ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު މިރޭ ހުޅުވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލުން ބުނިގޮތުގައި މި ދަނޑަކީ އެ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެކެވެ.

Ad
rt

މިދަނޑު ހުޅުވުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވީ މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިއްދޫގެ ރައްޔިތުން ޚާއްޞަކޮށް ފުޓްސަލަށް ލޯބިކުރާ ޒުވާނުން ބައިވެރިވުމަކީ ކައުންސިލްގެ ވަަރަށް ބޮޑު އެދުމެއްކަމަށެވެ.

’’މިދަނޑު މިރޭ ހުޅުވިގެންދާއިރު ދިއްދޫ ޒުވާނުންގެ ފޯރިގަދަ ފުޓްސަލް މެޗެއް ވެސް ފެނިގެންދާނެ، އަދި ޒުވާނުންގެ ޗަރުކޭސްތަކެއް ވެސް ފެނިގެންދާނެ، އަދި ކައުންސިލުން ބާއްވާފައިވާ މުބާރާތްތަކުގެ ތަށިތައް ވެސް ދެވިގެންދާނެ’’ ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ.

ދިއްދޫ ރައީސް ވަނީ މިދަނޑު ހުޅުވިގެން ދިޔުމަކީ ދިއްދޫގެ ފުޓްސަލަށް ލޯބިކުރާ ޒުވާނުންނަށް ލިބިގެންދާ ފަހި ފުރުސަތެއްގޮތުގައި ސިފަކުރަށްވާފައެވެ. އަދި މި ޚިދުމަތް ބަލައިގަނެ، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވަނީ އިލްތިމާސްކުރަށްވާފައެވެ.

މި ދަނޑު ހުޅުވައިދޭނީ ދިއްދޫ ކައުންސިލްގެ މުވައްޒަފުންކަމަށް ކައުންސިލްގެ ރައީސް ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ދަނޑު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ފެށޭނީ މިރޭ 20:30 ގައެވެ.

ދިއްދޫ އަކީ ހުނަރުވެރި ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް ނިސްބަތްވާ ރަށެކެވެ.