ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން،
ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ.

Ad
rt

މިހާރު އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތުން ނެގިފައިކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއިން ރޭ ވަނީ ‏ރިޒޯޓުތަކާއި އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކޮށް، ‏ދިވެހިރާއްޖޭގައި ތަޢުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އެންގާފައިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އިތުރު ތިން މީހަކު ރަނގަޅުވެ، ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު އިއްޔެ ވަނީ އަށަކަށް އަރައިފައެވެ. އެހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ.