މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 213 ވަނަ ޞަފްޙާ

ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި

ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި

ތ. ކިނބިދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 29 ވީ ބުދަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ކިނބިދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، އިތުރު ފަރުވާ ބޭނުންވާތީ އޭނާ މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، […]

ޔުމްނާ ޢަލީ
''އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން އުފެދޭނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް''

''އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން އުފެދޭނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް''

ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް ކަމަށާއި، މިއީ ދިވެހި ކޮންމެ ފަރުދަކު ފުންކޮށް ވިސްނައި އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއަދު ހެނދުނު އާންމު ރައްޔިތަކާއެކު ފޯނުން ދެކެވުނު ވާހަކަތަކެއްގެ ތެރެއިން، ސްކޫލްތަކުގައ...

ޝިއުނާ އާދަމް
ހިތަދޫ އުތުރު ބައި-އިލެކްޝަން: ޕީއެންސީގެ ޓިކެޓް ސައީދަށް

ހިތަދޫ އުތުރު ބައި-އިލެކްޝަން: ޕީއެންސީގެ ޓިކެޓް ސައީދަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) ހަމަޖައްސައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ޓިކެޓް ދޫކޮށްލެއްވުމާ ގުޅިގެންނެވެ. މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވައި، އެ ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ކުރީގެ މެމްބަރު...

ޔުމްނާ ޢަލީ
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާ އަތުން 25 ބިލިއަން ޑޮލަރު ހޭދަވެއްޖެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާ އަތުން 25 ބިލިއަން ޑޮލަރު ހޭދަވެއްޖެ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޕެންޓަގަނުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރީ ބުދަ ދުވަހު ހައުސް ކޮމިޓީގައި ވާހަކަދައްމުން ޕެންޓަގަނުގެ އެކްޓިންގ ޗީފް ފައިނޭންޝަލް އޮފިސަރު ޖޫލްސް ޑަބްލިއު ހަރސްޓް އެވެ. ހަރސްޓް ބުނި ގޮތުގައި މި ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ ހަތިޔާރާއި ގޮވާތަކެއްޗަށް ކުރި ޚަރަދުތަކެވެ. މީގެ އިތުރުން އޮޕަރޭޝަންތަކާއި، މަރާމާތު ކުރުމާއި، އަދި ހަލާކުވާ ހަތިޔާރުތަކުގެ ބަދ...

ނާޒިމާ އަލީ
ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ ބައެއް ލޮކޭޝަންތައް ވަނީ ފާހަގަކުރެވިފައި: ޒަމީރު

ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ ބައެއް ލޮކޭޝަންތައް ވަނީ ފާހަގަކުރެވިފައި: ޒަމީރު

ރާއްޖޭގައި ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ އެކަށީގެންވާ ސަރަޙައްދުތަކެއް އެސް.ޓީ.އޯ އާއި ކަމާގުޅޭ ވުޒާރާތަކުން ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރު ޒަމީރު ވިދާޅުވ...

ޔުމްނާ ޢަލީ
ރައީސާއި ގުޅުވައި އެދައްކާ ވާހަކަތަކަކީ ދޮގެއް، ހަތިމުގައި އަތްލައި ހުވާކުރަން ވެސް ކެރޭނެ: ފަލާހް

ރައީސާއި ގުޅުވައި އެދައްކާ ވާހަކަތަކަކީ ދޮގެއް، ހަތިމުގައި އަތްލައި ހުވާކުރަން ވެސް ކެރޭނެ: ފަލާހް

ރައީސް ޑރ. މުހައްމަދު މުޢިއްޒުއާ ގުޅުވައިގެން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމުގައި ހަތިމުގައި އަތްލައި ހުވާކުރަން ވެސް ކެރޭނެ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހު މިހެން ވިދާޅުވީ މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މުޢިއްޒުއާ ގުޅުވައި...

އަލީ އާދިލް
ދިއްދޫ ކައުންސިލުން ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވަނީ

ދިއްދޫ ކައުންސިލުން ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވަނީ

ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މި ދަނޑަކީ އެ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެކެވެ. މިދަނޑު ހުޅުވުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވީ މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިއްދޫގެ ރައްޔިތުން ޚާއްޞަކޮށް ފުޓްސަލަށް ލޯބިކުރާ ޒުވާނުން ބައިވެރިވުމަކީ ކައުންސިލްގެ ވަަރަށް ބޮޑު އެދުމެއްކަމަށެވެ. ’’މިދަނޑު މިރޭ ހުޅުވިގެންދާއިރު ދިއްދޫ ޒުވާނުންގެ ފޯ...

ޔުމްނާ ޢަލީ
ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދަށް ބޮޑު ގޮންޖެހުމެއް، ޔޫއޭއީ އެ އިއްތިހާދުން ވަކިވަނީ

ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދަށް ބޮޑު ގޮންޖެހުމެއް، ޔޫއޭއީ އެ އިއްތިހާދުން ވަކިވަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކް އަދި އޯޕެކް ޕްލަސް އިން ވަކިވުމަށް ނިންމައިފިއެވެ. މި ނިންމުމަކީ ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ގައުމުން ބުނެފައިވާއިރު، މިއީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގައި އެ އިއްތިހާދަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،...

ނާޒިމާ އަލީ
ބުރުނުވިލާޖެހުން

ބުރުނުވިލާޖެހުން

ރޭގައި ކުއްލިއަކަށް ވިދާގުގުރަން ފެށިއެވެ. ވަރަށް ބާރަށް ގުގުރިޖަހައި ހޮނު ވެސް އެޅިއެވެ. ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ޅަކުދީން ވަރަށް ބިރުން އުޅުނެވެ. ބައެއް މީހުންނަށް މިވަނީ ކީއްކަމެއް ނޭނގެއެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ދުވަސްވީ މީހުންނަށް މިއީ ބުރުނު ނަކަތްކަމާއި މި ނަކަތުގައި ބުރުނުވިލާޖެހޭކަން އެނގެއެވެ. މި ތަޖުރިބާ އެކިފަހަރު ކުރަން ޖެހެނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެކިވަރަށްކަން ދުވަސްވީ ދަނެއެވެ. ބުރުނުވިލާޖެހުމަކީ ބުރުނު ނަކަތުގެ ވިލާގެ ކޮޅިގަނޑު އައުމެވެ. ބު...

ޢަބްދުﷲ ސަޢީދު
ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ބަދަލާއެކު ރައީސް ވަނީ ކެބިނެޓުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް ކުޑަކުރައްވާފައެވެ. މި ބަދަލުގެ ދަށުން އަލަށް އައްޔަން ކުރެއްވި ފަސް ވަޒީރުންނާއި، މެންޑޭޓަށް ބަދަލު ގެނެސް އަލުން އައްޔަން ކުރެއްވި ނުވަ ވަޒީރުން ހިމެނޭހެން ޖުމްލަ 14 ބޭފުޅެއްގެ ނަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގެ […]

ޝިއުނާ އާދަމް
މީޑިއާ ކޮމިޝަނުން މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު އާންމުކޮށްފި

މީޑިއާ ކޮމިޝަނުން މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު އާންމުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކުގައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އިއްޔެ އާންމުކޮށްފިއެވެ. މި ގަވާއިދަކީ މީޑިއާތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ގާނޫނީ އިލްތިޒާމްތައް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. އަލަށް އާންމުކުރި ގަވާއިދުގައިވާ ގޮތުން، ކޮމިޝަނަށް މައްސަލަ ހުށަހެޅޭނީ މައިގަނޑު ތިން ގޮތަކަށެވެ. އެއީ ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެއްގެ މެދުވެރިކޮށް ހުށަހަޅާ ޝަކު...

ޔުމްނާ ޢަލީ
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ރަނގަޅު: ސުޕްރީމް ކޯޓް

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ރަނގަޅު: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް މިމަހު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ރިޔާސީ ނިޒާމ...

ހުސައިން ހަބީބް
ސިނާން އިންތިޚާބުގައި ވާދަނުކުރަން ނިންމަވައިފި

ސިނާން އިންތިޚާބުގައި ވާދަނުކުރަން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން، އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ. ސިނާން މިގޮތަށް ނިންމެވީ މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވައި، އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނިކޮށެވެ. މި ނިންމެވުން އިޢުލާން ކުރައްވައި ސިނާން މިއަދ...

ޔުމްނާ ޢަލީ
ބަންގްލަދޭޝް ނިއުކްލިއާ ހަކަތަ އުފައްދާ ގައުމުތަކުގެ ތެރޭގައި ހިމެނިއްޖެ

ބަންގްލަދޭޝް ނިއުކްލިއާ ހަކަތަ އުފައްދާ ގައުމުތަކުގެ ތެރޭގައި ހިމެނިއްޖެ

ބަންގްލަދޭޝްގެ ރޫޕޫރު ނިއުކްލިއާ ޕަވަރ ޕްލާންޓުގެ ފުރަތަމަ ޔުނިޓަށް ފިއުލް ލޯޑުކުރަން ފެށުމާއެކު، އެ ގައުމު ނިއުކްލިއާ ހަކަތަ އުފައްދާ ގައުމުތަކުގެ ސަފަށް ރަސްމީކޮށް ވަދެއްޖެއެވެ. މި މަޝްރޫއަކީ ރަޝިޔާގެ އެންމެ ފަހުގެ ޖެނެރޭޝަން 3+ ގެ ޕްރެޝަރައިޒްޑް ވޯޓާ ރިއެކްޓަރ (VVER-1200) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ވެރިރަށް ޑާކާއާ ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ ޕަބްނާގައި ގާއިމުކޮށްފައިވާ މި ޕްލާންޓަކީ ރަޝިޔާގެ ދައުލަތުގެ ނިއުކްލިއާ ކޯޕަރޭޝަން، ރޮސާޓަމްއިން ބިނާކޮށްފަ...

ނާޒިމާ އަލީ
މަކުނުދޫގެ ފުރަތަމަ ޝައިޚް ރިފްޢަތު: އަޒުމަކީ މަކުނުދޫ ނަމޫނާ ރަށަކަށް ހެދުން

މަކުނުދޫގެ ފުރަތަމަ ޝައިޚް ރިފްޢަތު: އަޒުމަކީ މަކުނުދޫ ނަމޫނާ ރަށަކަށް ހެދުން

ސްކޫލް ދައުރު އެކުގައި އުޅުނު އެކުވެރިންނާއެކު ނަމާދު ކުރުމާއި މިސްކިތަށް ދިޔުމުގައި ވާދަ ޖެހުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އޭރު ވެސް އޭނާގެ ހިތުގައި ވާދަވެރިކަން އުފެދިފައި އޮންނަނީ ދީނީ ކަންކަމުގައެވެ. މަދްރަސީ ޙަޔާތް ނިންމާލުމަށްފަހު ކުރިއަށް ދާންވީ މިސްރާބާމެދު ކޮންމެ ކުއްޖަކު ވެސް ވިސްނާނެކަން ޔަޤީނެވެ. އެ ގޮތުން ހދ މަކުނުދޫއަށް އުފަން އަޙްމަދު ރިފްޢަތުގެ ހިތުގައި އޭރު ވެސް އޮތީ ދީނީ ޢިލްމު ޙާޞިލް ކުރުމުގެ ޝައުޤުވެރިކަމެވެ. އެންމެ ފުރަތަމަ ވެސް […]

ސަލާމާ ޢަބްދުލް ޢަލީމް
އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައިދޭ މުހިންމު ބަހާއެއް: ނައިބު ރައީސް

އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައިދޭ މުހިންމު ބަހާއެއް: ނައިބު ރައީސް

އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައިދޭ މުހިންމު ބަހާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އިއްޔެ ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިފަދައިން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމަކީ، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައި، ޒިންމާދާރުކަމާއި ދެފުށް ފެންނަ އުސޫލުތައް ކުރިއަރުވައި، ފެންވަރު ރަނގަޅު މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ކަމެކެވެ. Ethical...

ޔުމްނާ ޢަލީ
ސާބިތު ނުހިފޭ އިލްޒާމް އެޅުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން: އިޤްބާލް

ސާބިތު ނުހިފޭ އިލްޒާމް އެޅުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން: އިޤްބާލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައިވެސް އަދި އެހެން ބޭފުޅެއްގެ އިސްތަށިފުޅުގައިވެސް، ޤަޛުފްވިޔަސް އަދި އެހެން ކުށެއްގެ ވިޔަސް، ސާބިތު ނުހިފޭ އިލްޒާމެއް އެޅުވުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް އިއްޔެ ވިދާޅުވެއްޖެއެވެ. އިޤްބާލް މީސްމީޑިއާގައި ޝާއިޢުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގައި ކަންކަން ޙަލާލުކުރައްވައި އަދި ޙަރާމްކުރައްވާފައިވަނީ އިންސާނީ ކަރާމާތާއި، ޢަދުލު އިންޞާފާއި، މުޖ...

ޔުމްނާ ޢަލީ
ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގަން އަންގައި އެމްޑީޕީ އާއި ޕީއެންއެފަށް އީސީގެ އެންގުމެއް

ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގަން އަންގައި އެމްޑީޕީ އާއި ޕީއެންއެފަށް އީސީގެ އެންގުމެއް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގައި ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަދައްކައި، ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ، ސިޔާސީ ހަރަކާތް ގާނޫނީ އިމުގެ ތެރެއިން ހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ދެ ޕާޓީ އަށް އިއްޔެ އަންގައިފިއެވެ. އެކަން އަންގައި އީސީން މި ދެ ޕާޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މި ދުވަސްވަރު ސިލްސިލާކޮށް ކ...

ޔުމްނާ ޢަލީ