މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,317 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2132 ވަނަ ޞަފްޙާ

މެންޓަލް ހެލްތް އެމްބެސެޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

މެންޓަލް ހެލްތް އެމްބެސެޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

މެންޓަލް ހެލްތު އެމްބެސެޑަރުން ތަމްރީނުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމްގެ ނިމުން ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މެންޓަލް ހެލްތް އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ސެޓްފިކެޓް ޙާޞިލު ކުރެއްވި 18 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ....

އިބްރާހިމް އަސްވާޤް

އޫރިދޫއިން ކްރޭޒީ ރޭސްގެ ނަމުގައި ވަރަށް ފޯރިގަދަ އެސްއެމްއެސް މުބާރާތެއް

އުރީދޫ މޯލްޑިވްސް އިން ކްރޭޒީ ރޭސްގެ ނަމުގައި ވަރަށް ފޯރިގަދަ އެސްއެމްއެސް މުބާރާތެއް އިއްޔެ ތައާރަފްކޮށްފި އެވެ. މި މުބާރާތުގެ ބައިވެރިންނަށް ލިބިގެންދާ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ އެސް 10 އަދި ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޖެޓްސްކީ އެއްވެސް ހިމެނެ އެވެ. ކްރޭޒީ ރޭސްގެ ކުޅުންތެރިންގެ އަމާޒަކީ، އަހާލެވޭ ތަފާތު ސުވާލުތަކަށް ވީހާ ވެސް އަވަހަކަށް ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. […]

އިބްރާހިމް އަސްވާޤް
ނެޝަނަލް އެތުލެޓިކްސް ގުރޭންޑް ޕްރިކްސް އިން ރިފާއަށް ފަޙުރުވެރި ކާމިޔާބީއެއް

ނެޝަނަލް އެތުލެޓިކްސް ގުރޭންޑް ޕްރިކްސް އިން ރިފާއަށް ފަޙުރުވެރި ކާމިޔާބީއެއް

މިމަހުގެ 4ން ފެށިގެން 5 ވަނަ ދުވަހަށް ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ނެޝަނަލް އެތުލެޓިކްސް ގުރޭންޑް ޕްރިކްސް ގައި ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސުކޫލުގެ ދަރިވަރު ރިފާ މުހައްމަދު ބައިވެރިވެ ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިފައިވާތީ އެސުކޫލުން ހާއްސަ އެސެމްބްލީއެއް ބާއްވައިފައެވެ. އެ ސުކޫލު ގުރޭޑް 9A ގައި ތައުލީމް ހާސިލް ކުރަމުން އަންނަ 15 އަހަރުގެ މިދަރިވަރު ރާއްޖޭގައި ފާހަކޮށްލެވޭ މޮޅެތި އެތްލީޓުންނާއި ވާދަކޮށް 400 މީޓަރު ރޭހުގައި 1 މިނެޓް 4.93 ސިކުންތުން ރޭސް ނިންމާ ވަނީ ބުރޯންޒް މެޑަލް ހާސިލްކޮށ...

ފާތިމަތު ސިނާޒާ
ބިލުތައް ހުށައެޅުމުގައި ނަޒާހަތްތެރި މަޖުލީހަކުން ސަރުކާރަށް ފުރުސަތު ފަހިކޮށްދޭންވާނެ، ބަންޑާރަ ނައިބު

ބިލުތައް ހުށައެޅުމުގައި ނަޒާހަތްތެރި މަޖުލީހަކުން ސަރުކާރަށް ފުރުސަތު ފަހިކޮށްދޭންވާނެ، ބަންޑާރަ ނައިބު

ރައްޔިތުންގެ މަޖިލިސްއަށް ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލުތައް މަޖިލިސްގެ ކޮމެޓީތަކުން އިއްޔެއިން ފެށިގެން ޑްރާފްޓް ކޮށްދޭން ފަށާނެކަމަށް ބުނެފައިވަނިކޮށް، ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ދޭންވާނެކަމަށް ބަންޑާރަނައިބު އިބްރާޙީމް ރިއްފަތު ވިދާޅުވެއްޖެއެވެ. އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި، ސިޔާސަތު...

ޔުމްނާ ޢަލީ

ނޫމަޑިއަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު

ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށާއި، ޕޮލިސް އެކަޑަމީއެއް އެޅުމަށާއި، އަދި ތިން ރަށެއްގެ ނަރުދަމާ އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ނިމުނު ސަރުކާރުން ބާތިލުކުރި މައްސަލައިގައި، ސެޓްލްމަންޓް އެގްރީމަންޓެއް ހަދައި އެކުންފުންޏަށް ސަރުކާރުން ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 849 ރުފިޔާ ދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ހައުސިންގ މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނެއްގައެވެ. ނޫސްބަޔާނުގައި ވާގޮތުން ނޫމަޑިން އެ މައްސަލައިގައި ބަދަލ...

ޔުމްނާ ޢަލީ
ދާރުލް ޤުރްއާން ވައްސުންނަ އިން ޖަނާޒާ ކޯސް ފަށަނީ!

ދާރުލް ޤުރްއާން ވައްސުންނަ އިން ޖަނާޒާ ކޯސް ފަށަނީ!

ދާރުލް ޤުރްއާން ވައްސުންނަ އިން ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ މީ ކޯހުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައި ތިއްބަވާ ބޭފުޅުންނަށްވެސް ބައިވެރި ވެވޭނެއެވެ. އަތޮޅު ތަކުގައި މި ކޯހުގެ ކިޔެވުން ދާނީ، ކޮންމެ ހަފްތާއެއްގެ ހަފްތާ ބަންދުގައި، ބްލޮކް މޯޑަށެވެ. އަސާސީ ތަޢުލީމު ފެންވަރު ހުރި ކޮންމެ މީހަކަށްވެސް މި ކޯހުގައި ބައިވެރިވެވޭނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ޖަނާޒާގެ މަތިވެރި މަސައްކަތުގެ […]

Thiladhun
''އަންބަރީ ދޯނި'' ދޫކޮށްލާފައިވާތީ މިނިސްޓްރީން މަރުޙަބާ ދަންނަވައިފި

''އަންބަރީ ދޯނި'' ދޫކޮށްލާފައިވާތީ މިނިސްޓްރީން މަރުޙަބާ ދަންނަވައިފި

އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނިކޮށް އިންޑިއާގެ ނޭވީއިން ހިފެހެއްޓި [އަންބަރީ] ދޯނި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދޫކޮށްލާފައިވާތީ އެކަމަށް މިމިނިސްޓްރީގެ ފަރާތުން މަރުޙަބާ އާއި ޝުކުރު ދަންނަވައިފިއެވެ. މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ޙަރަކާތެއް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުން ބޭރުގައި، އަދި އެސަރަޙައްދެއް ނިސްބަތްވާ އައްސޭރިފަށުގެ ގައުމުގެ ހުއްދަ ނުހޯދައި ޙަރަކާތްތެރ...

ފާތިމަތު ސިނާޒާ
އެމްޓީޓީސީގެ ދުވެލި މެކުހަށް، ސެންޓާރާއަށް ފަޅެއް ހިއްކައިދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްޓީޓީސީގެ ދުވެލި މެކުހަށް، ސެންޓާރާއަށް ފަޅެއް ހިއްކައިދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްޓީޓީސީގެ މަސައްކަތުގެ ދުވެލި މެކުހަށްޖަހައި، ތައިލެންޑްގެ ހޮސްޕިޓާލިޓީ ކުންފުނި، ސެންޓާރާ އިން ރިސޯޓު ހެދުމަށް މާލެ އަތޮޅުން ކުއްޔަށް ނަގާފައިވާ ފަޅެއް ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގަ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހު އެވެ. ސެންޓާރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ތިރާޔުތް ޗިރަ...

ޔުމްނާ ޢަލީ
ގުރޭޓަރ މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގެ ރަށްވެހިންނަށް އިސްކަންދެނީ

ގުރޭޓަރ މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގެ ރަށްވެހިންނަށް އިސްކަންދެނީ

މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ އިސްކަންދޭނީ، އެ ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަ ހަމަޖައްސަވައިދޭނެ ކަމަށެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ފޮނުވި ސާކިއުލާ ބުނާގޮތުން، ޖާގަ ދިނުމުގައި ދެ […]

އިބްރާހިމް އަސްވާޤް

ކުޅުދުއްފުށީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ކުޅުދުއްފުށީގައި ރަށު ޕިކަޕާއި ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.  މިއަދު 1:50 އެހާއިރު، ކުޅުދުއްފުށީ ނިކަގަސްމަގު، ރަތްދޫލަ ފިހާރަ ކުރިމަތީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހައަށެވެ. ސައިކަލް ދުއްވަން އިން އުމުރުން 24 އަހަރުގެ ޒުވާނަކަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށާއި އަނިޔާވެފައިވަނީ އޭނާގެ ބޮލަށްކަމުން އިތުރު އެއްޗެއް ދަންނަވަން އިނގޭނީ 24 ގަޑިއިރު އޮބްޒަރވޭ...

އިބްރާހިމް އަސްވާޤް
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ޢަދުލުގެ ބިލު ދިރާސާކޮށްފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ޢަދުލުގެ ބިލު ދިރާސާކޮށްފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލު ދިރާސާކޮށްފިއެވެ. މި ދެ ބިލް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިންނެވެ. މިއަދު މި ބިލް ދިރާސާކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު އަދި ކުޑަކުދިންގެ ޢަދުލުގެ ބިލު ދިރާސާކުރުން pic.tw...

Thiladhun
"ވިސްލްބްލޯވާ" ބިލް މަޖިލީހުން ފާސްކޮށްފި!

"ވިސްލްބްލޯވާ" ބިލް މަޖިލީހުން ފާސްކޮށްފި!

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާއި ބެހޭގޮތުން މަޖިލީހަށް ހުށަހެޅި ބިލް ފާސްކޮށްފިއެވެ. ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާއި ބެހޭ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 70 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާއި ބެހޭ ބިލުގައިވާ ގޮތުން ގާނޫނީ ޒިންމާއެއް އަދާ ނުކުރުމާއި އިންސާނީ ހައްގަކާއި ހިލާފުވި ކަމުގެ މައުލޫމާތު ހިމާޔަތާ އެކު...

Thiladhun
އިންކޮމް ޓެކްސް ނަގަނީ އާމްދަނީއަށް 40،000 ރުފިޔާ ލިބޭ މީހުންގެ އަތުން!

އިންކޮމް ޓެކްސް ނަގަނީ އާމްދަނީއަށް 40،000 ރުފިޔާ ލިބޭ މީހުންގެ އަތުން!

އިންކޮމް ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި40،000 ރުފިޔާއަށްވުރެ މަތިން ލިބޭ މީހުންގެ އަތުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަދު ފިނޭންސް މިނިސްޓްރީން މީޑީޔާތަކަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ، 40،000 ރުފިޔާ އިން ދަށުގެ އާމްދަނީ އެއް ލިބޭ ފަރާތްތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40،000 އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ. އަރ...

Thiladhun
އެމް.ޑީ.އެން ގެ ރިޕޯޓް ނައިވާދު ކައުންސިލުން ކުށްވެރިކޮށްފި

އެމް.ޑީ.އެން ގެ ރިޕޯޓް ނައިވާދު ކައުންސިލުން ކުށްވެރިކޮށްފި

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކްއިން އިސްލާމްދީނަށް ފުރައްސާރަކޮށްފައި ވާތީ އެއަމަލު ނައިވާދޫ ކައުންސިލުން ކުށްވެރިކޮށް ބަޔާނެއްނެރެފިއެވެ. އެމްޑީއެން އިން ”ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމު ކުރި ރިޕޯޓުގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސަރަކޮށް، ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ކަންކަމާއިމެދު ސުވާލު އުފައްދާ ފާޅުގައި މާތްﷲ ގެ ކުޅަދުންވަންތަ ކަމާމެދު ޝައްކު އުފައްދާފައިވަތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި ސ...

ފާތިމަތު ސިނާޒާ
ނައިވާދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިނާޝާ

ނައިވާދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިނާޝާ

2018 ވަނަ ހދ. ނައިވާދޫ ސްކޫލުގެ ހުރިހާގޮތުން އެންމެ މޮޅު ދަރިވަރަކަށް، ނައިވާދޫ ސްކޫލްގެ 2018 ވަމަ އަހަރުގެ ގްރޭޑް 10 ގެ ދަރިވަރު ފާތިމަތު އިނާޝާ އާދަމް (މޫނިމާގެ، ހދ. ނައިވާދޫ) ހޮވިއްޖެ އެވެ. 2018 ވަނަ އަހަރުގެ ނައިވާދޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ، ނައިވާދޫ ސްކޫލު ހޯލުގައެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. މިޖަލްސާގައި، އަފީފުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް […]

ޙުސައިން ޝަހުދީ
މިސަރުކާރުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މަޝްރޫއު ނިމިއްޖެ

މިސަރުކާރުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މަޝްރޫއު ނިމިއްޖެ

މި ސަރުކާރުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މަޝްރޫއު ނިމިފައި ވާކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވަނީ މި ސަރުކާރު އައި ފަހުން ނިމުނު ޕްރޮޖެކްޓްތަކާއި ފައިސާ ދައްކައި ނިމުނު ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިހާތަނަށް މި ސަރުކާރުން އެއް ބިލިއަން ރުފިޔާގެ 42 މަޝްރޫއެއް ނިންމާފައިވާ […]

Thiladhun
ނޭކުރެންދޫގައި އިލެކްޓްރީޝަން ކޯހެއް ފަށަނީ

ނޭކުރެންދޫގައި އިލެކްޓްރީޝަން ކޯހެއް ފަށަނީ

ނޭކުރެންދޫގައި ބާއްވާ އިލެލްޓްރީޝަން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ކޯހުގައި ބައިވެރުވުމުގެ ފުރުސަތު ހުޅުވާލާ މިހާރު ވަނީ އެ ކައުންސިލް ގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެކަން އިއުލާނު ކޮށްފައެވެ. ނޭކުރެންދޫ ކައުންސިލުން އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިލެލްޓްރީޝަން ގެ ލެވެލް3 ގެ ކޯހެކެވެ. ނޭކުރެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުނ...

Thiladhun
މުދައްރިސުންގެ ދުވަހު ރަބީޢުގެ ޅެން "ބޮޑު ޓީޗަރުގެ ހަނދާނުގައި.."

މުދައްރިސުންގެ ދުވަހު ރަބީޢުގެ ޅެން "ބޮޑު ޓީޗަރުގެ ހަނދާނުގައި.."

މި އަހަރުގެ ޓީޗަރުންގެ ދުވަހާއި ގުޅުވައިގެ ހދ.ވައިކަރަދޫ މުޙައްމަދު ރަބީޢު ހެދި ޅެން ހާއްސަކޮށް ފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ހިނގާދިޔަ ހިތާމަވެރި ހާދިސާގައި ކަނޑުވެ މި ފަނާވަނިވި ދުނިޔެދޫކުރެއްވި އެދުރެއްކަމަށް ވާ މަރުޙޫމް ޙުސައިން އަބްދުﷲ (ބޮޑު ޓީޗަރު) ގެ ހަނދާނުގައެވެ. އަޅުގަނޑުމެން ނާއި ވަކިވެގެން ދިޔައީ ތައުލީމީ ޚިދުމަތްތެރި، އަދި އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ޚިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލ...

ފާތިމަތު ސިނާޒާ