ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
މިއަދު ހެނދުނު ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް އެވެ.
Girifushi gai thamreenu hadhamundhiya Staff Sergeant Ali Riyaz niyaavejje.https://t.co/bRb4vjp8gl pic.twitter.com/plzkS7nTmf
— Maldives National Defence Force (@MNDF_Official) October 5, 2019
އެމްއެންޑީއެފުން ބުނީ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓުގައި ބައިވެރިވި ކަމަށާއި އަދި ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓުނު ކަމަށެވެ.
އަދި ވަގުތުން އިމަޖެންސީގައި ސްޓާފް ސާޖަންޓް ރިޔާޒް މާލެ ގެނެވި އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވުނު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!