މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,335 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2053 ވަނަ ޞަފްޙާ

އަންނަ މަހުގެ ތެރޭގައި އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށޭނެ : އެމްޕީ ޝިފާޢު

ހއ. އިހަވަންދޫގެ ބަނދަރު އަޕްގްރޭޑް މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެ އެވެ. މެމްބަރު ޝިފާއު އެހެން ވިދާޅުވީ ހުކުރުދުވަހުގެ ހެނދުނު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދޫގައި މިހާރުވެސް ބޮޑު ބަނދަރެއް އޮންނަކަން މެމްބަރު ޝިފާޢު ފާހަގަ ކުރެއްވިއެވެ. ޝިފާއު ވިދާޅުވީ ބަނދަރުގެ ދަތިކަން އިހަވަންދޫގައި ވަރަށް ބޮޑު ކަމަށާއި، އެ ރަށަކީ...

ޔުމްނާ ޢަލީ
ނޭނގެނީ ނިޔާވި މީހެކެވެ.

ނޭނގެނީ ނިޔާވި މީހެކެވެ.

ގާތްތިމާގެ މީހުންނާއި ދަންނަ އެކުވެރި ރައްޓެހިންނާއި ރަޙުމަތްތެރިން ނިޔާވުމުން ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ފޭސްބުކުގެ ޕްރޮފައިލް ފޮޓޯގެ ބަދަލުގައި ކަޅުކުލައަށް ބަދަލުކޮށްލައެވެ. އެގޮތަށް ހެދުމުގެ ސަބަބުން އެ މީހަކަށް ވަރަށް ބޮޑު ހިތާމައެއް ނުވަތަ ގާތް މީހަކު ނިޔާވީކަން އެނގެއެވެ. ނޭނގެނީ އެއީ ކާކުކަމެވެ. އަނެއް ބަޔަކު ލިޔެއެވެ. ‎إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎ May ALLAH(SWT) forgive his sins and grant him Jannathul Firdhaus, Aameen މިގޮތަށް ލިޔުމުން […]

ޢަބްދުﷲ ސަޢީދު
ކުޑަކުދިންގެ ހައްޤުތައް ހޯދައިދިނުމަށް ހިންގާ ހަރަކާތްތަކުގައި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފި

ކުޑަކުދިންގެ ހައްޤުތައް ހޯދައިދިނުމަށް ހިންގާ ހަރަކާތްތަކުގައި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފި

ކުޑަކުދިންގެ ހައްޤުތައް ހޯދައިދިނުމަށް ވަކާލާތުކޮށް ހަރަކާތްތައް ހިންގާއިރު ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮން ހިތުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ މިފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި...

އަލީ އާދިލް
ޕޯޓްތަކުގައި ސްކުރީން ކުރަންފަށައިފި، ރާއްޖެއިން ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުވާ މީހަކު އަދި ނުފެނޭ

ޕޯޓްތަކުގައި ސްކުރީން ކުރަންފަށައިފި، ރާއްޖެއިން ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުވާ މީހަކު އަދި ނުފެނޭ

ޕޯޓްތަކުގައި ސްކުރީން ކުރަންފަށައިފި، ރާއްޖެއިން ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުވާ މީހަކު އަދި ފެނިފައި ނުވާކަމަށް   ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ޕޯޓްތަކުގައި ނޮވެލް ކޮރޯނާވައިރަސްއަށް ސްކުރީން ކުރެވެމުންދޭ. މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވޭ@MoHmv — Health Protection Agency (@HPA_MV) January 25, 2020 ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ވައިރަސް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް ޕޮޒިޓިވްވެ...

އިބްރާހިމް އަސްވާޤް
އެމްޑީޕީއަށްދޭ ވޯޓުގެ ނަތީޖާ، ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން ދައްކައިދޭނަން: ރައީސް

އެމްޑީޕީއަށްދޭ ވޯޓުގެ ނަތީޖާ، ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން ދައްކައިދޭނަން: ރައީސް

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދެނީ އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދިނުމަށް ކަމަށާއި އެއީ ގެއްލިގެން ދާނެ ވޯޓެއް ނޫންކަމަށް އަދި އޭގެ ނަތީޖާ، ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން ރައްޔިތުންނަށް ދައްކައިދޭނެކެމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ލ. ގަމުގައި މިއަދު ބޭއްވި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލާރުމަކަޒީ ނިޒާމުން ކަންކަން ކުރުމުގެ ވިސްނުމާއި ފިކުރު...

އަލީ އާދިލް
ހެޕީމާރކޭޓްގެ އުތުރުގެ ހަބަކަށް ކުޅުއްފުށި ސިޓީ

ހެޕީމާރކޭޓްގެ އުތުރުގެ ހަބަކަށް ކުޅުއްފުށި ސިޓީ

ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހޯލްސޭލްކޮށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނިކަމުގައިވާ ހެޕީމާރކެޓުން ތިލަދުންމަތީގެ ވިޔަފާރީގެ ނާރެސްކަމުގައިވާ ކުޅުދުއްފުށި ސިޓީގައި އެކުންފުނީގެ ފިހާރައަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވައިފިއެވެ. ރޭ ކުޅުދުއްފުށީގައި އޮތް ކުލަގަދަ ހަފްލާއެއްގައި މި ފިހާރައާއި ޑިސްޓްރިބިއުޝަން ސެންޓަރ ހުޅުއްވައިދެއްވީ ކުޅުުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހެޕީމާރކެޓްގެ ސީއީއޯ ކެޕްޓަން (ރިޓަޔ...

އިބްރާހިމް އަސްވާޤް
އެމެރިކާގެ ލޮއިސްވިލް އެއަޕޯރޓްގެ ނަން "މުޙައްމަދު ޢަލީ" ގެ ނަމަށް ބަދަލުކޮށްފި

އެމެރިކާގެ ލޮއިސްވިލް އެއަޕޯރޓްގެ ނަން "މުޙައްމަދު ޢަލީ" ގެ ނަމަށް ބަދަލުކޮށްފި

އެމެރިކާގެ ލޮއިސްވިލް އެއަޕޯރޓްގެ ނަން މައްޝޫރު ބޮކްސިން ޗެމްޕިއަން މުޙައްމަދު ޢަލީގެ ނަމަށް ބަދަލުކޮށްފިއެވެ. ޖެނުއަރީމަހު މިގެނެވުނު ބަދަލުގައި ލޮއިސްވިލް އިންޓަރނޭޝަނަލް އެއަރޕޯރޓް ގެ ނަން ބަދަލު ކޮށްފައިވަނީ މުޙައްމަދު ޢަލީ އިންޓަރނޭޝަނަލް އެއަރޕޯރޓް ގެނަމަށެވެ. ޢަލީ ވީކް ގެ ނަމުގައި މުޙައްމަދު ޢަލީގެ ހަނދާނުގައި ފާހަގަ ކުރަމުން އަންނަ ހަފްތާއެއްގެ ޚާއްޞަ ކަމެއްގެ ގޮތުގައި ބުރާސްފަތި ދުވަހު މިކަން ހާމަ ކޮށްފައިވަނީ މިކަމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައި ލޯގޯ އެއް އާންމު ކުރުމަށްފަހުއެވެ. ބ...

އައިމިނަތު ޔުމްނާ
މޯލްޑިވިއަން އިން ޓްރެވެންޑްރަމްއަށް ދަތުރުތައް ފެށިތާ 12 އަހަރު ފުރުން ފާހަގަކޮށްފި

މޯލްޑިވިއަން އިން ޓްރެވެންޑްރަމްއަށް ދަތުރުތައް ފެށިތާ 12 އަހަރު ފުރުން ފާހަގަކޮށްފި

ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިންޑިއާގެ ޓްރެވެންޑްރަމްއަށް ދަތުރުތައް ފެށިތާ މިއަދަށް 12 އަހަރު ފުރުމާއިއެކު އެކަން އެ އަރލައިނުން ފާހަގަ ކޮށްފިއެވެ. އެ ގޮތުން މިއަދު އެއަރލައިންއިން ޓްރެވެންޑްރަމްއަށް ދަތުރުކުރި ކަސްޓަމަރުންނަށްވަނީ ފްލައިޓްތެރޭ ޚާއްސަ ހަދިޔާއެއްދީ، ފްލައިޓުން ކަސްޓަމަރުންނަށް އަރުވާ ލުއި ފަރިއްކޮޅު ދުވަހާއި ގުޅުވައިގެން ޚާއްސަ ކޮށްފައެވެ. އޭގެ އިތުރުން އެއަރލައިންގެ ޓްރެވެންޑްރަމް އޮފީހުގައިވަނީ ދުވަހާއިގުޅޭ ކޭކު ފެޅުމުގެ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މޯލްޑިވިއަނ...

އިބްރާހިމް އަސްވާޤް
ކެރަލާގެ 100 އަހަރުވީ މިސްކިތެއްގައި ހިންދޫ ކައިވެންޏެއްގެ ރަސްމިއްޔާތު ބާއްވައިފި

ކެރަލާގެ 100 އަހަރުވީ މިސްކިތެއްގައި ހިންދޫ ކައިވެންޏެއްގެ ރަސްމިއްޔާތު ބާއްވައިފި

ރައްވެހި ކަމުގެ ޤާނޫނާއި މެދު މުޒާހަރާތައް ކުރިއަށް ދަނިކޮށް އިންޑިއާގެ ކެރަލާގެ 100 އަހަރުވީ މިސްކިތެއްގައި ހިންދޫ ކައިވެންޏެއްގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކައިވެނި ކުރެވުނު އަންހެން ކުއްޖާގެ މަންމައަށް ދިމާވެފައިވާ ފައިސާގެ ދަތިތަކަަށް ވިސްނައި، އެ ކައިވެނި މިސްކިތުގައި ބޭއްވުމަށް އިސްނަގައިގެން ހުރިހައި ކަމެއް ހަމަ ޖައްސައިދީފާވަނީ އެ މިސްކިތުންނެވެ. ކައިވެނި ކުރެވުނު ދެމީހުން ކަމުގައިވާ އަންޖޫ އަޝޯކް ކުމާރް އަދި ސަރަތް ސައި ވަނީ މި ކައިވެނީގެ ރަސްމިޔާތު މިސްކިތުގައި ބޭއްވުންމީ އެކި ދީން ތ...

އައިމިނަތު ޔުމްނާ
މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ބ.އަތޮޅުގެ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ. ފުލުހުން ބުނެފައިވަނީ ގެނބިގެން މަރުވީ އުމުރުން 67 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ. އެގޮތުން މިއަދު އެ ހާދިސާ ހިނގިއިރު އެމީހާ ގެނބިގެން ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ 15:21ގައި ކަމަށް ފުލުހުން ބުނެއެވެ. ހެލްތު ސެންޓަރުން ވަނީ އޭނާ މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މިކަން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިބްރާހިމް އަސްވާޤް

ދަސްވާރުގެ ސަބަބުން ޘާނަވީ ތަޢުލީމްގެ މަރުހަލާއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރި: މިނިސްޓްރީ

ސްކޫލުތަކުގެ ނަތީޖާ މަތިކުރުމަށް ބައެއް ދަރިވަރުންނަށް ދަސްވާރު ހެދުމަށް ސްކޫލުތަކުން މަޖުބޫރު ކުރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިންކްލޫސިވް އެޑިޔުކޭޝަން ގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގައި ކުރިން ހިންގަމުން ދިޔަ “ދަސްވާރު ޕްރޮގްރާމް” ސްޓްރީމްއެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަން ހާމަކުރައްވައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރު ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެޑިއުކޭ...

އަލީ އާދިލް
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބީވީއައިއެސްއެމް އިން ފަށައިފި

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބީވީއައިއެސްއެމް އިން ފަށައިފި

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޖަމިއްޔާ “ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް” (ބީވީއައިއެސްއެމް) އިން ތެލްސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ އެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިއަދު ހަވީރު 17:00 އާއި ހަމަޔަށް މި ޕްރޮގްރާމް ކުރިޔަށް ދާނެކަމަށް އެޖަމިއްޔާއިންވަނީ ބުނެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ގިނަބަޔަކު ވަނީ އަލަށް ލޭ ހަދިޔާކޮށްފައެވެ. ޕްރޮ...

އަލީ އާދިލް
"ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު" އިފްތިތާޙް ކޮށްފި

"ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު" އިފްތިތާޙް ކޮށްފި

“ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު” އިފްތިހާހް ކޮށްފި އެވެ. އެމްއެމްޕީއާރްސީ އާއި “ހާޓުސީނު” ގުޅިގެން ގެނެސްދޭ “ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު” ޓްރެވަލް ޑޮކިއުމަންޓްރީގެ އިފްތިހާހް ކޮށްފައިވަނީ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައެވެ. ޑޮކިއުމަންޓްރީ ވީލޮގް “ވިޒިޓް މޯލްޑިސް ފްރޮމް ހާޓުސީން” އަކީ ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަގްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީއެކެވެ. ހާޓުސީންގެ ފައުންޑަރ އަލީ ހަމީދު ބުނީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަ...

އިބްރާހިމް އަސްވާޤް
މިއުޒިކު ހަރާމްކަމުގެ ހެކި ދެއްކި ޢިލްމުވެރިއަކަށް 5 މިލިއަން ޓާކާ ހުށައެޅި މީހަކު ހައްޔަރުކޮށްފި

މިއުޒިކު ހަރާމްކަމުގެ ހެކި ދެއްކި ޢިލްމުވެރިއަކަށް 5 މިލިއަން ޓާކާ ހުށައެޅި މީހަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ސަޤާފީ ލަވައިގެ ބާވަތެއްކަމުގައިވާ ބައުލް ލަވަ ހުށައަޅައިދޭ ލަވަކިއުތެރިއާ އުމުރުން 40 އަހަރުގެ ޝާރިއަތު ސަރްކާރު އިސްލާމް ދީނަށް ފުރައްސާރުކޮށް ވާހަކަދެއްކުމުން ހައްޔަރުކޮށްފިއެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހުގައި ބޭއްވުނު ކޮންސެޓެއްގެ ތެރެއިން ޝާރިއަތު ވަނީ އިސްލާމް ދީނުގައި މިއުޒިކު ހަރާމް ކުރައްވާފައިވާ ކަމުގެ ހެކި ދެއްކުމަށް ދީނީ ޢިލްމުވެރިނަށް ޗެލަންޖުކޮށް 5 މިލިއަން ޓާކާ (58،800 ޑޮލަރު) އިނާމެއްގޮތުގައި ހުށައަޅާފައެވެ. ޝާރިއަތު ލަވަ ހުށައަޅާދޭ ވީޑިއޯއެއް ޔޫޓިއުބަށްލުމުން...

އައިމިނަތު ޔުމްނާ
ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫނީ އަނިޔާ ލިބޭ ކުދިންނާ ސުވާލު ނުކުރުމަށް ފުލުހުން އެދިއްޖެ

ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫނީ އަނިޔާ ލިބޭ ކުދިންނާ ސުވާލު ނުކުރުމަށް ފުލުހުން އެދިއްޖެ

ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫނީ އަނިޔާ ލިބޭ ކުދިންނަން ސުވާލު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން ބުނީ އެކިބާވަތުގެ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލު ކުރުމުގެ ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫން ފަރާތަކުން އެފަދަ ކުދިންނާ ސުވާލުކުރުމަކީ އެކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށެވެ. އެހެންކަމުން އެ ފަދަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.  https://www.facebook.com/219613284729264/posts/2947575178599714/?d=n އޭގެ އިތުރުން، ކުއްޖާގެ ވަ...

އަލީ އާދިލް
ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވެ ތިބުމަށް އެއަރޕޯރޓް ތައްޔާރުގައި

ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވެ ތިބުމަށް އެއަރޕޯރޓް ތައްޔާރުގައި

ނޮވެލް ކޮރޯނާވައިރަސްއިންގެ ސަބަބުން ދިމާވެދާނެ ހާލަތަކަށް ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތައްޔާރު ވެއްޖެއެވެ. އެ އަރޕޯރޓްގެ ފަޔަރފައިޓަރުންނާއި، އީއެމްޓީސް އަދި އެއަރޕޯރޓް އެމެޖެންސީ ސަރވިސަސްއިން ވަނީ އެފަދަ ހާލަތަކަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ބުނެފައެވެ. މޯލްޑިވްސް އެއަރޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓަރސް ސަރވިސަސްއިންވަނީ އެކަމަށް ތައްޔާރުވެފައިވާކަން ދައްކާލައިފައެވެ. މޯލްޑިވްސް އެއަރޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓަރސް ސަރވިސަސްގެ ފޭސްބުކް ޕޭޖްގައި ބުނެފައި...

އަލީ އާދިލް
14 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

14 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

މެދުރާއްޖެތެރޭގެ ރަށެއްގައި ގްރޫޕަކުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ. އަދި މި މައްސަލާގައި ހިމެނޭ ކުއްޖާގެ އުމުރަކީ 17 އަހަރު ކަމަށް މީގެކުރިން ބުނެވިފައިވީ ނަމަވެސް ރަނގަޅު ގޮތަކީ އެ ކުއްޖާގެ އުމުރަކީ 14 […]

އަލީ އާދިލް
މިއަދާއި ހަމައަށް މުޅި ދުނިޔެއިން "ނޮވެލް ކޮރޯނާވައިރަސް"ގެ 845 ކޭސް

މިއަދާއި ހަމައަށް މުޅި ދުނިޔެއިން "ނޮވެލް ކޮރޯނާވައިރަސް"ގެ 845 ކޭސް

މިއަދާއި ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓް ކޮށްފިއެވެ. މިއަދު (24 ޖެނުއަރީ) އާއި ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓްކުރެވިފައިވާއިރު އެންމެ ގިނަ ކޭސް ރިޕޯރޓްކޮށްފައިވަނޯ ޗައިނާއިންނެވެ. ޗައިނާއިން ނޮވެލް ކޮރޯނާވައިރަސްގެ ރިޕޯޓްކުރި ޖުމްލަ އަދަދަކީ 830 އެވެ. ޗައިނާގައި ރިޕޯރޓްކުރި 830 ނޮވެލް ކޮރޯނާވައިރަސްގެ ކޭސްގެ ތެރެއިން ބަލިޖެހިގެން ބޮޑުވަރުވީ 177 މީހުންނަށެވެ. އަދި އޭގެ ތެރެއިން 25 މީހުން މަރުވެފައިވެއެވެ. ‏ނޮވެލް ކޮރޯނާ ވައިރަސް...

ޔުމްނާ ޢަލީ