އަކުރަމާއި އިބްރާހީމާ ދެކޮޅަށް ހެކި އެބަހުރި، ދައުވާ ކުރުމުގެ ވިސްނުމެއް ނެތް: އިހުސާން
ދާޚިލީ ވަޒީރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި ކަމަށް ތުހުމަތުވާ މައްސަލައިގައި އެ ދެމީހުންނާ ދެކޮޅަށް ހެކި އެބަހުރިކަމަށާއި އެހެން ނަމެވެސް ދައުވާކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މައް...