ޓިކްޓޮކްއާ ގުޅޭ މުހިންމު އެއްބަސްވުމަކާ ބެހޭގޮތުން މި ހަފްތާގެ ތެރޭގައި ޗައިނާއާއެކު މަޝްވަރާތައް ފަށާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ”އެއަރ ފޯސް ވަން” މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި މަޝްވަރާތަކަކީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. “އަޅުގަނޑުމެން ހޯމަ ނުވަތަ އަންގާރަ ދުވަހު ޗައިނާއާ، ފަހަރުގައި ރައީސް ޝީ ނުވަތަ އެ...
ޔުމްނާ ޢަލީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން އެންމެ ބުއްދިވެރި ގޮތަކީ، ޓެންޑާކޮށްގެން، ސަރުކާރަށް އެންމެ ފައިދާބޮޑު ޕްރައިވެޓް ފަރާތެއް ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދެއްކެވި ވާހަކަ ސަރުކާރުން ދޮގުކޮށްފައި ވަނިކޮށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއ...
ޔުމްނާ ޢަލީ
ނާސާގެ އެސްޓްރޮނޯޓު ނިކޯލް އެޔާސްގެ އެކްސް އެކައުންޓްގައި އާންމު ކުރި ފޮޓޯ އަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މިމަހުގެ 3 ވަނަ ދުވަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެމެރިކާ އާއި ބުރެޒިލް މަތިން ދަތުރު ކުރަމުން ދަނިކޮށް އެޔާސް ނެގި މި ފޮޓޯ އެންމެ ފުރަތަމަ އާންމު ކުރުމާއި އެކު، އެ ފޮޓޯ އަކީ އޭއައި ޖެނެރޭޓަޑް ފޮޓޯ އެއް ކަމަށް ގިނަބަޔަކު ބުނެ ފާޑު ކިޔާފައިވެއެވެ. ނަމަވެސް އެއީ، އާންމުކޮށް ނުފެންނަ ނާދިރު […]
އަލީ އާދިލް
ރިޕަބްލިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ މައިގަނޑު ކެމްޕޭން ފައިނޭންސަރު ކަމުގައިވާ އެލޮން މަސްކް އާ ދެމެދު އޮތް ގުޅުން އިތުރަށް ރެނދުލައި ގޯސްވެއްޖެއެވެ. މިފަހަރު އެކަން ވެގެން ދިޔައީ، ޓްރަމްޕްގެ “ބޮޑު، ރީތި” ޓެކްސް ބިލުން އެމެރިކާ ބަނގުރޫޓުވާނެ ކަމަށް ބުނެ، ސްޕޭސް އަދި އޮޓޮމޮބައިލް ދާއިރާގެ ބިލިއަނަރު މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ. މަސްކް މިކަން ހާމަކުރީ ހޮނިހިރު ދުވަހު އޭނާގެ އެކްސް ޕްލެޓްފޯމުންނެވެ. އޭނާ ވަނީ ފުރަތަމަ […]
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްއިން އަލަށް ތަޢާރަފުކުރި ޕްރޮމޯޝަނެއްގައި، އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާއާ ހަމައަށް ރިޗާޖުކޮށްގެން ނުވަތަ 50 ރުފިޔާގެ އެޑް-އޮންއެއް ނަގައިގެން ސެމްސަންގް އެސް 25 އަލްޓްރާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މި ޕްރޮމޯޝަންގެ މައިގަނޑު އިނާމުގެ ގޮތުގައި ހަމަޖެހިފައިވަނީ ސެމްސަންގް އެސް 25 އަލްޓްރާ ކަމަށް އުރީދޫއިން މަޢުލޫމާތު ދެއެވެ. މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް އަގުހުރި އިނާމުތަކެއް ދޭ...
އިބްރާހިމް އަސްވާޤް
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ. އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ބަޔާނަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު، އަނިޔާއިން ސަލާމަތްވެ ފުރަތަމަ އެގާރާގައި ހިމެނިގެން ރޭ ކުޅުނު އެ ޓީމްގެ ތަރި ޖަމާލް […]
އިބްރާހިމް ޚަލީލް
ތައިލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން ޑުސިޓް ހޮޓެލްސް އެންޑް ރިސޯޓްސްއިން އެ ކުންފުނީގެ ފުރަތަމަ އޯލް-އިންކްލޫސިވް ލައިފްސްޓައިލް ރިސޯޓް، ޑުސިޓްޑީ2 ފޭދޫ މޯލްޑިވްސް ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ. އޭޝިއާގެ އެންމެ ވަރުގަދަ އެއް ހޮޓެލްޗެއިން، ތައިލެންޑްގެ ދުސިތު އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވާ ޑުސިޓް ބްރޭންޑްގެ ދެވަނަ ޕްރޮޕަޓީއެވެ. މީގެ 13 އަހަރު ކުރިން ބ. މުއްދޫގައި ހުޅުވި ފަސްތަރީގެ ރިސޯޓަކީ އެ ކުންފުނީގެ ފުރަތަމަ ރިސޯޓެވެ. މިމަހުގެ 27 ގައި ސޮފްޓް އޯޕަނިންގ ބޭއްވުމަށް ހަމަޖެހިފައިވާ މި...
އިބްރާހިމް އަސްވާޤް
އިންސާނުންގެ ދިރިއުޅުމުގައި އެންމެ ބޮޑު ޙަޤީޤަތަކީ މަރުވުމަށްފަހު ދާއިމީ ދުނިޔެއަށް ދިއުމެވެ. އެތަނުގައި ކޮންމެ މީހަކަށްވެސް ލިބޭނީ އޭނާ ދުނިޔޭގައި ކުރި ޢަމަލުތަކުގެ ޖަޒާއެވެ. ނަރަކައަކީ ނުބައި ޢަމަލުތައް ކުރި މީހުންނަށް ލިބޭނެ ވޭންދެނިވި ޢަޛާބުގެ ދާއިމީ ގެއެވެ. ނަރަކައިގެ އަހުލުވެރިންނަށް ލިބޭ ޢަޛާބަކީ ވަރަށް ބޮޑު އަދި ހިތައްވެސް ނުގެނެވޭފަދަ ވޭންދެނިވި އެއްޗެކެވެ. މިވޭނަށް ކެއްނުކުރެވި ނަރަކަވެރިން އެދޭ ވަރަށް ބޮޑު އެދުމެއް އޮވެއެވެ. ނަރަކައިގެ އަހުލުވެރިން އެދެނީ އެނބުރި ދުނިޔެއަށް ދިއުމަށެވެ...
Thiladhun
ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި މިރޭ ކޮށްދެއްވައިފިއެވެ. މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ރައީސް މުޢިއްޒު ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ. ޖަމުޢިއްޔަތުލް ފަލ...
ޔުމްނާ ޢަލީ
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ތިލަދެކުނު ޤުރުއާން މުބާރާތް 2025” ހދ. މަކުނުދޫގައި ބާއްވަން ހަމަޖެހިއްޖެއެވެ. މި މުބާރާތް ބާއްވާ ރަށަކަށް މަކުނުދޫ ހަމަޖެހުނީ މުބާރާތް ހޯސްޓްކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގައި މަކުނުދޫ ކައުންސިލުން ހުށަހެޅި ބީލަން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތް އިންތިޒާމްކުރުމަށް ހދ އަތޮޅު ކައުންސިލް އިދާރާއިން އެ އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށާއި ރަށު ކައުންސިލްތަކަށް ހުޅުވާލާފައިވަނީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. މަކުނުދޫގައި މި މުބާރާތް...
އައިޝަތު އައިނީ އާމިރު
ހއ. ފިއްލަދޫ ސްކޫލްގެ އިސްލާމް ޑިޕާރޓްމަންޓްގެ ފަރާތުން އެ ސްކޫލަށް ޕޯޑިއަމެއް ހަދިޔާކޮށްފިއެވެ. މި ޕޯޑިއަމަކީ ސްކޫލުގެ އެކި އެކި ހަރަކާތްތަކުގައި، ޚާއްސަކޮށް ރަސްމީ ޖަލްސާތަކުގައި އަދި އެހެނިހެން ރަސްމިއްޔާތުތަކުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް އެމީހުންގެ ޚިޔާލުތައް ފާޅުކުރުމަށާއި، ތަޤްރީރު ކުރުމުގެ ހުނަރު ދަސްކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ. ސްކޫލުގެ އިދާރާއިން މި ހަދިޔާއާ ގުޅިގެން އިސްލާމް ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް ޚާއްސަ ޝުކުރ...
އަލީ އާދިލް
1446 ވަަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން ހދ.ވައިކަރަދޫ ކައުންސިލަށާއި ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލާ އަށް ހަނދާނީ ލިޔުންދީފިއެވެ. ރޭގައި ސަލަފުން ބޭއްވި ހަފުލާއެއްގައި ވަނީ ވައިކަރަދޫ އާއި ނޮޅިވަރަމުގެ އިތުރުން 6 ފަރާތަކަށް ހަނދާނީ ލިޔުން ދީފައެވެ. މި ހަފްލާގައި ހަނދާނީ ލިޔުން ލިބުނު އިތުރު ފަރާތްތަކަކީ އދ.ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް، ގާފަރު ކައުންސިލް ،، ރ. ކިނޮޅަސް ކައުންސިލް، ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސް...
އަލީ އާދިލް
ދިވެހި ފުލުޚުންގެ ހިދުމަތުން ހއ. ދިއްދޫގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާގޮތުގައި 3 ޖުލައި 2025 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލިލީމާގެ/ ހއ. ދިއްދޫ، އިރުފާޙު ޝަފީޢު (25އ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މި ހާއްސަ އޮޕަރ...
އައިޝަތު އައިނީ އާމިރު
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އިއްޔެވެސް 42 ފަލަސްތީނުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި ޑޮކްޓަރަކާއި އޭނާގެ ތިން ދަރިންވެސް ހިމެނެއެވެ. މި ހަމަލާތަކުގެ ތެރެއިން އެންމެ ހިތާމަވެރި އެއް ހަމަލާއަކީ އިސްރާއީލުން “އިންސާނީ ސަރަޙައްދު” އެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް-މަވާސީ ސަރަޙައްދުގައި ހުރި ޓެންޓަކަށް ދިން ހަމަލާއެކެވެ. މި ހަމަލާގައި ޑޮކްޓަރ މޫސާ ހަމްދާން ޚަފާޖާ އާއި އޭނާގ...
ޔުމްނާ ޢަލީ
ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން، ޗައިނާގެ މަޝްހޫރު ދެ ކުންފުންޏެއް ގުޅިގެން ދަޅުމަސް އުފައްދަން ފަށައިފިއެވެ. ޗައިނާގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓް އާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެން އުފެއްދި މި ދަޅުމަހަކީ، ރާއްޖެއިން އެކްސްޕޯޓްކުރި ކަނޑުމަހުން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ. މި ދަޅުމަސް އުފެއްދުމާއި ގުޅިގެން ޚާއްސަ ރަސްމިއްޔާތެއް ބޭއްވިފައިވާއިރު، އުފެއްދި ފުރަތަމަ ސާމްޕަލް ބެޗްގެ ދަޅުމަސް ވަނީ ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަ...
ޔުމްނާ ޢަލީ
ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ޚިދުމަތްތައް ފަސޭހަކުރުމަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ. މި ނަންބަރަކީ 7333645 އެވެ. މި ހޮޓްލައިން މެދުވެރިކޮށް، އެމްބީއެސް ހުޅުވާފައި ހުންނަ ގަޑިތަކުގައި މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ހޯދިދާނެއެވެ. އެމްބީއެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް ޚިދުމަތްދެއެވެ. ޑޮކްޓަރަށް ދެއްކުން 8:00 އިން 20:30...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އިންޓަރނޭޝަނަލް އެއާޕޯޓް ބޭރުބަޔަކަށް ވިއްކާލަންއުޅޭކަމަށް ބުނެފަތުރާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސައީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރި...
އިބްރާހިމް ޚަލީލް
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެލްސީއާއި ފްލުމިނެންސޭއިން ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފްލުމިނެންސޭއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ، ކުއާޓާ ފައިނަލުގައި ރޭ އަލް ހިލާލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ރޭ އޯލާންޑޭގެ ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ފްލުމިނެންސޭ އިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ 40 ވަނަ […]
އިބްރާހިމް ޚަލީލް