު އަންދާސީ ހިސާބު ހުށަހަޅަން ހުުޅުވާލާފައިވާ ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 3ގެ މެންދުރު 2:00 އާ ހަމައަށެވެ. ޕޯސްޓުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބީލަން ހުށަހަޅަން ޖެހޭނީ ޕޯސްޓު ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ...
އަޙްމަދު ވަހީދު
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް 56,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 131،848 މީހުން ވަނީ ޒަޚަމްވެފައިވެއެވެ. 13 ޖޫން 2025 ގައި އީރާނާއި ދެކޮޅަށް އިސްރާއީލުގެ ޖައްބާރުން ފެށި ހަމަލާތައް 12 ދުވަހަށްފަހު އިއްޔެ ހުއްޓާލައި ސުލްހަވެފައިވާއިރު، މި ހަމަލާތައް ހުއްޓުވުމަށް އެ ހަމަލާތައް ރޭވުމުގެ ފަހަތުގައި އޮތް އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް އިސް ދައުރެއް އަދާކުރިތަން ވަނީ ފެނ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ރަށު ނޮލެޖް ސެންޓަރުގައި ޤާއިމްކޮށްފައިވާ އާންމު ކުތުބުޚާނާ އަށް ޒިޔާރާތްކޮށްފައިވާ ފަރާތްތަކުގެ އަދަދު ޖުމްލަ 4665 އަށް އަރާފައިވާކަމަށް ކުޅުދުއްފުށި އާންމު ކުތުބުޚާނާގެ 2024 ވަނަ އަހަރު އަހަރީ ރިޕޯޓުން ދައްކައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ 2024 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ޤާއިމްކުރި މި ކުތުބުޚާނާ އަށް ރިއާޔަތްކޮށް އަހަރީ ރިޕޯޓެއް އެކުލަވާލާފައެވެ. މި ރިޕޯޓުގައި ވަނީ ކުތުބުޚާނާގެ މައިގަނޑު މަޤުސަދުތަކާއި، ޢަމަލުކުރެވޭ އުސޫލުތަކާއ...
އައިޝަތު އައިނީ އާމިރު
ސްޓެލްކޯ އިންހައުސް ޓްރެއިނަރުންގެ ޕޫލް އިފްތިތާހުކޮށްފިއެވެ. މި ޓްރެއިނަރުންގެ ޕޫލަކީ ސްޓެލްކޯގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް ކުންފުނިން ޓްރެއިނިން ދިނުމަށް އެކުލަވާލި ޕޫލެކެވެ. މި ޕޫލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ޢިލްމާއި، ހުނަރާއި، ތަޖުރިބާ ބޭނުންކޮށްގެން އެކި ދާއިރާތަކުން އެހެން މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި...
އަޙްމަދު ވަހީދު
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ރޭ ބަޔާން މިއުނިކާއި ބެންފީކާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބެންފީކާ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ މެޗަށް ބަޔާން ނުކުއިތް އިރު ވެސް އެ ޓީމަށް އޮތީ ދެވަނަ ބުރު ކަށަވަރުވެފައެވެ. ވުމާއިއެކު ރޭ މެޗަށް ބަޔާނުން ނުކުމެފައިވަނީ ބައެއް މުހިންމު ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ […]
އިބްރާހިމް ޚަލީލް
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތެއްގެ ގެ ތަޅާލަން ނިންމާފައިވާކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުނެފިއެވެ. ފަލަސްތީނުގެ މީހެއްގެ ގެ ތަޅާލައި ބިންފޭރިގަންނާނެކަން އިސްރ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އަބްދުލް ރަހީމް އަލް-ހައިމޯނީގެ ގެ ތަޅާލުމަށް ނިންމައި އިސްރާއީލް ސިފައިން ވަނީ އެކަން ޢިއުލާންކޮށްފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލްގެ ސިފައިން ވަނީ ޓެލް އަވީވްގައި މީހުން މެރުމުގެ ހަމަލާއެއް ދިން ކ...
ޔުމްނާ ޢަލީ
ޅ. މަޑިވަރު އެއަރޕޯޓާ ދިމާލުގައި ކަނޑުމަތީގައި ލޯންޗަކާއި ޑިންގީއެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 8:26 ހާއިރުއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި ޑިންގީގައި ތިބި 3 މީހުންނަށް ވަނީ އަނިޔާވެފައެވެ. އެމީހުންނަށް މިވަގުތު ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށްފަހު ގެއްލިފައިވާކަމަށެވެ. ‘’ބޮޑަށް ބެލެވެނ...
ޔުމްނާ ޢަލީ
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި އަޅާ ދެ މިސްކިތުގެ ތެރެއިން ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އެޅުމަށް މަރްޙޫމްގެ ދެ ދަރިން ބަންގްލަދޭޝް އަށް ފުރައިފިއެވެ. ސައިޚް ޚިދުމަތްކުރެއްވި ޚިދުމަތް ޖަމިއްޔާއިން ވަނީ މީސްމީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށް އެކަން ހާމަކޮށްފައެވެ. ޚިދުމަތް ޖަމިއްޔާއިން އާންމުކުރި ވޯޑިއޯ މެސެޖެއްގައި ސައިޚްގެ ދެ ދަރިން ވަނީ ބައްޕަގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާއެޅުމަށް ފުރާކަމުގެ ޚަބަރު ދީފައެވެ. ސައިޚްގެ...
ޔުމްނާ ޢަލީ
އަމިއްލަ ނަފްސަށް ގެއްލުން ދިނުގެ ހާދިސާއަކާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވިގެން، ހިޔާ ޓަވަރު 9 ގައި މިވަގުތު ފުލުހުންގެ އެކި ޓީމުތަކުން ވަނީ މަސައްކަތް ފަށާފައެވެ. މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށާއި، ކަށަވަރު ނުކުރެވޭ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅޭ އެއްވެސް ފ...
ޔުމްނާ ޢަލީ
އީރާނުގައި ޖާސޫސްކުރުމުގެ މަސައްކަތުގައި އުޅުނު ހަތް މީހަކު ހައްޔަރުކޮށްފިއެވެ. އިރާނުގެ ފާރްސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރާނުގެ ދެކުނުގައި އޮންނަ ހޯމޯޒްގާން ޕްރޮވިންސްއިން ޔޫރަޕަށް ނިސްބަތްވާ ޤައުމެއްގެ ރައްޔިތަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ސަލާމަތީ އަދި ސިފައިންގެ ސަރަހައްދުތަކުން ޖާސޫސީ ކުރިކަމުގެ ތުހުމަތުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިއަދު އިރާނުގެ ސަރުކާރުގެ މީޑިއާއިން ހާމަކުރި ގޮތުގައި، އިޒްރޭލުގެ މޮސާޑަށް ޖާސޫސީ ކުރިކަމުގެ ތުހުމަތު...
ޔުމްނާ ޢަލީ
ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގައި ސްކޭމް އެވެއާނަސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ “ހއ. އަތޮޅު ސްކޭމެއްގައި ނުޖެހޭނެ” ގެ ނަމުގައި ޖޫން މަހުގެ 14 އިން 18 އަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ސްކޭމް ސެންޓަރާއި ހއ. އަތޮޅު ޕޮލިސް އަދި ހއ. އަތޮޅު ކައުންސިލު ގުޅިގެންނެވެ. ސެޝަންތަކުގައި މައުލޫމާތު ދެއްވާފައިވަނީ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދެވެ. މި […]
އިބްރާހިމް އަސްވާޤް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ ދެ މަގާމަށް މީހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިއުލާނު ކޮށްފިއެވެ. މި ދެ މަގާމަކީ އެކޮމިޝަނުގެ ނައިބު ރައީސް މުއުމިނާ ވަޙީދު އަދި ކޮމިޝަނަރު އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤްގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެން ހުސްވާ މަގާމުތަކެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބެވި މެންބަރުންގެ ތެރޭގައި ކޮމިޝަންގެ ރައީސް މަރްޔަމް މުނާގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނަރުންގެ ގޮތުގައި އިސްމާޢީލް ޙަބީބު...
އިބްރާހިމް އަސްވާޤް
ހަނގުރާމަ ހުއްޓާލަން ނިންމި ނިންމުމަކީ ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރު ނިމުމަކަށް ގެނެ ތާރީޚީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އީރާނުން ސިފަކޮށްފިއެވެ. 13 ޖޫން 2025 ގައި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާއި ގުޅިގެން އީރާނުން ވެސް ވަނީ ރައްދު ހަމަލާތައް ފަށާފައެވެ. އެމެރިކާއިން ބޭނުންވި ގޮތައް އިސްރާއީލް ލައްވައި ހަނގުރާމަ ކުރުވައި އީރާނު ބަލިނުވުމުން 21 ޖޫންގައި އެމެރިކާ އިން ވެސް އީރާނަށް ވަނީ ހަމަލާދީފައެވެ. އެ ހަމާލާގެ ރައްދުގައި އީރާނުން […]
ޔުމްނާ ޢަލީ
ދިވެހި ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުީއްޒު ނިންމަވައިފިއެވެ. ރައީސް މީސްމީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވަނީ އެކަން ހާމަކުރަށްވާފައެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ވަނީ ނިންމަވާފައެވެ. މިގޮތުން ޙާފިޒުންނަށް ދެ ގުނަ ބޮޑުކުރި އެލަވަންސް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ) އިން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ޑަބްލިއުޑީސީން ފޭސްބުކުގައި އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ މަޤުސަދަކީ، ރަށުގެ ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޖޯލިފަތިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގެ ތެ...
އައިޝަތު އައިނީ އާމިރު
މިހާރު ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާ އިސްރާއީލް-އީރާން ހަނގުރާމައަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނަމެއް ދެއްވައިފިއެވެ. މި ހަނގުރާމައަށް ޓްރަމްޕް ދެއްވާފައި ވަނީ “12 ދުވަހުގެ ހަނގުރާމަ” މި ނަމެވެ. މިއީ 1967 ވަނަ އަހަރު މެދުއިރުމަތީގައި ހިނގި “6 ދުވަހުގެ ހަނގުރާމަ” އާ އެއްގޮތް ނަމެކެވެ. އެ ހަނގުރާމައިގައި އިސްރާއީލުން ހަނގުރާމަ ކުރީ މިޞްރު، ޖޯޑަން އަދި ސީރިއާ ފަދަ ޢަރަބި ޤައުމުތަކާ އެކުގައެވެ. އީރާނުން ބުނާ ގޮތުގައި ޖޫން 13 ގައި އިސްރާއީލުން ހަމަލާ […]
ޔުމްނާ ޢަލީ
އިސްރާއީލާއި އީރާނުން، ޓްރަމްޕް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ޤަބޫލުކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލާއި އީރާނުން އަންގާރަ ދުވަހު ޤަބޫލުކޮށްފައިވަނީ، މެދުއިރުމަތީގައި 12 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ހަނގުރާމަ ނިންމާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނެވެ. މިއީ ޤަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން މިސައިލް ހަމަލާއެއް ދިނުމަށްފަހުގައެވެ. ދެ ފަރާތުންވެސް މި އެއްބަސްވުން ޤަބޫލުކުރީ، އީރާނުން އަންގާރަ ދުވަހު ފަތިހު އިސް...
ޔުމްނާ ޢަލީ