ދުނިޔޭގެ ކުރެހުންތެރިންގެ ދުވަހާ ގުޅުވައިގެން ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތް ނިންމައި، މުބާރާތުގެ ވަނަވަނައަށް ދިޔަ ކުދިންނަށް އިނާމު ދީފިއެވެ. މި މުބާރާތަކީ ކުދިންގެ މެދުގައި ކުރެހުމުގެ ހުނަރު ކުރިއެރުވުމުގެ މަގުސަދުގައި ބޭއްވުނު މުބާރާތެކެވެ. ޖުމްލަ 38 ކުދިން ބައިވެރިވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާ އޮތީ 2026 އެޕްރީލް 29 ވަނަ ދުވަހުގެ ރޭ ނެއްލައިދޫ ޕްރީ ސްކޫލުގައެވެ. މި މުބާރާތުގެ 10 އަހަރުން ދަށުގެ […]
ޔުމްނާ ޢަލީ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ލަމްއާން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރުން، 1 ފެބްރުއަރީ 2024 ގައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ލަމްއާން އިސްތިއުފާ ދެއްވިއިރު، އެމްއޭސީއެލްގައި އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް ހުންނަވައެވެ. އެއީ މުޖުތަބާ ލަތީފް އެވެ. ލަމްއާނަކީ މީގެ...
ޔުމްނާ ޢަލީ
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ނުވަތަ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ހަމައެކަނި ސަރުކާރުގެ ސަބަބުން ވާކަމެއް ނޫން ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް “ޕްރެސަރ ވިތް ދަ ސްޕޯކްސް” ގެ ނަމުގައި ފެށި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައ...
ޔުމްނާ ޢަލީ
ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް މިއަދު ހަމަޖައްސައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާދެއްވި އަނަސް މިފްކޯގެ ވެރިއަކަށް ހަމަޖައްސާފައިވާކަމަށް އެ ބޯޑުން މިރޭ ވަނީ ބުނެފައެވެ. މިއަދު ޕީސީބީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވި އަނަސް ޕީސީބީގެ މަ...
ޔުމްނާ ޢަލީ
އީރާނާއި ދެކޮޅު ހަނގުރާމައަށް އެމެރިކާއިން ފޮނުވި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ”ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް” އަނބުރާ ގައުމަށް ގެންދަން ނިންމައި، އެ މަނަވަރު މެދުއިރުމަތި ދޫކޮށް އެނބުރި ގައުމަށް ދިއުމަށް ފުރަން ތައްޔާރުވަމުން އަންނަކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ 10 މަސްދުވަހު އެ މަނަވަރުގައި މަސައްކަތްކުރި 4،500 އެއްހާ ފަޅުވެރިންނަށް ލިބޭނެ ބޮޑު ލުޔެއް ނަމަވެސް، މިއީ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ހުއްޓިފައިވާ ދަނ...
ނާޒިމާ އަލީ
ހޯމް މިނިސްޓަރު އަލީ އިހްސާނަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރުހުން ދެއްވުމަށް ވޯޓު ދެއްވުމަކީ، ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިޙްސާނަށް...
ޝިއުނާ އާދަމް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕީސީބީ އިން މިއަދު ބުނީ އެތަނުގެ ރައީސްގެ މަގާމުގައި ހުންނެވި، ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް، މަގާމުން އިސްތިޢުފާ ދީފައިވާތީ އޭނާގެ އިސްތިޢުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ. އެއާއިއެކު އެމަޤާމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ މއ. ޔެލޯބެލް މުޙައްމަދު ނިޒާރު އައްޔަނުކޮށްފައިކަމަށް އެ ބޯޑުން ބުންޏެވެ. ނިޒާރަކީ ކުރިން ވެސް މި ބޯޑުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. 2014 ވަނަ އަހ...
ޔުމްނާ ޢަލީ
ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް “ޕްރެސަރ ވިތް ދަ ސްޕޯކްސް” ގެ ނަމުގައި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް މިއަދު ފަށައިފިއެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް މިއަދު މެންދުރު ޓެލެވިޜަން މޯލްޑިވްސްގައި ވަނީ ބާއްވަވާފައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މިއީ ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށާއި، ނޫސްވެރިން ބޭނުންވާ މަޢުލޫމާތުތަކަށް ސީދާ ޖަވ...
ޔުމްނާ ޢަލީ
އިލޮން މަސްކްގެ އެކްސް (ކުރީގެ ޓްވިޓާ) ޕްލެޓްފޯމުގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ކަމަށްވާ “ގްރޮކް” އާ، އޭނާއަކީ އިންސާނަކަށް ވީނަމަ އިޚްތިޔާރު ކުރާނީ ކޮން ދީނެއްތޯ ސުވާލުކުރުމުން، އެ ސުވާލުގެ ޖަވާބުގައި އޭނާ އަކީ އިންސާނަކަށްވީނަމަ ޚިޔާރުކުރާނީ އިސްލާމްދީން ކަމަށްބުނެ ޖަވާބުދީފިއެވެ. އެކްސް ޕްލެޓްފޯމްގައި ”އަހްމަދު ބެއްްސީ” ނަމުގައި ބޭނުންކުރާ އެކައުންޓަކުން މި ސުވާލު ގްރޮކްއާ އަމާޒުކޮށްފައިވަނީ އިބްރާހީމީ ދީންތަކުގެ ތެރެއިން ދީނެއް އިޚްތިޔާރު ކުރަން ޖެހިއްޖެ ހާލަތެއްގަ...
ނާޒިމާ އަލީ
ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ހުޅުވައިފިއެވެ. މި ދަނޑަކީ ދިއްދޫ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެކެވެ. މި ދަނޑަށް ދީފައިވާ ނަމަކީ ”ދޮންކަލޯ ފުޓްސަލް ދަނޑު” އެވެ. މި ދަނޑު ހުޅުވަން ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްކޮށްދެއްވީ ދިއްދޫ ކައުންސިލަރުންނާއި އަދި ކައުންސިލްގެ މުވައްޒަފުންނެވެ. މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ފުޓްސަލްގެ ހާއްސަ ޗަރުކޭސް ސޯވއަކާއި، އެކި އުމުރުފުރާތަކުގެ މެދުގައި ކުޅެވުނު ފޯރިގަދަ ފުޓްސަލް...
ޔުމްނާ ޢަލީ
ރިޕޯޓާސް ވިތައުޓު ބޯޑާސް (އާރްއެސްއެފް) އިން މިއަދު އާއްމުކުރި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރު ނެރޭ މި އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 108 ވަނަ ދަރަޖައިގަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނަ ރޭންކާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ވެއްޓުމެކެވެ. އާރްއެސްއެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ސްކޯ ވަނީ 52.46 ޕޮއިންޓުން […]
އަލީ އާދިލް
ވަކި ފަރާތަކަށް ނުޖެހި ތެދު މައުލޫމާތު ފެތުރުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނީ ނޫސްވެރިން ”އެކްޓިވިސްޓުން”ގެ ގޮތުގައި މަސައްކަތްކުރުން ހުއްޓާލައިގެން ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި މިހާރު ހުންނެވި ނިހާން މިފަދައިން ވިދާޅުވީ، އެމްއެމްޓީވީން ގެނެސް...
އަލީ އާދިލް
ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުމެއްއޮތް ވޯޓެއްނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލާއި ގުޅިގެން އިއްޔެ މަޖިލީހުގެ ތަޅުމުގައި ވަނީ ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވޯޓު ނަގާފައެވެ. މި ވޯޓުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުން ބައެއް ވަޒީރުންނަށް ރުހުން އޮތްކަމަށް ދިން ވޯޓާއި ގުޅިގެން...
ޔުމްނާ ޢަލީ
ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންނަ ހަފުތާގައި އަވައްޓެރި ސްރީލަންކާ އަށް ދަތުރުފުޅެއްކުރަށްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ރައީސް މިދަތުރުފުޅުކުރަށްވާނީ މޭ މަހުގެ 3 އިން 6 އަށެވެ. ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމާއި އެކި ދާއިރާތަކުން އެއްބަސްވުންތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައ...
ޔުމްނާ ޢަލީ
ފޯނުގެ ޒަރީރާއިން އީރާނާއެކު ދާއިމީ ސުލްހައިގެ ވާހަކަތައް ދެކެވޭގޮތް ވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ބުނެފިއެވެ. އީރާނުން ވަނީ އެމެރިކާ އާއި ސީދާ ބައްދަލުކޮށް ފޭސްޓް ފޭސް މަޝްވަރާތަކަށް ދެކޮޅު ހަދާފައެވެ. އެހެންވެ ފޯނުން ވެސް މަޝްވަރާ ކުރެވިދާނެކަމަށް ޓްރަމްޕް އޮތީ ކުރިން ބުނެފައެވެ. ބުދަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ މިހާރު އީރާނާއެކު ފޯނުން މަޝްވަރާ ކުރެވޭގޮތް ވެފައިވާ ކަމަށެވެ. އެހެންވެ މިހާރު ކުރިއަށްދާ މަޝްވަރާތައް […]
ނާޒިމާ އަލީ
އިންސާނާގެ ހަށިގަނޑުގެ ސެލްތައް މުސްކުޅިވުން ލަސްކޮށްދޭ ޖީން ތެރަޕީ ބޭހެއް ނުވަތަ “މުސްކުޅިވުމާ ދެކޮޅު ވެކްސިނެއް” ރަޝިއާއިން އުފައްދަމުންދާކަން އެ ގައުމުގެ ސައިންސް އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. މި ވެކްސިނަކީ ހަށިގަނޑު މުސްކުޅިވުމާ ގުޅުންހުރި ރިސެޕްޓަރެއް ބްލޮކްކޮށްގެން މަސައްކަތްކުރާ އެއްޗެކެވެ. ރަޝިއާގެ ޑެޕިއުޓީ ސައިންސް މިނިސްޓަރު ޑެނިސް ސެކިރިންސްކީ ވިދާޅުވި ގޮތުގައި، މި ތަޖުރިބާގެ މަރުހަލާގައިވާ ފަރުވާ އަމާޒުކުރަނީ ‘RAGE’ ރިސެޕްޓަރަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ރ...
ނާޒިމާ އަލީ
އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ޚާއްޞަ ލިމިޓެޑް އެޑިޝަން ޕާސްޕޯޓްތަކެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނުމަށް ނިންމާފައިވާކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފިއެވެ. ފޮކްސް ނިއުސްއިން ފުރަތަމަ ރިޕޯޓްކުރި މި ޚަބަރާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލަކު ”ބީބީސީ” އަށާއި ”ދަ ގާޑިއަން” ފަދަ ނޫސްތަކަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނެފައިވާގޮތުގައި، މި ޕާސްޕޯޓްތައް ދޫކުރާނީ އަންނަ ޖުލައި މަހު ފާހަގަކުރާ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ އިޙްތިފާ...
ނާޒިމާ އަލީ
ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ކަނޑައެޅި އިސްލާހު ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މަރުޙަބާ ކިޔައިފިއެވެ. މި ހުކުމަށް މަރުޙަބާ ކިޔައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ...
ޝިއުނާ އާދަމް