2020 ވަނަ އަހަރު ޖަލާލުއްދީން ސްކޫލް ގްރޭޑް 11 އަށް ވަނުމަށް އެދޭ ދަރިވަރުންނަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުން ފެށިގެން އެޕްލިކޭޝަން ފޯމް ދޫކުރާގޮތަށްވަނީ ހަމަޖެހިފައިވާކަމަށް އެސުކޫލުން ނެރެފައިވާ އިޢުލާނުގައި ބުނެފައި ވެއެވެ.

Ad
rt

ގްރޭޑް 11 އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވާ މިންގަނޑަކީ

ސައިންސް ސްޓްރީމް : ކްރައިޓީރިއާ
އެސް އެސް ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސްއީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުން.

2 ބިޒްނަސް ސްޓްރީމް : ކްރައިޓީރިއާ:
އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީސީއީ އޯލެވެލް/ އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީޒް)ކޮމާރސް، އެކައުންޓް، އިކޮނޮމިކްސް، މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ. އޯލެވެލް/ އައި.ޖީ.ސީ.އެސް.އީ މާއްދާތަކުގެ ތެރެއިންއިތުރު 1 މާއްދާއިން ފާސްވެފައިވުން ކަމަށާއި އަދި ފާސްވިކަމަށް ބެލެވޭނީ " A*A,B,C " ލިބިގެންނެވެ.

އިތުރު ޝަރުތުތައް:.
• 2018 އޮކްޓޯބަރ / ނޮވެމްބަރ ގައި ނުވަތަ އޭގެފަހުން ޖީސީއީ އޯލެވެލް އާއި އެސް.އެސް.ސީ އިމްތިޙާން ހަދާފައިވުން.
• ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާއިދާ ޚިލާފުވެފައިވާ ނުވަތަ ޝަރުޢީ މައްސަލައެއްގައި ހުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
• 2020 މާރިޗު 01) އަށް 19 އަހަރު ފުރިފައި ނުވުން.
• ކައިވެންޏެއް ކޮށްފައި ނުވުން.

އެސްކޫލް ގްރޭޑް 11 އަށް ވަނުމަށްއެދޭ މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށް ފޯމް ދޫކުރުމާއި، ބަލައިގަތުން އޮންނާނީ 2020 ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުން ފެށިގެން 2020 ފެބުރުވަރީ 06 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށްކަމަށް އެސުކޫލުން މަޢުލޫމާތުދެއެވެ.

ފޯމް ނަންގަވަން ވަޑައިގަންނަވާއިރު ނަތީޖާ ސްލިޕް ގެންނަވަންވާނެކަމަށާއި ގްރޭޑް 11 ގެ ކިޔެވުންފަށަން ހަމަޖެހިފައިވަނީ 2020 މާރޗް 5 ވާ އާދީއްތަ ދުވަހުކަމަށް އެސުކޫލުން ބުނެފައިވެއެވެ.