''ޣާފިލުކަމުގެ ތެރޭގައި ވަގުތު ހޭދަކުރާ ޒުވާނުން އިތުރުވަމުން ދިޔުމަކީ ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް''
މިއަދުގެ މުޖުތަމަޢުގައި ހަމައެކަނި ދުންޔަވީ އެދުންތަކަށް ހެއްލި، ޣާފިލުކަމުގެ ތެރޭގައި ވަގުތުތައް ބޭކާރުކުރާ ޒުވާނުން އިތުރުވަމުން ދިއުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ. އިސްލާމީ އުންމަތުގެ ކުރިމަގު ބިނާވެފައިވަނީ ޒުވާނުންގެ ހަކަތައާއި ޢިލްމީ ޤާބިލުކަމުގެ މައްޗަށް ކަމަށްވާއިރު، މިފަދަ ޣާފިލުކަމެއްގެ ތެރޭގައި ޒުވާން ޖީލު އޮތުމަކީ މުޅި އުންމަތް ފަހަތަށް ސާޖަހަންޖެހޭ ސަބަބެކެވެ. މިކަން ވަނީ މިއަދުގެ ހުކުރު ހުތުބާގައި ވަރަށް ސަރީޙަބަހުން ބަޔާންކޮށްދެއްވާފައެވެ. ”އިސްލާމީ ޙަޟާރަތުގެ ރަންޒަމާން” މައުޟޫއ...