ނައިފަރުގައި ކުޑަކުދިން ތަކަކަށް ޖިންސީ ގުނަވަން ދެއްކި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައި ވަނީ މި މަހުގެ އެކި ދުވަސް މަތިން ކުޑަކުދިން ތަކަކަށް 60 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންބުނީ މިމަހުގެ 26 ވަނަ ދުވަހުގެ 18:10 ގައި މިމީހާ ވަނީ ހައްޔަރު ކުރެވިފައިކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.
މިފަހުން ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާއާ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ މައްސަލަތަކުގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!