ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި މިދިޔަ މަހު ބަހާފައިވަނީ 40 ޑޮލަރު (616.80 ރުފިޔާ) ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓް www.maldivessc.com ގައި ބުނެފައިވެ އެވެ. މިވެބްސައިޓުގައި ބުނެފައިވާގޮތުން މިއީ ސެޕްޓެމްބަރ މަހު އެންމެ މަދުން ސާވިސްޗާޖު ދީފައިވާ ރިސޯޓެވެ. އެ ވެބްސައިޓުގައި 77 ރިސޯޓުގެ ސާވިސްޗާޖް ހިމަނާފައިވާއިރު ދެވަނައަށް އެންމެ މަދުން ދިން ރިސޯޓުގެ ގޮތުގައި ހިމަނާފައިވަނީ އީކުއޭޓަ...
ޔުމްނާ ޢަލީ
ރާއްޖޭގެ ދެ ސަރަހައްދެއްގައި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒު ޤާއިމްކުރަން ނިންމާފައި ވާކަމަށް މިނިސްޓަރ ޖެންޑަރ ފެމެލީ، އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސިދާތާ ވިދާޅުވީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒު ގާއިމްކުރަން ނިންމާފައި ވާ ކަމަށެވެ. އަދި މި ސެންޓަރުތައް އެޅުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދާއި ދެކުނުގެ ސަރަޙައްދެއްގައި ކަމަށެވެ. އެހެންނަމަވެސް އެމަރުކަޒުތައް...
Thiladhun
މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުޓްބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސްއާއި ގުޅިގެންބާއްވާ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއަދު އެފްއޭއެމްއިން ކުރި ޢިއުލާނެއްގައިވަނީ ޔޫތު މިނިސްޓްރީއާއި، އެފްއޭއެމް އާއި ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު ” ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ” ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެވި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 އަށް ކޮލިފައިވުމަށް ކުޅެވޭ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފާވާކަމ...
ޔުމްނާ ޢަލީ
ލޯންޗު އެކްސިޑެންޓެއްގައި ބުރަފަތިންޖެހި ޒުވާނެއްގެ ފައި ބުރިވެއްޖެއެވެ. ފައިބުރިވެފައިވަނީ، ރ. އތޮޅު އިނގުރައިދޫ ޒުވާނެއް ކަމަށް މައުލޫމާތުލިބެއެވެ. މިކަމާއި ގުޅިގެން ފުލުހުން ދެންމެ ބުނީ، ރ. ނެލުކިޔާ ފަޅުރަށެއްގެއިރުމަތީ ފަރާތު އުރަފަށްކައިރީ ސްނޯކްލިންގއަށް ގޮސްއުޅުނު މީހެއްގެ ގައިގާ ދުއްވާފައި ދިޔަ ޑިންގީއަކުންޖެހި ޒަޚަމްވެފައިވާ ކަމުގެ ރިޕޯރޓް ފުލުހުންނަށް މިއަދު ހަވީރު ހަތަރެއްޖަހާކަށް ހާއިރު ލިބިފައިވާ ކަމަށާއި ،މިހާދިސާގައި އަނިޔާވީ ހަތާވީސް އަހަރުގެ ދިވެހިފިރިހެނެއް ކަމަށެވެ. އިތުރަށް ފ...
އިބްރާހިމް އަސްވާޤް
ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމްޕެޓިޝަން ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. ސްވިމް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ސްވިމިންގ އެސޯސިއޭޝަންގެ ފަރާރުން ބުނީ މިފަދަ މުބާރާތްތަކުގެ ބޭނުމަކީ ރާއްޖެއަކީ ފެތުންތެރިން ގިނަ ގައުމަކަށް ހެދުން ކަމުގައެވެ. މިމުބާރާތުގެ ތެރެއިން ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން މެ...
Thiladhun
އެމް.ޑަބްލިޔު.އެސް.ސީ އަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އަދި ޑިޒާސްޓަރ ރިކަވަރީ ޕްލޭނެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. މިއަދު އެމްޑްބްލިޔު.އެސް.ސީ އިން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އަދި ޑިޒާސްޓަރ ރިކަވަރީ ޕްލޭނެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2019/104) އަށް އެކަށީގެންވާ ތަރުހީބެއް...
Thiladhun
ދިވެހި ބަހުގެ އެކަޑެމީއިން ބާއްވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުން 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން ތިން ވަނަ ޖަލާލުއްދީން ސުކޫލުން ހޯދައިފިއެވެ. މި މުބާރާތުގެ ނަޖީޖާ ފާޅުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އޮލިންޕަހުގައި ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ އަދަބީ މުބާރާތްތަކުގެ ނަތީޖާފާޅުކުރުމުގެ ހަފްލާގެ ތެރެއިންނެވެ. ވާހަކަ ލިޔުމުގެ މުބާރާތުގެ 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން ޖަލާލުއްދީން ތިންވަނަ ހޯދިއިރު އެ އުމުރުފުރާއިން ދެވަނަ ހޯދާފައިވަނީވެސް އެ ސްކޫލުގެ ދަރިވަރެއްކަމަށް...
Thiladhun
ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލުތައް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާކަމަށް އިއްޔެ އިއުލާންކުރެވިގެން ދިޔުމާއެކު ދެންއައީ ބަންޑަރަ ނައިބުގެ ނުސީދާ ނުރުހުމުގެ ޓުވީޓެކެވެ. އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި، ސިޔާސަތުތައް ތަންފީޛުކުރާނެ ހަމަތައް ބަޔާނ...
ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ގަރާރެއް ހުށަހަޅާ އެ ގަރާރަށް ބަހުސް ކުރައްވަމުން، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުން ހިތްހަމަނުޖެހި އެ ބަހުސް ހޫނުވެއްޖެ އެވެ. ހުޅުމާލެ ބިމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ ބިމެއްކަމަށް ބުނެ އިބްރާހިމް ރަޝީދު އިއްޔެ މަޖިލީހުގައި ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރުންނަށް ގެދޮރުގެ...
ފާތިމަތު ސިނާޒާ
ހއ. ދިއްދޫގައި އާންމުނަށް އުދަނގޫ ވާހެން ކަންކަން ހުރުމުން އެރަށު ރައްޔިތުން އެރަށުގެ ކައުންސިލާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. ދިއްދޫގެ ބައެއް ރައްޔިތުން ކައުންސިލާއި ބައްދަލުކޮށްފައިވަނީ ކުނިގޮނޑުގެ ސަބަބުން ދިމާވާ އުނދަގުލާއި، މަސް ކައްކާ ސަރަހައްދުން އަރާ ދުމުން ވަމުންދާ އުނދަގުލުގެ ސަބަބުންކަމަށްށާއި ދެކުނު ސަރަހައްދު ޕަމްޕް ސްޓޭޝަން މީހުންއުޅޭ ގެ ތަކާއި އިންވެގެން ހުރުމުން ދިމާވާ އުނދަގުލާއި، އެ ސަރަހައްދުގައި ހުރި ބަކަރި ކޮށީގެ ސަބަބުން ދިމާވާ އުނދަގުލުގެ ވާހަކަތަށް ކައުންސިލ...
ފާތިމަތު ސިނާޒާ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި، މުޙައްމަދު ޝަހީބް، އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާދެއްވައިފިއެވެ. ޝަހީބް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުން އިސްތިޢުފާ ދެއްވިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ސިޓީ ފޮނުއްވާފައެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް މުޙައްމަދު ޝަހީބް ޢައްޔަން ކުރައްވާފައި ވަނީ 05 އެޕްރީލް 2016 ގައެވެ.
އިބްރާހިމް އަސްވާޤް
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ވިޔަފާރިތަކުގެ ސަރވޭ އެއް ކުރަން އިކޮނޮމިކް މިނިސްޓްރީ އާއި ރިޔަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު، ރާއްޖޭގައި ހިންގާ ވިޔަފާރިއާ ބެހޭ ސާވޭ ނުވަތަ އެންޓަޕްރައިސް ސާވޭއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އިނިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ މިސާރވޭ ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ. ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މި ސާވޭ ކުރާނީ މާލެ އާއި […]
އިބްރާހިމް އަސްވާޤް
އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގައި އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ދަތުރުކޮށްފިއެވެ. 6.1 މިލިއަން ރުފިޔާގެ ބޮޑު ހަރަދަކާއިއެކު ޔޫތް މިނިސްޓްރީން އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އޭޝިއާގެ ބެޑްމިންޓަން ޓްރެއިނިންގް އެޕްރޫވަލް ކޯޓުގައި ފަށައިގެން ކުރިޔަށް މި މުބަރާތުގައި އަންހެން ބައިގައި ވާދަ ކުރި ނަބާހާ ޕާކިސްތާނުގެ އަމާލްއާ ވާދަކުރި މެޗުން އޭނާ ކުރި ހޯދީ 1-2 އިންނެވެ. […]
ފާތިމަތު ސިނާޒާ
އައި. ޓީ. އެފް. ސީ އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކޮށްފިއެވެ. ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އައި.ޓީ.އެފް.ސީ.އާ ރާއްޖެއާ ދެމެދު މިއަދު ސޮއިކުރި ފްރޭމްވޯކް އެގްރީމެންޓަކީ 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ވިޔަފާރިއާ އިޤްޠިޞާދީ ކަންކަން ކުރިއެރުވުމަށް ވެވުނު އެއްބަސްވުމެކެވެ ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އައި.ޓީ.އެފް....
އިބްރާހިމް އަސްވާޤް
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ރ. ކިނޮޅަހުގައި އާރް.އޯ ބިލްޑިންގ އަދި އެޑްމިން ބިލްޑިންގ ކޮންސްޓްރަކްޓް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ. ބީލަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވޭނީ ފައިސާ ދައްކައިގެން ކަމަށާއި، ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ500.00ރ ކަމަށް އެފަރާތުގެ އިޢުލާންގައިވެއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 09 އޮކްޓޯބަރ 2019 އިން 15 އޮކްޓޯބަރ 2019 އަށް، ބ...
ފާތިމަތު ސިނާޒާ
ގުޅިފަޅުގައި ތަރައްޤީކުރާ ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފިއެވެ. އެއް މިލިއަން ފަންސާސް ހާސް ޑޮލަރަށް މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުޞޫލުން ޑެންމާކުގެ ނިރާސް އޭ.އެސް ކުންފުންޏާއި، ހޮލޭންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަނާއެވެ. މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ގުޅިފަޅުގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތަށް ބޭނުންވާ މޮބިލައިޒޭޝަންގެ މަސައްކަތްތައް ނިންމާ، ކޮންސަލްޓެންސީ މަ...
Thiladhun
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާތީ އެ ޖަމިއްޔާގައި މެންބަރުންގެ ގޮތުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް، މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމެވެ. މިކުއްލި މައްސަލަ ބޭރުކޮށްލީ އެމ...
ޔުމްނާ ޢަލީ
އޮކްޓޯބަރު މަހު ބެންކް އޮފް މޮލްޑިވްސް ކުޅުދުއްފުށި ބުރާޗް ގެ ޓީމް ހދ.އަތޮޅުގެ ރަށް ތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް އާންމުކޮށްފިއެވެ. އެގޮތުން އޮކްޓޯބަރ 13 ވާ އާދިއްތަ ދުވަހު މަކުނުދޫ އަދި ވައިކަރަދޫ އަށް ދަތުރު ކުރަން ހަމަޖެހިފައިވާއިރު ހޯމަ ދުވަހު ދަތުރުކުރަން ހަމަޖެހިފައިވަނީ ނޮޅިވަރަމް،ނޮޅިވަރަމްފަރު އަދި ނެއްލައިދޫއަށެވެ. އަންގާރަ ދުވަހު ކުމުންދޫ އަދި ނޭކުރެންދޫ އަށް ދަތުރު ހަމަޖެހިފައި ވާއިރު ފިނޭ، ހިރިމަރަދޫ،ނައިވާދޫ، އަދި ކުރިނބީއަށް ބުދަ ދުވަހު ދަތުރުކުރުމަށް ތާވަލްކ...
ފާތިމަތު ސިނާޒާ