ހއ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ކެލާގައި ބާއްވައިފި
ހއ. އަތޮޅު (ތިލަދުންމަތީ އުތުރު ބުރީ) ގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ހއ. ކެލާގައި ބާއްވައިފިއެވެ. ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުން އިއްޔެ ކެލާގައި ކުރިއަށް ދިޔަ އިރު އެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަނާއި، އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މަސައްކަތު ބައްދަލުވުމުގެ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީ ބޮޑުތިލަދުންމަތ...