މާލެ އާއި ރާއްޖޭގެ ރިސޯޓުތަކުގައި ހުކުރު ނަމާއި ފަރުޟު ނަމާދުތައް ޖަމާތުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ އެންގުމުގެ މުއްދަތު 4 އޭޕްރީލްއަށް އިތުރުކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މިއަދު މިނިސްޓްރީ އޮފް ޓޫރިޒަމް، ސިޓީ ކައުންސިލްތައް، އަތޮޅު ކައުންސިލްތައް، ރަށު ކައުންސިލްތައް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެޑްރެސް ކުރައްވާ ފޮނުވި ސާރކިއުލަރއެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖެއިން ފެނިފައ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 6 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 601010 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 133439 މީހުން ރަނގަޅު ވެފައިވާއިރު، 27432 މީހުންވަނީ އެބަލީގައި މަރުވެފައިއެވެ. ކޮވިޑް-19 މިވަގުތަށް ،28 މާރިޗް 2020، ދިވެހިރާއްޖެ ގަޑި 13:35 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ ޢަދަދު: 601010 […]
އަލީ އާދިލް
6 އަހަރު ކުރިން
އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެެ. އެ ޤައުމުގައި އުޅުއްވާ ދިވެހި ޑޮކްޓަރެއްގެ ފޭސް ބުކްގައި ލިޔުއްވާފައިވަނީ އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޑޮކްޓަރު ލިޔުއްވާފައިވާ ގޮތުން ކޮވިޑް-19 އަށް އަނބިކަނބަލުން ޕޮޒިޓިވް ވީ ރޯގާގެ އަލާމާތްތަކެއް ހުރުމުން ޓެސްޓް ހެދުމުންނެވެ. މިހާރު އެ އަލާމާތްތައް ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ލިއުއްވާފައި ވެއެވެ. ޑަކްޓަރުގެ ކިބާގައިވެސް ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި ކަމަށް ވެ އެވެ. […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް، ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ދަޢުވާ ކުރާ އެމެރިކާގައި ޕޮޒިޓިވް ވި މީހުންގެ އަދަދު 1 ލައްކައަށްވުރެ އިތުރުވެއްޖެއެވެ. މިބަލި އެމެރިކާއިިން މިހާތަނަށް 100390 މީހުންނަށް ވަނީ ޖެހިފައެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށިކަމަށް ބުނާ މިބަލި މިހާތަނަށް ޗައިނާއިން ޖެހިފައިވަނީ 81340 މީހުންނަށެވެ. އެމެރިކާ އިން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ކޮވިޑް- 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދަވާ ކަމަށެވެ. އެމީހާ މިހާރު ވަނީ ރިސޯޓުގައި އެކަހެރި ކުރެވިފައި ކަމަށާއި...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ރެސިޑެންސް މޯލްޑިވްސް ދިގުރަށާއި ފިލިތެޔޮ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ދެ ދިވެއްސެއްގެ ފަރާތުން ފެނިގެން ރެސިޑެންސް މޯލްޑިވްސް ދިގުރަށް މޮނީޓާ ކުރަމު...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިން ހިމަނައިގެން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 16 އަށް އަރައިފިއެވެ. ރާއްޖެ އިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިންނަކީ އެބަށްޔަށް ޝައްކުވެގެން އައިލެންޑް ސަފާރީން ކަރަންޓީނު ކުރި ދެ މީހުން ކަމަށް ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވަނީ ވިދާޅުވެފައެވެ. މިއަދު ވަނީ ރާއްޖޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި އިޓަލީ ވިލާތް ހިމެނިއްޖެއެވެ. މިބަލި އިޓަލީއިން މިހާތަނަށް 86493 މީހުންނަށް ވަނީ ޖެހިފައެވެ. އިޓަލީން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 20 ގައިއެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިބަލި، ޗައިނާއިން މިހާތަނަށް ޖެހިފައިވަނީ 81340 މީހުންނަށެވެ. ކުރިން އެންމެ ގިނަ މީހުން […]
އަލީ އާދިލް
6 އަހަރު ކުރިން
ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު، ހާލު ބޮޑުވެ އިތުރު ފަރުވާއަށް އެމްއެންޑީއެފް ނޯތު އޭރިއާގެ އެހީތެރިކަމާއި އެކު މާލެ ގެނައުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިހާރު ދަތުރު ފަށާފައިވާކަމަށެވެ. އެ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ހަމަޖެހިފައިވަނީ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
މަޝްހޫރު އީކޮމާސް ޕްލެޓްފޯމް އަލީބާބާގެ ފައުންޑާ ކަމުގައިވާ ޖެކްމާ، އާއި ޗައިނާގެ ކުންފުނިތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ގެނައުމަށް ފްލައިޓެއް ޗާޓަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވިދާޅުވެއްޖެ އެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީ ޖޮންގު ވިދާޅުވީ ރާއްޖެއަށް ޗައިނާގެ އަމިއްލަ ފަރާތްތަކުން ދީފައިވާ އެހީތައް ނުގެނެވިގެން އުޅެނީ ގައުމުތައް ލޮކްޑައުންކޮށްފައި އޮތުމާއި...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މިހިނގާ މާރިޗް މަހުގެ 25 ވީ ބުދަ ދުވަހު، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ހުންގާނުގައި ހިއްޕަވައިގެން ހުންނެވި، ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއި އެކު ރައްޔިތުންނަށް ވާގޮތެއް ވާންކަމަށެވެ. “އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފި...
ހުސައިން ހަބީބް
6 އަހަރު ކުރިން
ފުޑް ޑޮޓް އެމްވީއަކީ މިއީ މުޅި ރާއްޖޭގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއް ލިސްޓްކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި ރާއްޖޭގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި އެ ތަންތަނުގެ ލޮކޭޝަން، ފައިސާ ދެއްކެން ހުރި އޮޕްޝަންތަކާއި ޑެލިވަރީ ޚިދުމަތް ލިބޭކަން ނުވަތަ ނޫންކަން، އަދި ތަންތަނުގެ ފޯނު ނަންބަރު ފަދަ މުހިންމު މަޢުލޫމާތުގެ އިތުރުން އެތަންތަނުގެ މެނޫ ތަކާއި ލިބެންހުންނަ ބާވަތްތަކާއި އަގާއި ފޮޓޯ ފަދަ މުހިންމު އެތައް މަޢުލޫމާތު ފަސޭހައިން […]
އިބްރާހިމް އަސްވާޤް
6 އަހަރު ކުރިން
ކޮރާނާ ވައިރަސް ޑިޒީޒް (ކޯވިޑް-19) ދިވެއްސަކަށް ޖެހުނު ޚަބަރާއެކު އަޅުގަނޑުގެ ދެ އަތް އުފުލާ ﷲއަށް އިބުތިހާލުވެ މިދަނީ ދުޢާ ދަންނަވަމުންނެވެ. އަޅުގަނޑުމެންގެ އަޚާ/އުޚުތާ އަށް އަވަސް ޝިފާއެއް ދެއްވުން އެދިއެވެ. އޭނާއަށާއި އާއިލާއަށް ހެޔޮ ތަޢުފީޤާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. ފުރިހަމަ ޞިއްޙަތާ ޢާފިޔަތުގައި ލައްވާށިއެވެ. ބަލީގައި ބޮޑުވަރުނުވެ އަވަސް މުއްދަތެއްގައި ބަލިން ނަޖާކުރައްވާށިއެވެ. އަޅުގަނޑުގެ ފުރިހަމަ އުންމީދާއި ޔަޤީންކަން ﷲޢަށް އެބައޮތެވެ. އަޚާ/އުޚުތާ އެވެ. އަޅުގަނޑުމެން އެންމ...
ޢަބްދުﷲ ސަޢީދު
6 އަހަރު ކުރިން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަން ބޮރިސް ވަނީ އެބޭފުޅާގެ ޓްވިޓަރ މެދުވެރިކޮށް އިއުލާން ކުރައްވާފައެވެ. ވީޑިއޯއެއް ހިމަނުއްވާ ކުރި ޓުވީޓުގައި ބުނެފައިވަނީ މިދިޔަ24 ގަޑިއިރުގެ ތެރޭގައި ރޯގާގެ އަސަރު ހުރުމުން ޓެސްޓު ކުރި ކަމަށާއި ނަތީޖާއަކީ ކޮވިޑް19 ޕޮޒިޓިވް ކަމަށް ބުނެފައިވެއެވެ. Over the last 24 hours I have developed mild symptoms and tested positive for coronavirus. I am now self-isolating, but I will continue to lead […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ރާއްޖެ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސެއް ކޮވިޑްއަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. އެމީހަކީ އުމުރުން 38 އަހަރުގެ މީހެއް ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އެ ނޫސްވެރިންގެ ބައްދަލުވު...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ. ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވަ ކަމުގެ މައްސަލަ އެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އާ ގުޅިގެން، މިމަހުގެ 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތަށް […]
އިބްރާހިމް އަސްވާޤް
6 އަހަރު ކުރިން
ކޮވިޑް-19 އާއި ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ދެމުންދާ އެހީތެރިކަމުގެ ތެރެއިން އެކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް ތަޢާރުފުކޮށްފިއެވެ. މި އޮފަރ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުންނާއި، މިއީ މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އެމްސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ އެސްއެމްއީ ލޯނަށް ކުރިމަތިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ރިޕޯޓު ހުށަހެޅޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެސްޑީއެފްސީން ވީހާވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ...
ޝިއުނާ އާދަމް
6 އަހަރު ކުރިން