ށ. ފޯކައިދޫ ކައުންސިލުން ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމާއި، ނޭޗަރ ޕާކް ކޮންސެޕްޓް ޑިޒައިނިންގ އަދި އެ ރަށު އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކުރެވުނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް ‘ތިލަދުން’ އަށް މައުލޫމާތުދީ ވިދާޅުވެފައިވަނީ މި އެއްބަސްވުންތަކުގެ ދަށުން...
އައިޝަތު އައިނީ އާމިރު
ކޭ ޕާކު ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ޝަރީއަތް ނިމެންދެެން ބަންދުކުރި ހަސަން މަމްދޫހު (މަންޑޭ) ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. ކޭޕާކް ހަދަމުންދާ ކުންފުނި ކަމަށްވާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާ މައްސަލާގައި މިދިޔަ ހަފުތާގައި […]
ހުސައިން ހަބީބް
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފި އެވެ. ގެއްލިގެން ހޯދަމުންދާ ފަރާތަކީ ޏ. ފުވައްމުލައް، ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ސާމީ ޢަބްދުލްޙަމީދުގެ އެއްވެސް ޚަބަރެއް ލިބިފައިނުވަނީ 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ ގެއްލިފައިވާކަން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހުގެ ހަވީރު 18:16 ގައެވެ. […]
އިބްރާހިމް އަސްވާޤް
ހދ. ކުޅުދުއްފުށީ ސިޓީގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ “ކުޅުދުއްފުށި ބެޑްމިންޓަން މުބާރާތް 2025” ގެ ގުރުވަތު ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ބެޑްމިންޓަން އެރީނާގައި ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިއަދު ބޭއްވި ގުރުވަތު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ މުޅި ޖުމްލަ 5 ކެޓަގަރީއަކަށް މި މުބާރާތުގައި ކުޅެވޭގޮތަށް ގުރުވަތު ނަގާފައ...
އައިޝަތު އައިނީ އާމިރު
މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ދިވެހި ފުލުހުންގެ ޚިދުމަތުން ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ، މިއަދު (3 ޖުލައި 2025) ހެނދުނު، މާލޭގައި ހުންނަ ގެއެއްގައި ހުއްދަނޫން ގޮތުގައި ބަންދުކޮށްފައި ހުރި ބިދޭސީ ފިރިހެނެއް، އެ ޚިދުމަތުން ހަރަކާތްތެރިވެ ސަލާމަތްކޮށްފައިވާ ކަމަށެވެ. ފުލުހުން ދިން މައުލޫމާތު ތަކަށް ބަލާއިރު، މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުނީ މިއަދުގެ ހެނދުނު 6:00 އެހައިކަށްހާއިރުއެވެ. މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓު ލި...
ޔުމްނާ ޢަލީ
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ މީހަކު ބެހެއްޓި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޝިޔާމްގެ މައްޗަށް […]
ޔުމްނާ ޢަލީ
ސައުދީ އަރަބިއްޔާ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ ފަރާތުން 49.4 ބިލިއަން ސައުދީ ރިޔާލް (13,338,000,000 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ޤައުމުގެ ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. ސައޫދީ ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާއިން ބޭރުގެ ފަތުރުވެރިން އެ ޤައުމުގައި ޚަރަދުކުރުމުގައި ރެކޯޑު އަދަދަދެކެވެ. މިގޮތުން ސައޫދީގައި ބޭރުގެ ފަތުރުވެރިން ކުރި ޚަރަދު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 49.4 ބިލިއަން ސައުދ...
ޔުމްނާ ޢަލީ
އިސްރާއީލަށް އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށް ނުލެވުމުން ހަމަލާގައި ބައިވެރިވެ އީރާންގެ ނިއުކްލިއަރ ތިން ތަނަކަށް ހަމަލާދިނުމަށްފަހު އެތަންތަން ”ފުނޑުފުނޑުކޮށްލެވިއްޖެ”ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވިޔަސް، އެތަންތަން ނައްތާނުލެވޭކަން އެމެރިކާއިން އެންމެފަހުން އެއްބަސްވެއްޖެއެވެ. ރާގުބަދަލުކޮށް އެމެރިކާގެ ޕެންޓަގަނުން މިހާރު ބުނަނީ އެ ޤައުމުން އީރާނަށް ދިން ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއް އަހަރަށް ނުވަތަ ދެ އަހަރަށް ފަހަތ...
ޔުމްނާ ޢަލީ
އިންސާނާގެ ދުނިޔެވީ ދިރިއުޅުމުގެ އެންމެ ފަހު ވަގުތަކީ މަރެވެ. އަދި އެއަށްފަހު އަންނަނީ ކަށުކަމާކެމީގެ މަރުހަލާއެވެ. ނަމަވެސް މިއަދު ވިސްނާލާ ފިކުރުކޮށްލަން މިއުޅެނީ ކަށުކަމާކެމީގެ ފަހުން އަންނަ ދުވަސްތަކާ މެދުގައެވެ. މިއީ ކޮންމެ މީހަކަށް ޔަޤީނުންވެސް ކުރިމަތިވާނެ ހަޤީގަތެކެވެ. ކުރިމަތިން ފެންނަމުން ދިޔަ ނަމަވެސް ވިސްނާ ނުލެވުނަސް، ކަން ވެގެންދާ ގޮތެވެ. ތިބާގެ މަރުގެ ޚަބަރު ރައްޓެހިންނާއި ދަންނަ މީހުންނަށް ފެތުރިގެން ދަނީ ވަރަށް ބާރަށެވެ. އެގޮތުން، ގިނަފަހަރަށް ޖަނާޒާގެ މަޢުލޫމާތު ލިބެނީ މީސް މީޑ...
Thiladhun
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާކުރައްވާފައިވެއެވެ. މި ދަތުރުފުޅުގައި ވަނީ ޤާބިލުކަން އިތުރުކުރުމާއި، ތިމާވެށީގެ ތަރައްޤީއާއި، ތަޢުލީމީ ދާއިރާއިންނާއި، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްގެ އެޕްލިކޭޝަން މެދުވެރިކޮށް 50ރ. އާ ހަމައަށް ރީޗާޖްކޮށްގެން، ކޮންމެ ހަފްތާއަކުވެސް އަގުހުރި އިނާމެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެޕް މެދުވެރިކޮށް 50ރ. އިން މަތިން ރީޗާޖްކޮށްގެން ކޮށްގެން ހަފްތާއަކު އަގުހުރި އިނާމުތައް ލިބޭނެ ކަމަށެވެ. އެގޮތުން ބޮޑު އިނާމުގެ ގޮތުގައި ލިބޭނީ ސެމްސަންގް ގެލެކްސީ އެސް25 އަލްޓްރާއެކެވެ. މި ޕްރޮމޯޝަނުގައި ކޮންމެ […]
އިބްރާހިމް އަސްވާޤް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސޭލްސް ސެންޓަރެއް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފިއެވެ. އެމްއައިބީގެ ސާވިސް ސެންޓަރ އެޅުމަށް ހަނިމާދޫއިން ބިން ދޫކޮށްފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްބަސްވުމުގައި ސޮއިކޮށް މި މަހުގެ އެއްވަނަ ދުވަހު އެމްއައިބީއަށް ވަނީ ބިން ހަވާލުކޮށްފައެވެ. ހަނިމާދޫގައި އެމްއައިބީން އަޅާ ސާވިސް ސެންޓަރާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ އެމްއ...
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދެ ދައުރަށްވުރެ ގިނައިން ނުކުރެވޭގޮތަށް ހަދަން މަޖިލީހަށް އިސްލާޙެއް ހުށަހަޅަން ބޭނުންވާކަމަށްވިދާޅުވެ، އެކަމުގައި އާންމުންގެ ޚިޔާލަށް މައްޗަން ގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު އެދިވަޑައިގެންފިއެވެ. މެންބަރު އިބްރާހިމް މުހައްމަދު މި ޚިޔާލުފާޅުކުރަށްވައި، އާންމުންގެ ޚިޔާލަށް ހުޅުވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ވެސް އެކަކަށް ދެ ދައުރަށްވުރެ ގިނައިން އަދާނުކުރެވޭކަން ފާހަގަކު...
ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގައި މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ އެވެ. ޕީއެންސީގައި މިވަގުތު 68،665 މެންބަރުން ތިބިއިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ 43،765 މެންބަރުންނާއެކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. ޖުމްހޫރީ ޕާޓީގައި 13،456 މެންބަރުން ތިބިއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގަ...
އަލީ އާދިލް
އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމަށް އައު ދޮރެއް ހުޅުވައިދިން ތާރީޚީ ދަތުރުފުޅެއްކަމާމެދު ޔަޤީންކަން އޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 29 ޖޫން 2025 ގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ރައީސް މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވަނީ ސިންގަޕޫރުގެރައީސް ތާމަން ޝަންމުގަރަތްނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޯންގ އާއި، ސިންގަޕޫރު ސަރުކާރާއި ރައްޔިތުންނަށް، މި ދައުލަތުގެ އެމަނިކުފާނަށާއި އަރިހުގައި ގެން...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫގައި ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުގެ ޖެންޑަރ އެކްޝަން ލާރނިން ސިސްޓަމް (ގާރަލސް) ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ޖޫން މަހު 15 އިން 20 އަށް 26 ބައިވެރިންނާއެކު އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ތެރޭގައި ބައިވެރިންނަށް...
އައިޝަތު އައިނީ އާމިރު
ނ. ކެނދިކުޅުދޫ ހޭޅިފަށުގައި ހެދިފައިވާ ގަސްތައް ހުއްދަނެތި ކަނޑަމުންދާ މައްސަލަ އިތުރުވެފައިވާކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފި އެވެ. މި މައްސަލައާ ގުޅިގެން ކައުންސިލުން ނެރުނު އިޢުލާނެއް ބުނެފައިވަނީ، ރަށުގެ އެކި ސަރަހައްދުތަކުގެ ހޭޅިފަށް ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާއިރު، ބައެއް ފަރާތްތަކުން ހޭޅިފަށުގައި ހެދިފައިވާ ބޮޑެތި ގަސްތައް ހުއްދަނެތި ކަނޑަމުން ގެންގޮސްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި، ދި...
އިބްރާހިމް އަސްވާޤް
މިއީ ކަންފަތް ބީރު ލޯކަނު ސަރުކާރެއްގެ ގޮތަށް ދެއްކުމަށް މަސައްކަތްކުރުމަކީ އެއީ ވަރަށް ހިތާމަހުރި ކަމެއްކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ގަރާރަށް ޝުޖާޢ...
ޔުމްނާ ޢަލީ