ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ޓުރިސްޓުން ގެނައުން އެޗްޕީއޭއިން މަނާކޮށްފި އެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސް ވަންދެން މޭލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓަލާއި ގެސްޓްހައުސްތަކަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރެވިގެން ނުވާނެ ކަމަށެވެ.
އެޗްޕީއޭ އިން ވެސް މިހާރު ވަނީ 14 ދުވަސް ވަންދެން ގެސްޓުން ބެހެއްޓުން މަނާކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.
އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފެފައިވާ ގޮތުގައި މިހާރު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބި ޓޫރިސްޓުންގެ ހަދާފައިވާ ބުކިންގެ މުއްދަތުގައި އެ މީހުންނަށް ތިބެވޭނެ އެވެ.
އެޗުޕީއޭގެ ނިންމުން މި އައީ ރިސޯޓްތަކުން ކޮރޯނާވައިރަަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު މިއަދު 10 އަށް އަރާފައި ވަނިކޮށެވެ.
ސަރުކާރުން މިހާރު ދަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތައް ވަރަށް އަވަސް އަވަހަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަން އިއުލާންކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!