ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 23 ވަނަ ދުވަހު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭނެއެވެ. މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މ...
ޔުމްނާ ޢަލީ
ކާޑު ބޭނުންނުކޮށް ފައިސާގެ މުއާމަލާތުތައް ކުރެވޭ ނެޝަނަލް ކިއުއާރް ކޯޑް ސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރަމުންދާ ކަމަށާއި، މި ޚިދުމަތް އަންނަ އަހަރު ތައާރަފުކުރުމަށް އަމާޒު ހިފާފައިވާކަމަށް ބުނެފި އެވެ. އެމްއެމްއޭގެ އިސް އޮފިޝަލެއް “ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި މި ޚިދުމަތް ފޯރުކޮށްދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ޓްރާންސްފަރކުރެވޭ “ފަވަރަ” ޕޭމަންޓް ސިސްޓަމްގެ ތެރެއިންނެވެ. އިންޑިއާގެ ނެޝަނަލް ކިއުއާރް ކޯޑްް ފަ...
އިބްރާހިމް އަސްވާޤް
ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި އެރަށު ނަލަހިޔާ، މޫސާ އިބްރާހީމް (29އ)ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސް މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައި ވަޅުލައިފި އެވެ. މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހު އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރުއެވެ. މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައ...
އަލީ އާދިލް
“ޕެލެސްޓީނިއަން ޕެލޭ” ގެ ނަމުން މަޝްހޫރު، އިސްރާއީލުން ޝަހީދުކޮށްލާފައިވާ ސުލައިމާން އަލް-އުބައިދަށް ޔޫއެފާއިން ދިން ހަނދާނީ އިޙްތިރާމާމެދު ލިވަރޕޫލްގެ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާޙް ހޮނިހިރު ދުވަހު ފާޑުކިޔާފައެވެ. ސަލާޙް ޔުއެފާ އަށް ފާޑުކިޔާފައިވަނީ މިއީ މިދިޔަ ހަފްތާގައި އުބޭދު ޝަހީދުވި ގޮތާ ބެހޭ އެއްވެސް މަޢުލޫމާތެއް ނުހިމަނައި، ޔުއެފާއިން އޭނާގެ ވަކިވުން ފާހަގަކޮށް މީސްމީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި، 41 އަހަރުގެ އުބޭދު ޝަހ...
ޔުމްނާ ޢަލީ
ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މަނަވަރު އިއްޔެ ރާއްޖެ އަށް ފޯރައިފިއެވެ. މި މަނަވަރު ރާއްޖެ އަށް ގެނެސްފައިވާއިރު، މި މަނަވަރު ބޭނުންކުރަން ފެށުމަށް މި މަނަވަރު އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މަނަވަރު ރާއްޖެ ގެނެސްފައިވާކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިން މީސްމީޑިއާގައި އިއްޔެ ވަނީ މި މަނަވަރުގެ ފޮޓޯ ހިމަނައި، ރާއްޖެ އާއި ތުރުކީ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ހަސަން، ހ.ފިލިމާގެ/މާލެ އެވެ. އައިކު އާއި އެކު ކާރުގައި އިން އަންހެނަކު ވެސް ރޭ ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެ އަންހެންމީހާ ދޫކޮށްލާފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. ފުލުހުން ރޭގައި ބުނިގޮތުގައި ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ހޫމް ދެން މާ ވާހަކަ ގިނަ ނުކޮށްބަލަ. ތައިބާ ކައިރީ ބުންޏަސް، ނުބުންޏަސް އަހަރެން އެ ފްލެޓް ގަނެފިން. ދެން ޗުކުޗުކު ލެއްވިޔަސް އެކަން ނުކުރާ ކަމަކަށް ނުވާނެ. އަހަރެން ކޮއްދޭ ކަންކަމަށް ޝުކުރުވެރިވާން ވެސް ނޭނގޭ އަންހެނެއް ތިއީ.” އެހެން ބުނުމަށްފަހު ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ވީ ދެރައިން، ރޮވޭކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ސޯފާއަށް އަހަރެން ތިރިވީމެވެ. ” ދެން ހަމަ އެކަމާތަ ތި މޫޑު […]
ސަލާމާ ޢަބްދުލް ޢަލީމް
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް އިއްޔެ ހަވީރު ފަށައިފިއެވެ. މުޅި ޖުމްލަ 8 ޓީމެއް ހިމެނޭ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕެއްގައި 4 ޓީމެއް ހިމެނޭގޮތަށެވެ. މިގޮތުން “ގްރޫޕް އޭ” ގައި ހިމެނެނީ ކްލަބް ކޮރަލްސް، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަދި ހީވެސް ނުވޭ ޓީމެވެ. އަދި “ގްރޫޕް ބީ” ގައި ހިމެނެނީ ކެތި އަރާ، ކަނޑިތީމު […]
އައިޝަތު އައިނީ އާމިރު
ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރެއްދުއްވި ފިރިހެނަކާއި އެ ކާރުގައި އިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ފުލުހުން އެދުމުން އެ ކާރު ވަނީ މަޑުނުކޮށް ފޭސް 1 އާއި ފޭސް 2 ގައި ބާރު ސްޕީޑްގައި ދުއްވާފައެވެ. އެ ކާރު ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔުމުން އެ ކާރުގެ ފަހަތުން ދިޔަ ފުލުހުންގެ ސައިކަލާއި ކާރު ޖެހި ވަނީ އެކްސިޑެންޓްވެފައިކަމަށް ފުލުހުން ބުންޏެވެ. މި […]
ޔުމްނާ ޢަލީ
ހއ އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭންޕުގައި ނަންނޯޓުކުރަން އާއްމުކޮށް ހުޅުވާލައިފިއެވެ. މި އޮގަސްޓް މަހު 15 އިން 16 އަށް ކުރިއަށް ގެންދާ މި ކޭންޕަކީ ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އާސަންދަ ކޮމްޕެނީ އާއި ގުޅިގެން އެ އަތޮޅު ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭންޕެކެވެ. އެގޮތުން މި ކޭންޕުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންނަކީ: އަންހެނުންގެ ހާއްސަ ޑޮކްޓަރު – […]
އައިޝަތު އައިނީ އާމިރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދެ އަންހެނުންގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި ވީއަައިއޭގައި މާރާމާރީއެއް ހިނގައިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި މާރާމާރީ ހިނގައިގެން އުޅޭ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަގޮތުގައި ދެ އަންހެނުން ހިފައިގަނެގެން އުޅޭތީ ދުރުކުރަން ބަޔަކު މަސައްކަތްކުރާތަން ފެނެއެވެ. އަދި މާގިނަ އިރެއްނުވެ އެ ދެމީހުން ދުރުކުރާތީ ވެސް ފެނެއެވެ. މައުލޫމާތު ލިބޭގޮތުގައި އެތަނުން އެއް އަންހެނެއ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ށ. އަތޮޅު ޤުރުއާން މުބާރާތް 2025” ގެ ފަޚުރުވެރި އެއްވަނަ ސްކޫލަކަށް އެ އަތޮޅު މިލަންދޫ ސްކޫލް ހޮވިއްޖެއެވެ. މި އޮގަސްޓް މަހު 7 އިން 8 އަށް ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ށ އަތޮޅުން މުޅި ޖުމްލަ 124 ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގެ ނާތީޖާފާޅުކުރުމާއި އިނާމުދިނުމުގެ ރަސްމިއްޔާތު ވަނީ މިއަދު ބާއްވާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދިވެހި ބަހުގެ […]
އައިޝަތު އައިނީ އާމިރު
މިއަހަރުގެ ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުންކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި 1 ޖޫން 2025 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައެވެ. ”މި މަޢުލޫމާތައްބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން. ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކުރާނަން.” ފުލުހުން...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެ ގައުމުގެ ލާބައަށް ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރާނޭކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަންދެއްވީ ސިންގަޕޫރުގެ 60 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯވްރެންސް ވޮންގްއަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވި ސިޓީފުޅުތަކުގައެވެ. މި ސިޓީފުޅުތަކުގައި ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ސިންގަޕޫރުން ހޯދާފައިވާ ކާމިޔާބީތ...
ޔުމްނާ ޢަލީ
ދުވުމަކީ ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް އޮންނަ ކަމެއް ނަމަވެސް، 42.2 ކިލޯ މީޓަރު ދުވެ، މެރަތަން އެއް ފުރިހަމަ ކުރުމަކީ، ދުވަހަކު ވެސް ކުރަން ވިސްނާފައި އޮތްކަމެއް ނޫނެވެ. އެކުވެރިންގެ ތެރޭގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާއިރު ތަފާތު މިޒާޖުގެ މީހުން ތިބިއިރު، އެކުވެރިންނާއިއެކު ކޮފީތަކަށްގޮސް ހިއްސާކުރެވޭ ވާހަކަތަކުގެ ތެރޭގައި، އެއް އެކުވެރިއަކު ވަރަށް ގިނައިންބުނާ ވާހަކައެއް އޮވެއެވެ. “އިންޓަނޭޝަނަލް މެރަތަން އެއްގައި ދުވުމަކީ ވަރަށް ބޮޑު ޑްރީމެއް” ކަމަށެވެ. އެކަމަށް މާބޮޑު ސަމާލުކ...
އިބްރާހިމް ޚަލީލް
ހދ. ކުމުންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ކުމުންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް https://forms.cloud.microsoft/r/STZwacjBnD މެދުވެރިކޮށް ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށެވެ. އ...
އައިޝަތު އައިނީ އާމިރު
މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި މާލެއަށް ކަރަންޓު ދެވިފައިކަމަށެވެ. މުޅި ހުޅިމާލެއަށް ކަރަންޓްދީ ނިންމާލެވިފައިވާކަމަށް ސްޓެލްކޯއިން ކުރިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ދީނިންމާލިކަން އެ ކުންފުނިން ހާމަކުރީ 11:30 ހާއިރުއެވެ. ”ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހ...
ޔުމްނާ ޢަލީ
މުޅި ހުޅުމާލެއަށް މިހާރު ކަރަންޓުދެވިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި ހުޅުމާލެއަށް ކަރަންޓު ދެވިފައިކަމަށެވެ. އަދި މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. ”މާލޭގެ ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން.” ސްޓެލްކޯއިން ބުންޏެވ...
ޔުމްނާ ޢަލީ