ހުޅުމާލެ ފޭސް 1 އަށް ކަރަންޓްދީ، ފޭސް 2ގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ.

Ad
rt

ސްޓެލްކޯއިން އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ވެސް ކަރަންޓް ދީފައެވެ.

މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފި

މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑެން ދިމާވި ސަބަބެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް މުޅި މާލެއިން ކަރަންޓް ދިޔުމުގެ ފަހަރުތައް ވަނީ ކުރިމަތިވެފައެވެ. އެންމެފަހުން މިގޮތަށް ދިމާވެފައި ވަނީ މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ އެދުވަހު މެންދުރު 12:45 ހާއިރުއެވެ. އެއަށްފަހު ސްޓެލްކޯއިން ކުރި މަސައްކަތުން ކަރަންޓް މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީ ނިންމާލެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ.