ޓީޗަރުންނަށް ހާއްސަ “އޭ ޕްލަސް” އޮފާއެއް ދިރާގުން ތައާރަފު ކޮށްފިއެވެ. މިއީ ޓީޗަރުންގެ ދުވަހާއި ގުޅިގެން އެ ކުންފުނިން ތައާރަފްކުރި އޮފާ އެކެވެ. ދިރާގުން ތައާރަފްކޮށްފައިވާ “އޭ+” އޮފާގެ ދަށުން ގިނަ ހިދުމަތްތަކެއް ލިބެ އެވެ. އޭގެ ތެރޭގައި: އަލަށް ގުޅާ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުން ޕޯސްޓްޕެއިޑް 350 ޕްކޭޖުން މަތީގެ ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް ތިން މަސްދުވަސް ވަންދެން 2 ޖީބީއާ ހަމަ އަށް ހިލޭ ޑޭޓާ ދިރާގުން ގަންނަ ސެމްސަންގް، ވާވޭ […]
އިބްރާހިމް އަސްވާޤް
ފުރިހަމަ ޑިމޮކްރަސީއަކަށް 2008 އާއި ހަމަޔަށް ދިވެހިންކުރި ވަރުގަދަ ދަތުރުގެ ނަތީޖާއަކަށް ދިވެހިންނަށް ލިބުނީ ފިކުރުތަކަކަށްވުރެ ބޮޑަށް ވަކިމީހަކަށްޓަކާ ޖާނާމާލުން ގުރުބާންވާން ތައްޔާރަށްތިބި “ސިޔާސީ ޕާޓީ” ތަކެކެވެ. ގޭންގުތައް ކުލަބުތަކަށް ބަދަލުވެ އިސްލާހުވިއިރު، ޑިމޮކްރަސީގެ ހަގީގަތް އައީ އެއާ ދިމާ އިދިކޮޅަށެވެ. އަޅުގަޑުމެންގެ ސިޔާސީ ޕާޓީތަކުގެ ހަގީގަތަކީ ކޮންމެވެސް ސަބަބަކަށްޓަކާ ވަކިމީހަކަށް ފިދާވާނެ ބަޔަކު އުފެއްދުމުގެ ހަރުގެ ތަކެކެވެ. ކޮންމެކަމެއް ކޮށްގެން، ކޮންމެފަދަ ގޮތަކުން ކަމުގައިވިޔ...
މުޙައްމަދު ޝިހާބް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ޢުމަރު ބުން ޢަބްދުލްޢަޒީޒު ދެއްވި އެންމެ ފަހު ޚުޠުބާގައި ޙަމްދުޘަނާއަށްފަހު ވިދާޅުވިއެވެ. “އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޚަލްޤުކުރެއްވުނީ ބޭކާރު ގޮތުގައެއް ނޫނެވެ. އަދި އަޅާނުލާ ތިޔައިބައިމީހުން ދޫކޮށްލެވިފައި ނުވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އަލުން އިޢާދަކުރެވޭނެއެވެ. އެދުވަހުން ތިޔަބައިމީހުންގެ ޙިސާބު ބައްލަވައި ޙުކުމްކުރެއްވުމަށް ﷲ ތަޢާލާ ފައިބާވޮޑިގަންނަވާނެއެވެ. ފަހެ ގެއްލެނިވެ ހަލާކުވެގެންވަނީ...
Thiladhun
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ނެއްލައިދޫ ކައުންސިލުން ކުއްވެރިކޮއްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން ” ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ “އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާޢިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާ މެދު ސުވާލު އުފަ...
އިބްރާހިމް އަސްވާޤް
ތަރައްގީއާ ފައި ހަމަވާގޮތަށް މުޖުތަމައު ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ ޒަމާނީ ތައުލީމަށް ލޯ ހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ބައިނަލް އަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޙިތާބުގައި ރައީސް ވިދާޅުވީ، ހަރުދަނާ ސަހްސިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް ހާއްސަ އިސްކަމެއްދިނުމަށް އެދިވަޑައިގެންނެވި އެވެ. ޔުނެސްކޯއިން...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހި މަސްވެރި އުޅަނދުފަހަރު ޙަރަކާތްތެރިވުމަކީ ޤާނޫނާއި، ގަވާއިދާ ޚިލާފު އަމަލެއް ކަމަށާއި އެކަމުގައި އިތުރަށް ސަމާލުވެލުވުމަށް ފިޝަރީޒް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ މަސްވެރި އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން މަލިކާއި ގާތްގަނޑަކަށް 3 މޭލު ކައިރިން ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފިޝަރީޒް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، “ހައި...
އިބްރާހިމް އަސްވާޤް
ނުރައްކާތެރި އެކްސިޑެންޓެއްވެ ޔާސިރަށް ބޮޑެތި އަނިޔާތަކެއްވެ ފަރުވާދޭން ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް އެކްސިޑެންޓްވެ މިހާރު ފަރުވާދެމުން އަންނަީ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. ސިނަމާލެ ބްރިޖުގެ ހުޅުލެއާވީ ކޮޅުގައި ހުންނަ ޓްރެފިކް ލައިޓް ކައިރީގައި ރޭ ހިނގި މިއެކްސިޑެންޓްގައި ޔާސިރަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. ޔާސިރުގެ އެކުވެރިޔަކު ބުނީ އޭނާ މާލެއިން ހުޅުމާލެއަށް ދަނިކޮށް ބްރިޖްގެ އެއަރޕޯޓް ލައިޓާއި އަރާހަމަވިތަނުން ސައިކަލް...
ޔުމްނާ ޢަލީ
ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނ...
އިބްރާހިމް އަސްވާޤް
ހޯރަފުށީގެ ސްޓޭޑިއަމް ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ މި މަސައްކަތާއި އަމަލީގޮތުން ހަވާލުވެ ލެއްވި އެމް.ޓީ.ސީ.ސީ ގެ ފަރާތުންނެވެ. ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހުމަދު ސަލީމް(ސައްލެ) ވަނީ ބައިވެރިވެލައްވާފައެވެ. މިކަމާ ގުޅޭގޮތުން ސައްލެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒުވާނުންގެ މިނިސްޓަރ އަހުމަދު މަހުލޫފް މިމަސައްކަތް ހަލުވި އަވަސް ބާރުމިނެއްގައި ގެންދަވާ ކަމަށްޓަކައި ފަރާތަށް ޝުކުރުވެރިވަކަމަށެވެ.ހަމަ އެއާ އ...
ފާތިމަތު ސިނާޒާ
ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ. މިއަދު ހެނދުނު ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް އެވެ. Girifushi gai thamreenu hadhamundhiya Staff Sergeant Ali Riyaz niyaavejje.https://t.co/bRb4vjp8gl pic.twitter.com/plzkS7nTmf — Maldives National Defence Force (@MNDF_Official) October 5, 2019 އެމްއެންޑީއެފުން ބުނީ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް މިއަދު ހެނދުނު ހުޅުމ...
އިބްރާހިމް އަސްވާޤް
ރެގިއުލަރައިޒޭޝަން ޕްރޮގްރާމް’ ގެ ދަށުން ‘ރެގިއުލަވައިޒްވާން’ އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި ދޫކުރަމުން ގެންދިޔަ “ކިޔު ނަންބަރު” ދޫކުރުން ގަލޮޅު ދަނޑަށް ބަދަލު ކުރުމާއެކު ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ވަދެ ގަލޮޅު ދަނޑު ފުރާލައިފިއެވެ. 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ދަށުން 'ރެގިއުލަވައިޒްވާން' އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި ދޫކުރަމުން ގެންދިޔަ "ކިޔު ނަންބަރު" ދޫކުރުން ގަލޮޅު ދަނޑުގައި ކުރިއަށްދަނީ pic.twitter.com/f14XYUJjjU — Economy &...
އިބްރާހިމް އަސްވާޤް
3 އޮކްޓޯބަރ 2019 ވީ ބުރާސްފަތި ދުވަހު ހއ.ހޯރަފުށި ގެއަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހަށް ރިޕޯޓު ކުރުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ ފަރާތްވަނީ ހޯދާފައެވެ. އެގޮތުން އެފަރާތް ދިރިއުޅޭ ގޭ ފާސްކޮށް ފޮރުވަފައިވާ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދާފައިވާކަމަށް ފުލުހުންގެ މީޑިޔާއިން ހާމަކުރެއެވެ. މިމައްސަލަ އާ ގުޅިގެން ހައްޔަރުކޮށް ފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެއްކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިޔާއިން ހާމަކުރެއެވެ.
ފާތިމަތު ސިނާޒާ
އެންމެ ކުރިން ފެށިގެންވެސް ވަރަށް “ސޯޝަލް” މީހަކަށް ވާންބޭނުން ވެއެވެ. މީހުން އުފެއްދުމާއި، މީހުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އުޅެން ބޭނުން ވެއެވެ. އެއީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. މިއަދު ސައީދާ އާންޓީ އެދަނީ ޢަމަލީ ގޮތުން އެކަން ސާބިތުކޮށްދެމުންނެވެ. ހދ ވައިކަރަދޫ ފުފޫމާގޭ ސައީދާ ހަސަންއަކީ މީހުން ބިނާކުރުމުގެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ ކަނބަލެކެވެ. އެގޮތުން ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޝަންގެ އެކްސްޓާނަލް ޓްރެއިނާއެއްގެ ގޮތުގައި މިހާރުވެސް ދަނީ ހަރަކާތްތެރި...
Thiladhun
މުދައްރިސުންނަށް ދެވޭ ގަދަރާއި މުސާރަ ކުޑަކަވުމުގެ ސަބަބުން އެމީހުން ވަޒީފާއަށް ގެނުވާ ދެމެހެއްޓުމަކީ ގޮންޖެހުމަކަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އެޑިއުކޭޝަން މިނިސްޓރަ ޑރ. އައިޝަތު ޢަލީ ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފާހަގަކޮށްފައިވާ އެންމެ ބޮޑު މައްސަލައަކީ، އެކަމަކާމެދު އެންމެންވެސް ފިކުރުކުރަންޖެހޭ ކަމެއްކަމަށެވެ. ޙަރަކާތްތެރި މުދައްރިސުންގެ އަ...
އިބްރާހިމް އަސްވާޤް
ނޮވެމްބަރ މަހުގެ 29 ގައި ބާއްވާ އުރީދޫ ކަލަ ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫ ކަލާ ރަންގެ ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައެވެ. އެގޮތުން، ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވާކޮށްދޭނެކަމަށް އުރީދޫއިން ބުނެއެވ...
އިބްރާހިމް އަސްވާޤް
މަސްދޯންޏެއް މަލިކު ކައިރިން އިންޑިޔާގެ ކޯސްޓްގާޑުން ހިފަހައްޓައިފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެ ދޯނީގެ ނަމެއް އަދި އޭގައި ތިބި މީހުންގެ އަދަދެއް އަކި ކަށަވަރުވާގޮތެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ރަސްމީ ބަހެއް ލިބިފައިނުވާއިރު ސޯޝަލް މީޑިއާގައި އަދި ބަޔެއް ނޫސްތަކުން ރިޕޯޓްކިށްފައިވާގޮތުން ހިފެހެއްޓީ “އަންބަރީ” ނަމަކަށް ކިޔާ ދޯންޏެކެވެ. އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި އިއްޔެގެ ވަގުތެއްގައި ލަންކާގެ 18 މަސްދޯންޏެއްވެސް ވަނީ އިންޑިޔާ ސިފައިން އަތުލައ...
އިބްރާހިމް އަސްވާޤް
2020 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރ އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ނެރެފައިވާ 2020 ވަނަ އަހަރުގެ ކަލަންޑަރުގައި ވާގޮތުން އާއަހަރުގެ ކިޔެވުން ފެށިގެންދާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ސަރުކާރު ބަންދު ދުވަސް ތަކުގެ ގޮތުގައި ހަފްތާ ބަންދު ދުވަސްތައް ފިޔަވާ ޖުމްލަ 20 ދުވަހެއް ކަލަންޑަރުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ސުކޫލުތަކުގައި 201 ދުވަހު ކިޔަވައިދޭނެ ކަމަށާއި އާއަހަރުގެ ކިޔެވުން ނިމެނީ 12 ނޮވެމްބަރުގައިކަމަށް ކަލަންޑަރުގައި ވެއެވެ. […]
ފާތިމަތު ސިނާޒާ
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ހަހަރުވެތި މުދައްރިސުންނަށް އަރިސްކުރަމެވެ. ތިޔަ ލޮބުވެތި މުދައްރިސުންގެ ޤައުމީ ޚިދުމަތަކީ ފާހަގަކުރެވޭ ދުވަހަކުން ނުވަތަ ލިޔެލެވޭ ލަފުޒަކުން އަގުވަޒަން ކުރެވޭވަރަށްވުރެ މާ މަތިވެރި ޤައުމީ ޚިދުމަތެކެވެ. މުދައްރިސުންނަކީ ދިވެހި ޤައުމިއްޔަތުގެ ލޭނާރުކަން ކަށަވަރެވެ. ޤައުމިއްޔަތެއް ބިނާކުރުމުގެ އެންމެ އިސް މޭސްތިރިންނަކީވެސް މުދައްރިސުންނެވެ. މުދައްރިސުން މުޅިދުވަސް ހޭދަކުރަނީ ޤައުމީ ޚިދުމަތުގައެވެ. ބަންދު ދުވަހެއް ރަސްމީދުވަހެއް ތަފާތެއްނެތި، ކޮންމެ ސިކުން...
ޙުސައިން ޝަހުދީ