ކުޅުދުއްފުށީގައި ރަށު ޕިކަޕާއި ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މިއަދު 1:50 އެހާއިރު، ކުޅުދުއްފުށީ ނިކަގަސްމަގު، ރަތްދޫލަ ފިހާރަ ކުރިމަތީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހައަށެވެ.

Ad
rt

ސައިކަލް ދުއްވަން އިން އުމުރުން 24 އަހަރުގެ ޒުވާނަކަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށާއި އަނިޔާވެފައިވަނީ އޭނާގެ ބޮލަށްކަމުން އިތުރު އެއްޗެއް ދަންނަވަން އިނގޭނީ 24 ގަޑިއިރު އޮބްޒަރވޭޝަން އަށްފަހު ފަހުންކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

އެކްސިޑެންޓްވި މަންޒަރު ފެނުނު ބައެއް މީހުން ކުޅުދުއްފުށީ އޮންލައިންއަށް ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވަނީ އެކްސިޑެންޓްވުމާއެކު ސައިކަލް ދުއްވަން އިން ޒުވާނާ ހޭނެތިފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަކަށް ގެންދިޔައިރު ހޭއަރާފައިވާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުންވަނީ ޔަގީންކޮށްދީފައެވެ.