އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމަ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، ބައިވެރިއެއް ނުވާނަން: ސްޕެއިން
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލް ގުޅިގެން ފަށާފައިވާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ ހަރަކާތެއް ކަމަށް ބުނެ، އެ ހަނގުރާމައިގައި އެއްވެސް މިންވަރަކަށް ބައިވެރިނުވާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އިއުލާން ކުރައްވައިފިއެވެ. 4 މާރިޗު 2026 ވީ ބުދަ ދުވަހު ގައުމާ މުޚާތަބު ކުރައްވަމުން ސަންޗޭޒް ވިދާޅުވީ، ސްޕެއިންގެ ދެކުނުގައި ހުރި “ރޯޓާ” އަދި “މޮރޯން” އަސްކަރީ މަރުކަޒުތައް އީރާނަށް ހަމަލާދިނުމަށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ނުދެއްވާނެ ކަމަ...