ށ.ފުނަދޫއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ މެއިން ޕަމްޕްސްޓޭޝަން ގިރާލައި އެ ނިޒާމަށް ގެއްލުންވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އެ ރަށަށް އުދައެރުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ބުނީ ކުރިން ދުވަހު ވެސް އެރަށަށް އުދައަރާފައިވާ ކަމަށާއި ނަމަވެސް އިއްޔެ (27 ޖޫން) މާބޮޑަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ އިއްޔެ އުދައަރާފައި ވަނީ ރަށުގެ ދެކުނު ފަރާތުން ކަމަށާއި، އުދައެ...
އިބްރާހިމް ޚަލީލް
ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް މިހާރު ވެސް ކުޅެމުން އަންނަ، އަލް ނަސްރާއި ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ، އިތުރު ދެ އަހަރު ދުވަހު އެ ޓީމުގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 2027 ވަނަ ސީޒަންގެ ނިޔަލަށް އޭނާ އަލް ނަސްރުގައި މަޑުކުރާނެއެވެ. ރޮނާލްޑޯ އަލް ނަސްރާއި ގުޅިފައިވަނީ 2022 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހުއެވެ. އަންނަ ޖުލައިމަހުގެ ނިޔަލަށް ރޮނާލްޑޯ މިހާރު އަލް ނަސްރާއިއެކު ހަދާފައިވާ […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.އަތޮޅުގައި ފަށައިފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން އެއްރަށުގައި ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، މިހާރު ހއ. އަތޮޅު ގައި އެ އަތޮޅު ހޯރަފުށީގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، (ޑީއެންއާރް) އިން ވިދާޅުވިއެވެ. މުޅި ރާއްޖެ އައިޑީ ހަދ...
އަލީ އާދިލް
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމްކުރުމުގެ އެއްވެސް މަޝްވަރާއެއް ދިވެހި ސަރުކާރުން ނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ލަންކާގެ ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާއިރު، އެންމެ މުހިންމު އެއް މަޝްވަރާއަކަށް ވާނީ ދެ ގައުމުގެ މެދުގައި ފ...
އަލީ އާދިލް
ސްޕެއިންގެ ސެވިލްގައި ބާއްވާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ސްޕެއިނަށް ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ އިފްތިތާހީ ދަންފަޅީގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވަވާނެ އެވެ. މި ކޮންފަރެންސްގައި ނައިބު ރައީސް އިސްނަން...
އަލީ އާދިލް
އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕްގެ ބޭފުޅުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ފަށައިފި އެވެ. މި ގޮތުން ޕީއެންސީގެ ލީޑަރޝިޕްގެ ވަފުދެއް ވަނީ ހދ. އަތޮޅަށްވެސް ޒިޔާރަތްކޮށްފަ އެވެ. މިޓީމުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި މިނިސްޓްރީތަކުގެ އިސްވެރިން ހިމެނެއެވެ. ފުރަތަމަ ހދ. އަތޮޅުން ހަނިމާދޫއަށް ޒިޔާރަތްކޮށް، އެ ރަށުގައި ޕާޓީގެ ސްޓިއަރިންގް ކޮމިޓ...
އަލީ އާދިލް
ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ވަކި ރަށްތަކެއް ޚާއްސަކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މީސްމީޑިއާގައި މިއަދު މިކަން އިއުލާނު ކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގައި މަޝްހޫރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ހަލާލް ޓޫރިޒަމްގެ ރޮނގުން ވެސް ދިވެހިރާއްޖެ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ފަތުރުވެރިންނަށް ދެވޭ ތަޖުރިބާ އަދި މެހެމާންދާރީގެ ރޮނގުން މިހާރުވެސް ދިވެހިރާއްޖެއަކީ ދުނިޔެއަށް މިސާލަކަށް...
އަލީ އާދިލް
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝާން އާއި ގުޅިގެން ބޭއްވި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އެންމެ ގިނަ މީޓް ރިކޯޑް ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރާއި، މިލަންދޫ ސްކޫލްގެ އިބްރާޙިމް ނަޝީހް އަލީ ހޯދައިފިއެވެ. މި މަހު 21 އިން 26 އަށް ކުޅުދުއްފުށީގައި ކުރިއަށް ދިޔަ މި މުބާރާތުގައި އުތުރުގެ 19 ސްކޫލަކުން 725 އެތުލީޓުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ ނިންމުމުުގެ ރަސްމިއްޔާތު ރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ވަނީ ބާއްވާފައެވެ. އެގޮތުން […]
އައިޝަތު އައިނީ އާމިރު
އައްޑޫ ސިޓީގައި ކުރިއަަށްގެންދިޔަ އުރީދޫ މޯލްޑިވްސްގެ ފަންރަންއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ރާއްޖޭގައި ކުރިއަށްގެންދާ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މިހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާންނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ. މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. މި ދުވުމުގައި ފެށުނީއްސުރެ ނިމެންދެން ކޮންމެކިލޯމީޓަރެއްގައި ފޯމް، ކުލަ އަދި އޮބްސްޓެކަލްސް ސްޓޭޝަންތައް ބަހައްޓާފައި ހުއް...
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަމުގައި ފަހާފޮށި ބޭނުންކޮށްގެން މާ ޖަހަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންނާއި، ސަރަންގު ޖަރީ އާއި ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ. މި ޖޫން މަހު 15 އިން 26 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރަމުގައި މުޅި ޖުމްލަ 22 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވި ފަރާތްތަކަށް ފަހާފޮށި ބޭނުންކޮށްގެން މާޖެހުމަށާއި އެކި ކަހަލަ އުކުޅުތައް ދަސްކޮށްދިނުމުގައި ހަރަކާތްތެރިވެފައިވަނީ ސަރަންގު ޖަރީގެ އިންސް...
އައިޝަތު އައިނީ އާމިރު
ސައޫދީ އަރަބިއްޔާގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ރިޔާޒު ސިޓީގައި ސައުދީ ފުލުހުން ވަނީ މީހުން ދިރިއުޅޭ ފްލެޓެއްގައި ހަށިވިއްކުމުން ދަނިކޮށް ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ރިޔާޒުގެ ފުލުހުންނާއި، އެ ޤައުމުގެ ޖެނެރަލް ޑިޕާޓްމަންޓް ފޯ ކޮމިއުނިޓީ ސެކިއުރިޓީ އެންޑް ކޮމްބެޓިން ހިއުމަން ޓްރެފިކިންއާ ގުޅިގެން ހިންގި ސެކިއުރިޓީ އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރީ ކ...
ޔުމްނާ ޢަލީ
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލި، ރަށްތައް ގިރަމުންދާ ޕެސިފިކް ސަރަހައްދުގެ ޖަޒީރާ ގައުމު ޓުވާލޫގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން އޮސްޓްރޭލިއާގެ ވިސާއަށް އެދި ހިޖުރަ ކުރަން ނިންމައިފި އެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރުމަށް ޚާއްސަ ވިސާއެއް ތަޢާރަފުކުރި ދުނިޔޭގެ ފުރަތަމަ އެއްބަސްވުމުގެ ދަށުން، އޮސްޓްރޭލިއާއިން ވަނީ 2023 ވަނަ އަހަރު ޓުވާލޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 280 ވިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފު...
އަލީ އާދިލް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގަވައިދުން ބޭނުންކުރާ މީހުންގެ ސިކުނޑީގެ ޤާބިލްކަން، އެ ޓެކްނޮލޮޖީއަށް ބަރޯސާ ނުވާ މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެ ގަމާރުވާކަމަށް ދެ ދިރާސާއަކުން ހާމަވެއްޖެއެވެ. ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ވޯޓަން ސްކޫލުން ކުރި އެންމެ ފަހުގެ ދިރާސާގައި 4،500 އަށްވުރެ ގިނަ ބައިވެރިން ހިމެނެއެވެ. މި ދިރާސާގައި ބެލީ ޗެޓްޖީޕީޓީ ފަދަ ލާރޖް ލެންގުއޭޖް މޮޑެލް (އެލްއެލްއެމް) ތައް ބޭނުންކޮށްގެން ދިރާސާކުރާ މީހުންނާއި ގޫގުލް ސާރޗް ބޭނުންކުރާ މީހުންގެ މެދުގައި ހުރި ތަފާ...
އަލީ އާދިލް
މައިކްރޯސޮފްޓްގެ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމްގައި 1985 އިން ފެށިގެން ބޭނުންކުރަމުން އައި މަޝްހޫރު “ބްލޫ ސްކްރީން އޮފް ޑެތް” މި އަހަރުގެ ފަހުކޮޅު އުވާލުމަށް މައިކްރޯސޮފްޓުން ނިންމައިފިއެވެ. ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ތަކުގައި މައްސަލަ ޖެހުމުން، ބުލޫ ސްކްރީންގެ ބަދަލުގައި ދެން ފެންނާނީ ކަޅު ކުލައިގެ ސްކްރީނެކެވެ. އަދި ހިތާމައިގެ ސިފަ ރަމްޒުކޮށްދޭ އިމޯޖީ ): ނުހިމެނުމަށްވެސް ވަނީ ނިންމާފައެވެ. މައިކްރޯސޮފްޓުން މިކަން އިއުލާންކޮށްފައިވަނީ މި އަހަރުގެ ފަހުކޮޅު ވިންޑޯސް 11 ގެ ވާރޝަން 24H2 އަށް ގެންނ...
އިބްރާހިމް އަސްވާޤް
“މިއީ ދުނިޔޭގެ އުސޫލެވެ. މި ގޮތުން މި ރަދުންގެ އަޖަލު އައިސް ޖެހުނު ވަގުތު ކަނޑިއާއި ލޮންސި އަދި ކިޔެއްތަ، އެ ރަދުންގެ ބާރުގަދަ ބޮޑު ލަޝްކަރަށް ވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. މާތްކަމާއި މޫރިތިކަމާއި ޢިއްޒަތާއި ޖާހާއި ފަޚުރުވެރި މަޤާމު ދޫކުރައްވައި ކަފުނުގެ ބަނޑެލިތަކުން ބެނދިވަޑައިގެންނެވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އަދި ރަސްކަމުގެ ތަޚުތުން ފައިބައި ވަޑައިގެން ފަޚުރުވެރި ގަނޑުވަރު ދޫކުރައްވައި މީސްތަކުންގެ ކޮނޑުތަކުގައި އުފުލިގެންވީ ސަންދޯކެއްގައި ކަށްވަޅުގެ ތުންފަތްމައްޗަށް ވަޑައިގަންނ...
ޢަބްދުﷲ ސަޢީދު
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަގީރުންނަށް އިންޝުއަރެންސެއް ތަޢާރަފްކުރަން ސަރުކާރުން ނިންމައިފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މުޙައްރަމް 1447 އިން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށެވެ. މިއިންސުއަރެންސް ތައާރަފްކުރަން...
ޔުމްނާ ޢަލީ
ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަނދާންކޮށްދެއްވައިފިއެވެ. މިއަދު ފާހަގަކުރާ ހިޖުރީ އާ އަހަރުގެ މުނާސަބާގައު ރައީސް ފޮނުއްވި ޚިޠާބުގައި ވަނީ މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ފާހަގަކުރަށްވާފައެވެ. އެގޮތުން ރައީސްގެ ޚިތާބުގައި ވަނީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ، މުޙ...
ޔުމްނާ ޢަލީ
އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރެއަށް އިސްރާއީލުން ވަދެގަތީ އޭގެ ގެއްލުންތައް ބަރުދާސްތު ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު އެވެ. ނަމަވެސް ހިސާބުތަކުން ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. ހަނގުރާމައިގައި އިސްރާއީލަށް ލިބުނު ގެއްލުންތަކަކީ އެޤައުމުގެ އިޤްތިޞާދަށް ވަރަށް ބޮޑު ލޮޅުމެކެވެ. މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބައިނަލްއަޤްވާމީ އިތުބާރު އެގައުމަށް އަންނަނީ ގެއްލެމުންނެވެ. އިސްރާއީލަށް ލިބ...
އިބްރާހިމް އަސްވާޤް