ސްޓެލްކޯ އިންހައުސް ޓްރެއިނަރުންގެ ޕޫލް އިފްތިތާހުކޮށްފިއެވެ.

މި ޓްރެއިނަރުންގެ ޕޫލަކީ ސްޓެލްކޯގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް ކުންފުނިން ޓްރެއިނިން ދިނުމަށް އެކުލަވާލި ޕޫލެކެވެ. މި ޕޫލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

Ad
rt

މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ޢިލްމާއި، ހުނަރާއި، ތަޖުރިބާ ބޭނުންކޮށްގެން އެކި ދާއިރާތަކުން އެހެން މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި މަސައްކަތް ފެށީ ތަމްރީނު ނަގައިދިނުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ސަނަދު ހާސިލްކޮށްފައިވާ 35 މުވައްޒަފުންނާއެކު ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ޓްރެއިނަރުންގެ ޕީލް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޫލުގައި ހިމެނޭ މުވައްޒަފުންނަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ވަނީ ދީފައެވެ. މީގެތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ހާއްސަ މުވައްޒަފުން ހިމެނެއެވެ.

ސްޓެލްކޯ އިން ބުނީ ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.