ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ.

Ad
rt

މި ބޯޓުތައް އަތުލައިގަނެ، މިހާރު އޮތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައެވެ.

ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި ނުދެއެވެ.

ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަލައަކީ ދޭތެރެދޭތެރެއިން ފާހަގަ ކުރެވޭކަމެކެއެވެ.

މިފަދަ ބޯޓުތައް ފެނުމުން ދިވެހި މަސްވެރިން ވެސް އަންނަނީ އެކަމުގައި ވަރަށް ބޮޑަށް އެހީތެރިވެ، އެކަމުގެ ރިޕޯޓު ސިފައިންނަށް ކުރަމުންނެވެ.

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ވަދެ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމަކީ ގާނޫނީ ކުށަކަށްވާއިރު، ދާ ޖަހައިގެން މަސްވެރިކުރުމާއި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި، އެންވެރިކަން ފިޔަވައި، ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ ކެމިކަލްއެއް ބޭނުންކޮށްގެން ފަދަގޮތްތަކަށް މަސްވެރިކަން ކުރުމަކީ މަސްވެރިކަމުގެ ގާނޫނާ ހިލާފުވާކަންކަމެވެ.