މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ.މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ހދ. ކުޅުދުއްފުށިން ފުރައިގެން މަކުނުދުއަށް ދަތުރުކުރާ ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް މަކުނުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ 25 ވަނަ ދުވަހުގެ 16:43 ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ އެފެރީން މަކުނުދޫއަށް ގެނައި ފޮށިގަނޑެއް އަރުވައިގެން ދިޔަ ރަށު ޕިކަޕެއް ހުއްޓުވައި، ބަލައިފާސްކުރިއިރު އެފޮށިގަނޑުގެ ތެރެއިންނެވެ.

Ad
rt

އެފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިިން ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. މިމައްސަލަ ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.