ހދ.ނޮޅިވަރަމުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދާރާއިން ކުރި އިޢުލާނާ ގުޅިގެން ކަނޑައެޅިފައިވާ ޢަދަދަށް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، ކުރިން ކުރި އިޢުލާން ބާޠިލްކޮށް، އަލުން އެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ، މަޢުލޫމާތު ސާފު...
ފާތިމަތު ސިނާޒާ
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓާ ގުޅިގެން އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. މިމައްސަލައާއި ގުޅިގެން ބަހުސް ކުރެއްވުމަށް ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެން ބަހުސް ކުރިއަށް ގެންދަން 46 މެންބަރުންގެ އިއްތިފާގުން އިއްޔެގެ ޖަލްސާގައި ފާސްކޮށް، ޖަލްސާވަނީ ކުރިއަށް ގެންގޮސްފައެވެ. ރިޕޯޓާގުޅޭ ހޫނުގަދަ ބަހުސްތަކެއް...
ހުސައިން ހަބީބް
މޫސުން ގޯސްވުމުގެ ސަބަބުން ހއ އަތޮޅުން ޅ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ ހެނދުނު 06:15 އިން ފެށިގެން 11:15 އާއި ހަމައަށެވެ. Alert White for heavy rain & thunderstorms pic.twitter.com/hzFyXociQc — Maldives Meteorology (@MetMaldives) October 8, 2019 […]
އިބްރާހިމް އަސްވާޤް
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެކެ ލޯބި ވެގެން މެނުވީ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ އެއް ނުވާނެއެވެ. ކޮންމެ އިންސާނަކު އޭނަގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަދި އޭނާގެ މައިންބަފައިންނާއި އަނބި މީހާ އާއި ދަރިންނަށްވުރެވެސް ބޮޑަށް އަދި އެންމެހާ މީސްތަކުނަނަށް ވުރެވެސް ބޮޑަށް އޭނާ ލޯބިވާން ޖެހެނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަދެކެއެވެ.އެހެންނޫންނަމަ އޭނާއަކީ ފުރިހަމަ އީމާނެއްގައި ހުރި މީހަކަށް ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބި ނުވާ މީހަކީ […]
Thiladhun
މީގެ ކުރިން އޭޖެންޓުން ނުވަތަ ތާޑް ޕާޓީ އެޕްލިކޭޝަނެއް ބޭނުންކޮށްގެން، ޑިޖިޓަލް ވޮލެޓުގެ ގޮތުގައި ބޭނުންކުރާ ދިރާގު ޕޭ އަށް ފައިސާ ޖަމާކުރަން ޖެހުނު ނަމަވެސް މިހާރު ދިރާގު ޕޭ އެޕްލިކޭޝަނާއި ދިރާގު ވެބްސައިޓް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އެވެ. “މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ގެނައި ބަދަލެއް، ފަސޭހަ އިން ފައިސާ ޖަމާކުރެވުމުގެ އިތުރުން އިތުރު ފީޗާތައް ވެސް ދިރާގު ޕޭ އެޕަށް ގެނެސްފައިވާނެ. އެގޮތުން […]
އިބްރާހިމް އަސްވާޤް
ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް އަންނަ އަހަރު ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޕްލޭނެއް މިހާތަނަށް ހަދާފައިނެތްކަމަށެވެ. މިހާރުވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް...
އިބްރާހިމް އަސްވާޤް
ދީނީ ޝިޢާރު ފާޅުކުރުމުގައާއި، ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކުގެ ބޭނުން ހިފުމުގައި، މުޅި މުޖުތަމަޢުގެ މަޞްލަޙަތު އިސްކޮށް، އިސްލާމްދީނުގެ މަތިވެރި އަސާސްތަކާ ޚިލާފުނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރައްވާފައި ވަނީ ސޯޝަލް މީޑިއާގައި މިއަދު އާންމު ކުރެއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދައުލަތުގެ...
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރުގެ މަގާމަށް ކުޅުދުއްފުށީ/ ރޯމާ، އަހުމަދު ދާއޫދު ހަމަޖައްސައިފިސެވެ. އަހުމަދަކީ ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓިންގ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އަހުމަދު މީގެ ކުރިން މަސައްކަތް ކުރެއްވީ ދިރާގާއި މިރާ ގަ އެވެ. އެންމެ ފަހު އަދާކުރެއްވީ ދިރާގުގެ ކަސްޓަމާ ސާވިސް ދާއިރާގަ އެވެ. ދިރާގުގައި 8 އަަހަރު މަސައްކަތްކުރައްވާފައިވެއެވެ.
އިބްރާހިމް އަސްވާޤް
ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮއްފައިވާ ކާޑިއޯ ސެންޓަރާއި ސީޓީގެ ހިދުމަތް އަންނަ ހުކުރު ދުވަހު ރަސްމީކޮށް ނައިބުރައީސް ފައިޞަލް ނަޞީމް ހުޅުވައިދިނުމަށް ހަމަޖެހިއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮއްފައި ވާ ކާޑިއޯ ސެންޓަރ ހުޅުވުމުން އެތަނުންލިބޭނެ ހިދުމަތް ތަކުގެ ތެރޭގައި ކާޑިއެކް ކޮންސަލްޓޭޝަން ، އިކޯ ކާޑިއޯގްރާމް ، ހޯލްޓަރސް މޮނިޓަރިން ، އީސީޖީ އަދި ޓީ އެމް ޓީ ފަދަ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މި ޚިދުމަތް […]
ފާތިމަތު ސިނާޒާ
ވަޒީފާއެއް ހޯދަން މަސައްކަތްކުރާ މީހުންނަށް އެލަވަންސް ދިނުމުގެ ބިލާއި، އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ބިލާއި އަދި ބޯހިޔާވަހިކަމުގެ ބިލު ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިހިނގަމުންދާ ދައުރަށް 32 ބިލެއް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ. މިބިލުތަކުގެ އިތުރުން މަޖިލީހަށް އަލަށް ތައާރަފްކުރުމަށް ސަރުކާރުން ފޮނުވާ ބިލްތަކުގެ ގޮތުގައި ހިމެނެނީ ފޮރިން އިންވެސްޓްމަންޓްގެ ބިލާއި، ޗާޓާޑް އެކައުންޓެންޓުންގެ ބިލާއި، މަދަނީ އިޖްރާއާތުގެ ބިލާއި، ޓެނަން...
ޔުމްނާ ޢަލީ
ހދ.ނޮޅިވަރަމް ޕޮލިސް ޑެސްކާއި ހދ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަދި ނޮޅިވަރަމް ސުކޫލް ގުޅިގެން އެސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ގޮތުން ސެޝަންތަކެއް ނަގައިދީފިއެވެ. މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ގަނާ ހުރުމަކީ ކޮބައިކަމާއި، ގަނާގެ ސަބަބުން ކުރިމަތިވާ ނަފްސާނީގެއްލުން ތަކާއި ގަނާގެ ޝިކާރައިން ސަލާމަތް ވާނެގޮތްތައް ބުނެދީފައި ވެއެވެ. މީގެ އިތުރުން މަގުމަތީގައި އުޅޭއިރު ދިމާވާ ކަންކަން މައިންބަފައިންނާއި ހިއްސާކުރުމަށާއި އެފަދަކަމެއް ދިމާވުމުން އ...
ފާތިމަތު ސިނާޒާ
އިންޑިއާ ކަނޑުގެ ސަރަހައްދު، މަލިކު ކައިރިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފި އެވެ. ށ. ކޮމަންޑުއަށް ނިސްބަތްވާ އަންބަރީ ދޯނި މަލިކު ކައިރިން ހިފެހެއްޓީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެވެ. ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު އެވެ. “Anbaree” dhoanyaai falhuverin miadhu dhookollaane kamah dhemme India Sarukaarun alhugan’dah angavaifi. Masverikan kurumugai ehen qawmthakuge sarahadhdhah nuvanumah ilthimaaskuran! — […]
އިބްރާހިމް އަސްވާޤް
7 އޮކްޓޯބަރ އިން މިމަހުގެ 11 އަށް ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން “ހިނިތުންވުމާއެކު” ގެ ނަމުގައި އެމްޓީސީސީ އިން ކެމްޕެއިނެއް ފަށައިފި އެވެ. މިއަދު “ހިނިތުންވުމާއެކު” ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީ އަކީ ގިނަ ސިނާއަތްތަކެއްގައި ރައްޔިތުންނާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ކުންފުނިންދޭ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ކަސްޓަމަރުންނާ...
ފާތިމަތު ސިނާޒާ
ހިނގާ ބިނގާވެ އުޅުން ދަތިވެފައިވާ 60 މީހަކަށް ބީއެމްއެލް އިން ވީލްޗެއަރ ހަދިޔާ ކޮށްފިއެވެ. ހިނގާ ބިނގާވެ އުޅުމަށް ދަތި ފަރާތްތަކަށް ވީލްޗެއާ ހަދިޔާކުރީ ބީއެމްއެލްގެ އަހަރެންގެ ބޭންކް ޕްރޮގްރާމުގެ ދަށުންނެވެ. އެގޮތުން މިއަހަރު 60 މީހަކަށް ބީއެމްއެލް އިން ވަނީ ވީލްޗެއާ ހަދިޔާ ކޮށްފައެވެ. މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ 76 ފަރާތަކަށް ވީލްޗެއާ ހަދިޔާކޮށްފައެވެ. ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު […]
Thiladhun
“ނުރަސްމީ ތަޢުލީމުގެ މަހާސިންތާ” ފަށައިފިއެވެ. މި މަހާސިންތާ ފަށާފައިވަނީ މިއަދު ހެނދުނުއެވެ. ނުރަސްމީ ތަޢުލީމުގެ މަހާސިންތާ އަކީ ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ ފެށުމަށް މިއަދު ހެނދުނު ވަނީ ރައްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމުގައިވާ މުހައްމަދު މުސްތަފާ ހުސެއިން އެވެ. މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ، އަލްފާޟިލާ އައިޝަތު އަލީ ވެސް ބައިވ...
Thiladhun
އޭޑީއެސް އަލިފުށި ޕޮލިސް ހިޔަލަ ވޮލީ މުބާރާތް ފަށައިފިއެވެ. އަލިފުށި ޑިވޮލޮޕްމެންޓް ސޮސައިޓީއާއި، އަލިފުށީގައި މަސައްކަކުރާ ފުލުހުންނާއި ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތް ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި މުބާރާތް މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަލިފުށީ ކަނބަލުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތުގެ މަޤްސަދަކީ އަލިފުށި ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެންމެންގެ ތެރޭގައި […]
Thiladhun
ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ، 14 ފަޔަރ ސްޓޭޝަނަށް ފޮނުވައި ނިންމާލައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ 14 ފަޔަރ ސްޓޭޝަނަށް ފޮނުވިފައިވަނީ 24 ވެހިކަލް އަދި 05 ލޯންޗު ކަމަށެވެ. މި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑަރ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލުމުގެ ގާބިލްކަން ލިބިފައިވާއިރު ފޯރމް ޓެންޑަރ ވެހިކަލްގައި 200 ލީޓަރު ފޯރމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލެއެވެ. […]
Thiladhun
ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 2 ލެޑްބޮކި ދިނުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން ލެޑްލައިޓް ދޫކުރަން ފަށައިފިއެވެ. ލެޑް ބޮކި ދޫކުރަމުން ދަނީ ކަރަންޓު މީޓަރަކަށް 2 ބޮކީގެ ރޭޓުން ކަމަށާއި އެ ކުންފުނިން ލެޑް ބޮކި ދޫކުރަމުން ދަނީ ކުރިން ދޫކޮށްފައި ނުވާ ގޭބީސީ ތަކަށް ކަމަށް އެކުންފުނިންވަނީ ބުނެފައެވެ. ހުރިހާ ގޭބީސީއަކަށް ބެހުމަށް ހަމަޖެހިފައިވާ ލެޑް ބޮކިތައް ބެހުމަށް ސަރުކާރުން ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި (ސްޓެލްކޯ) އާއި ފެނަކަ […]
ފާތިމަތު ސިނާޒާ