މެލޭޝިޔާ ގެ ކެބިނެޓް މެންބަރުންގެ ދެމަހުގެ މުސާރަ މެލޭޝިޔާގެ ނެޝަނަލް ކޮވިޑް ފަންޑަށް ހަދިޔާ ކުރެއްވުމަށް ނިންމަވައިފިއެވެ. މީގެތެރޭގައި ޕްރައިމް މިނިސްޓަރާއި، މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރަ ހިމެނެއެވެ. ޕްރައިމް މިނިސްޓަރ ޓޭން ސްރީ މުހިއްދީން ޔައްސީން 26 މާރިޗުގައި ފޭސްބުކްގައި ހިއްސާކުރެއްވި ބަޔާނެއްގައި ބުނެފައިވަނީ މިކަމަކީ ކޮވިޑް-19ގެ އަސަރު ފޯރާފައިވާ މީހުންނަށް ސަރުކާރުން އެހީފޯރުވަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމެއް ކަމުގައެވެ. ސަރުކާރުގެ މަސައްކަތުން 11 މާރިޗުގައ...
އައިމިނަތު ޔުމްނާ
ގޭބިސީތަކުން ކުނި އުކާލުމަށް ނެރޭއިރު، މިހާރަށްވުރެ ރަނގަޅަށް ކުނިއަޅާ ކޮތަޅުތައް ބަންދުކޮށްދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން އިލްތިމާސްކޮށްފިއެވެ. ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއެކުވެސް، ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ގަސްތުނުކުރާކަމަށް އެ ކޯރޕަރޭޝަނުން ބުނެފައިވެއެވެ. ވެމްކޯއިން ވިދާޅުވީ، ކުނި ނެގުމަކީ ޒަރޫރީ އާންމު ޚިދުމަތަކަށް ވުމުން، ކޯވިޑް-19ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ މިފަދަ ޙައްސާސް ދަނޑިވަޅ...
އިބްރާހިމް އަސްވާޤް
ސާފުތާހިރުކަން އިސްކޮށް، އިޖްތިމާއީ ގައިދުރުކަން އިސްކުރުމަށް މަޝްހޫރު ދީނީ ޢިލްމް ވެރިޔާ މުފްތީ އިސްމާއިލް މެކް ނަސޭހަތްތެެރިވެ ވަޑައިގެންފިއެވެ. މީސް މީޑިއާ މެދުވެރި ކުރަށްވާ ޢިލްމީ ގިނަ މައުލޫމާތުތައް ގެނެސް ސެއްވާ ސެއިޚް، މުފްތީ މެންކް ވިދާޅުވީ ސާފްތާހިރު ކޮށް އުޅުމަށާއި އިޖްތިމާއީ ގައިދުރުން އިސްކުރުމަށެވެ. މިވަގުތަކީ ރަނގަޅު އަމަލު ކުރުން ގިނަކުރަންޖެހޭ ވަގުތެއްކަމަށް މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ. Practise good hygiene & social distancing. Do what’s right in this current […]
އައިމިނަތު ޔުމްނާ
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއަށް ވުރެ، ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ދަޢުވާ ކުރާ އެމެރިކާގައި މިބަލި ޖެހުނު މީހުންގެ ޢަދަދު އިތުރުވެއްޖެއެވެ. މިބަލި އެމެރިކާއިިން މިހާތަނަށް 81943 މީހުންނަށް ވަނީ ޖެހިފައެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށިކަމަށް ބުނާ މިބަލި މިހާތަނަށް ޗައިނާއިން ޖެހިފައިވަނީ 81285 މީހުންނަށެވެ. އެމެރިކާ އިން މިބަލީގެ ފުރަތަމަ ކޭ...
ޝިއުނާ އާދަމް
ފިލިޕީންސްގައި ތިބި މެޑިސިން ކިޔަވާ 47 ދިވެހި ދަރިވަރަކު މިރޭ ރާއްޖެ އަންނަން ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭގެ ވަގުތެއްގައި ފިލިޕީންސްގައި ތިބި 47 ދިވެހި ދަރިވަރަކު ރާއްޖެ އަންނަން ފުރާނެ ކަމަށެވެ. އެ ކުދިން ގަތަރަށް ގޮސ...
ޝިއުނާ އާދަމް
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެ، ދުނިޔޭން އެބަލި ޖެހުނު މީހުންގެ ޢަދަދު ފަސް ލައްކަ ފަހަނަ އަޅައި ގޮސްފިއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 503219 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 121227 މީހުން ރަނގަޅު ވެފައިވާއިރު، 22340 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ. ކޮވިޑް-19 ބަލި މިހާތަނަށް 503219 މީހުންނަށް ޖެހުނު ކަމަށް މިހާރު […]
ޝިއުނާ އާދަމް
ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 އިން ރަނގަޅުރަނގަޅުވި މީހުންގެ އަދަދު ނުވަޔަކަށް އަރައިފިއެވެ. މި ފަހަރު ރަނގަޅުވެގެން ރިޕޯޓުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒާ އެކު ބައިވެރިވެވަޑައިގެންނެވި ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހަކު މިއަދު އެވައިރަސް އަށް ނެގެޓިވް ވެފައިވާ ކަމަށެވެ. ނަމ...
ޝިއުނާ އާދަމް
ކޮރޯނާ ވައިރަސްގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކޮށްފައިވާ ލޯނުތައް 6 މަހަށް ފަސް ކުރުމަށް އެކޯޕަރޭޝަނުން ނިންމައިފިއެވެ. ކޮވިޑް-19 ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތައް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށް ގެންދަވާ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން އެޗް.ޑީ.އެފްސީ އިން ވަނީ އެކުންފުނީގެ ހައުސިންގ ފައިނޭންސް ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބޭނުންފުޅ...
ޔުމްނާ ޢަލީ
ގްރެއިޓަރ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އަންގާފައި ނުވާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ގްރެއިޓަރ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އަންގާފައި ނުވާނެ ކަމަށެވެ. އޭގެ އިތުރުން އަދި، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނާނ...
ޔުމްނާ ޢަލީ
ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ. މިހާރު އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާ...
ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. ފުލުހުންބުނީ ހަނިމާދޫ ގެއެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މާރިޗު މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެ...
ޝިއުނާ އާދަމް
ކޮވިޑް- 19އާއި ގުޅިގެން އަންނަ ހަފްތާވެސް ސަރުކާރު ބަންދު ކޮށްފައިވާތީ، ބޭންކު ތަކުގެ ޚިދުމަތް ލިބޭނޭ ގޮތް ހެދުމަށް އަންނަ ހަފްތާގައި ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް، މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައަޅާފައިވާ ދުވަސްތަކުގައި އެސްޓީއޯގެ ސެކިއުރިޓީސް ގަނެވިއްކުމުގެ މުއަލާމާތްތައް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނޭ އިންތިޒާމު ހަމަޖައްސައިދީފިއެވެ. އެމްއެމްއޭ އިން ހަމަޖައްސާފައިވަނީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ އޭޕްރިލް މަހުގެ ދެ ވަނަ ދުވަހު މަރުކަޒީ ބޭންކާއި ބޭންކުތަކުން ހިދުމަތްދ...
ޔުމްނާ ޢަލީ
ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހއ. އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިވަންދޫ ކައުންސިލުން ފަށައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމަށް މިއަދު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ. އެގޮތުން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ފ...
ޝިއުނާ އާދަމް
2019 ވަނަ އަހަރު ޑިސެމްބަރުގައި ޗައިނާގެ ވުހާން އިން ނިއުމޯނިއާގެ ބަލިމަޑުކަމެއް ވީނުވީއެއް ނޭނގި ފެތުރެން ފެށިއެވެ. ކަމާބެހޭ ފަރާތް ތަކުން ވަމުން ދާގޮތް ދިރާސާކުރި އިރު ނިއުމޯނިއާއަކީ އަލަށް އުފެދިގެން އުޅޭ ސާރސް-ކޮވް-2 ނަމަަކަށް ކިއާ ވައިރަސް އަކުން ފެތުރޭ ކޮވިޑް-19 ކިއާ ބައްޔެއްކަން އެނގުނެވެ. މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅިދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައާޅާފައިވާ ކޮރޯނާވައިރަސް ޖެހޭ ގިނަބައެއްގެ ކިބައިން ފެންިގެންދަނީ އާދައިގެ ރޯގާއަކުން...
އައިމިނަތު ޔުމްނާ
ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގެ ނަމާދު މެދުކަނޑާލައި ޖަނާޒާގައި 20 މީހުންނަށްވުރެ ގިނައިން ބައިވެރިނުވުމަށާއި ކައިވެނީގެ މަޖިލީސްތަކުގަައި ބައިވެރިވެވޭ މީހުންގެ އަދަދު މަދުކޮށް، ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށް މަލިކުގެ ދަންނަބޭކަލުންގެ ފަރާތުން ހާއްސަ އިއުލާނެއް ނެރެފިއެވެ. މި ކާއްސަ އޭލަނެއް (އިޢުލާން) ގައި ބުނެފައިވަނީ ދުނިޔޭގައި ފެތުރުންނާ ބުރުވެރި ކޯވިޑް 19 ބީމަރިން މަލިކު ސަލާމަތްކުރުމަށްޓަކައި މަލިކުގައި ހުރިހައި އާލިމުން (ދަންނަ ބޭކަލުން) 2020 މާރޗް 26 ތާރީކު ނެގުނު ފަތްސިލާތައް...
ހުސައިން ހަބީބް
ބެޑްމިންޓަން އަންހެން ޑަބަލްސްގެ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި، ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ އައިމިނަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އާއި ފާތިމަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) ފުރަތަމަ ފަހަރަށް ހިމެނިއްޖެއެވެ. މިއީ އޭގެ ކުރިން ނެރުނު ރޭންކިންއާ އަޅާބަލާއިރު 10 ދަރަޖައިގެ ކުރިއެރުމެކެވެ. ހދ. ނޭކުރެންދޫއަށް ނިސްބަޔްވާ މިދެބެއިންގެ ތެރެއިން ނަބާ އިއްޔެ ސޯޝަލް މިޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޭންކިންގައި މި ލިބުނު ކުރިއެރުމާ އެކު އޮލިމްޕިކްސް އަށް ކޮލިފައިވާން ކުރާ މަސައްކަތަށ...
ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ހދ.ހޮޑާފުށީ އައިލޭންޑް ރިސޯޓުގެ މުވައްޒަފަކު ހަނިމާދޫ އަށް ދިޔުމުން ހައްޔަރުކޮށްފިއެވެ. ފުލުހުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ހޮޑާފުށި އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް، ހަނިމާދޫގައި ހުރެފައި އެ ރިސޯޓުގެ މެނޭޖްމެންޓުގެ ހުއްދަ ނެތި ރިސޯޓަށް އަރައި، ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އެނބުރި ހަނިމާދޫ އަށް ދިޔުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ...
ޝިއުނާ އާދަމް
އެސްޓީއޯގެ ޝިޕިން ލައިން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު އިއުލާންކުރައްވައިފި އެވެ. އިއްޔެ ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ވިދާޅުވި ގޮތުގައި، އެމްއެސްއެސް މިހާރު ވަނީ ގާއިމްކުރެވިފަ އެވެ. އަދި އެމްއެސްއެސްގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅަށްފަހު އެސްޓީއޯ އިން ވެސް […]
އަލީ އާދިލް