ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮޅުމަޑުލު (ތ.އަތޮޅު) މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައި އެކަން ކަނޑައެޅުއްވި ގަރާރު ނެރުއްވައިފިއެވެ. މަޑިފުށީގެ އިޚްތިޞާޞްގައި އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނައި ދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ. ރައީސް މިދިޔަ ފެބްރުއަރީ މަހު ތ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މ...
ޔުމްނާ ޢަލީ
ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ދެ ގައުމުގެ ދެމެދުގައި މުހިންމު ދިފާއީ އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ސައޫދީގެ ވެރިރަށް ރިޔާދުގެ އަލް-ޔަމާމާ ގަނޑުވަރުގައި، ދެ ގައުމުގެ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި ދިފާއީ އެއްބާރުލުން އިތުރުކޮށް، އެ ދެ ގައުމުންކުރެ ގައުމަކަށް އެއްވެސް އަދާވާތްތެރިކަމެއް ކުރިމަތިވެއްޖެނަމަ،...
ނާޒިމާ އަލީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އެ ގައުމުން ފަސްކޮށްދީފައިވާކަމަށް ދިވެހިރާއްޖޭގެ މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ. މާލީ ވުޒާރާއިން މިއިއަދު ބުނީ އެ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމަނިއަން އިސްކޮށް ބައިވެރިވެވަޑައިގެންނެވި، އިންޑިއާގެ އިސް ވަފުދަކާއެކު ބައްދަލުކުރައްވައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައި ވަނީ 16 ސެޕްޓެންބަރު 2025 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (6) ގައި 60 މެމްބަރުންގެ ވޯޓުންނެވެ. މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރަށްވާ ހިސާބުން މި ޤާނޫނަށް ޢަމަލުކުރަން ފެށުނީކަމަށް މި ބިލުގައި ހިމެނިފައިވުމާއެކު، މި ބިލު މި އަދު ރައީސް ތަޞްދީޤުކުރައްވައި، ރައީސް […]
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ހުސެން އެ ތަނުން ފެންނާނެ ނަމައޭ ހިތަށް އެރުމާއެކު އަހަރެން ލަދުގެންފިއެވެ. އިންތިހާއަށް ހުސެން ދެކޭ ހިތްވެއެވެ. ނަމަވެސް އެ ހިތްވަރު އަހަރެންގެ ކިބައިގައި ހުރިހެންނެއް ހިއެއް ނުވެއެވެ. އަހަރެން ހައިރާންވަނީ އެހެންވެއެވެ. އެކުވެރިއެކޭ ބުންޏަސް، އަހަރެންގެ ހިތުން ހުސެންއަށް މި ދެވުނީ އެކުވެރިއެއްގެ މަގާމެއް ނޫންކަންނޭނގެއޭ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. ޖެހިގެން އައި ދުވަހެވެ. ގޭތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވާލެވުނު އިރު، މެންދުރު ވެއްޖެއެވެ. ހުޅުމާލެއަށް ދާ...
ސަލާމާ ޢަބްދުލް ޢަލީމް
އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހުރާ ސްކޫލުން ހޯދައިފި އެވެ. އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު 6 ކުޅުންތެރިން، ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން މި މުބާރާ ޗެމްޕިއަންކަން ހުރާ ސްކޫލުން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން،ފައިނަލް މެޗުގައި ވ.ކެޔޮދޫ ސްކޫލާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. އިއްޔެ ހަވީރު ކުޅެވުނު […]
ޔުމްނާ ޢަލީ
އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން ހުޅަނގުގެ ބަސްތަކެއްކަމަށް ވިދާޅުވެ، އެ ޤައުމުގައި އައިސްކްރީމް އަދި ހެމްބާގަރ ފަދަ ބަސްތައް ބޭނުންކުރުން މަނާކުރައްވާފައިވާކަމަށް ބައިނަލްއަޤްވާމީ ބައެއް ރިޕޯޓުތައް ބުނެފިއެވެ. މިގޮތުން އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން ވަނީ ބޭރުގެ ސަގާފަތުގެ ނުފޫޒު ކުޑަކުރުމަށްޓަކައި ބައެއް ބަސްތައް ބޭނުންކުރުން މަނާކުރައްވާފައިކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. އެއިގެ ތެރޭގައ އައިސްކްރީމް އަދި ހެމްބާގަރ ފަދަ ބަސްތައް ބޭނުންކުރުން ވަނީ މަނާކުރައްވ...
ނާޒިމާ އަލީ
އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބާއްވާ “ޕިންކް ރިބަން ރަން-ވޯކް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ކެންސަރަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދަނީ ކޮންމެ އަހަރަކު އޮކްޓޯބަރ މަހު ރާއްޖޭގެ އެކި ރަށްރަށުގައި މި ރަން-ވޯކް ބާއްވަމުންނެވެ. ކެންސަރ ސޮސައިޓީން ވަނީ މިއަންނަ އޮކްޓޯބަރ މަހު 18 ވަނަ ދުވަހު ހަވީރު ބާއްވާ މި ރަން-ވޯކް ގައި ބައިވެރިވެރި...
އައިޝަތު އައިނީ އާމިރު
ހދ. ހަނިމާދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފިއެވެ. ހަނިމާދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި, މި ރެސްޓޯރެންޓް ކުއްޔަށް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައި ހަރަކާތްތެރިވަމުން އަންނަ”ފަންއަރި” އަށެވެ. މިގޮތުން މި ރެސްޓޯރަންޓް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި އިޢުލާނަށް އެންމެ ރަނގަޅު އަގެއް ހުށައެޅީ އެ ފަރާތުންކަމަށް ހަނިމާދޫ ކައުންސިލުން ބުނެފައިވެއެވެ. މިގޮތުން ރަށުގެ ރައްޔިތުންނަށާއި، ހަނިމާދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދ...
އައިޝަތު އައިނީ އާމިރު
މިދިޔަ އޮގަސްޓް މަހުގެ ޔޫޒަބަލް ރިޒާވް ހަތް ޕަސެންޓަށް ދަށަށް ގޮސް، 190 މިލިއަން ޑޮލަރަށް އަރައިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި މަޢުލޫމާތުތަކުން ދައްކައިފި އެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު ފާހަގަކުރެވޭ ވަރުގެ ދަށްވުމެކެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، މި ދަށްވުން އައިސްފައިވަނީ އިމްޕޯޓާއި ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ. “ޝޯޓް-ޓާމް ނެޓް ޑްރެއިންސް” ގެ ގޮތުގައި އޮގަސްޓް މަހު 736 މިލިއަން ޑޮލަރު ހޭދަކުރެވިފައިވާއިރު...
ޔުމްނާ ޢަލީ
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު 340 ޒުވާނުން މިއަދު ޅ. މާފިލާފުށްޓަށް ފުރައިފިއެވެ. މި ޒުވާނުން މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ. ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. ދި...
އަލީ އާދިލް
އުރީދޫ މޯލްޑިވްސްއިން މިއަދު ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ އުރީދޫ ކަލަންޑަރުގެ ސެޕްޓެމްބަރު މަހުގެ ފީޗަރ ކެރެކްޓަރުގެ ގޮތުގައި ހިމަނާފައިވަނީ ދިވެހިންގެ މެދުގައި މަޝްހޫރު ރަންނަމާރީގެ ވާހަކަ އެވެ. ދިވެހި ތާރީޚުގައި އެންމެ ބިރުވެރި އަދި މަޝްހޫރު ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަށްވާ ރަންނަމާރީގެ ވާހަކައަކީ ކޮންމެ މަހަކު އެއްފަހަރު ކަނޑުން އަރާ، އަލިކަން ދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގައި ފެންނަ ނުބައި ކަނޑުގެ ޖިންނިއެއްގެ ވާހަކައެވެ. މި ވާހަކައިގައި ބަޔާންކުރާ ގޮތުން، މި...
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު” ތަޞްދީޤު ކުރައްވައިފި ނަމަ ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖޭގެ ރޭންކިން ދައްވެގެން ދާނެކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަޔާނެއް ނެރެފި އެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ރިޢާޔަތެއް ނުކޮށް ކަމަށް ވާތީ ބިލު ތަޞްދީޤު ނުކުރެއްވުމަށް...
އަލީ އާދިލް
އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އެކި މައްސަލަތައް ކުރިމަތިވެފައިވާ މަޝްއަރު ގްރޫޕުން ދޫކުރި ޗެކެއް ބައުންސްވި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މަޝްއަރު ގްރޫޕުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި މީހުންގެ އަތުން ފައިސާ ނެގުމާއި އަދި އުމްރާއަށް މީހުން ގެންދިއުމަށްފަހު އެ މީހުން އަނބުރާ ނުނެގެނެވިގެން އެކިފަހަރުމަތިން މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އެ ކުންފުނީގެ ވެރިޔާ ފާރިޝްގެ...
ހުސައިން ހަބީބް
އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ދޮގެއްނުކުރުމުގެ އުސޫލުތަކެއް އޮންނަ ކަމަށާއި، އަޅުގަނޑުމެން މުސްލިމުންނަށްވީތީ އިލާހީ ޤާނޫނެއް އޮންނަކަމަށެވެ...
ޔުމްނާ ޢަލީ
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހުޅުމާލޭގެ ބިމެއް 28.7 މިލިއަން ރުފިޔާއަށް ބައްލަވައިގެންފި އެވެ. ފަލާހް ބައްލަވައިގަތީ ހުޅުމާލެ ފޭސް 2 ގެ 3،250 އަކަފޫޓުގެ އަމިއްލަ ބިމެކެވެ. އެ ބިމުގެ އަގަކީ 26.6 މިލިއަން ރުފިޔާ އެވެ. ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ. އެ އަގު އެޗްޑީސީއަށް ފަލާހް އެއްކޮށް ދައްކާފައިވާތީ އެ ބިން ފަލާހަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ. […]
ހުސައިން ހަބީބް
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކޮށް، އެކަންކަމަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސުންނަށް މިހާރު ލިބެމުންދަނީ ވަރަށް ބޮޑު އިނާޔަތެ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމުގައި އާ ހެކިތައް ބަލައިނުގަތުމަށް އެންގި މައްސަލާގެ ޝަރީއަތް މި މަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި އިއްވި […]
ހުސައިން ހަބީބް