މެލޭޝިޔާ ގެ ކެބިނެޓް މެންބަރުންގެ ދެމަހުގެ މުސާރަ މެލޭޝިޔާގެ ނެޝަނަލް ކޮވިޑް ފަންޑަށް ހަދިޔާ ކުރެއްވުމަށް ނިންމަވައިފިއެވެ.

މީގެތެރޭގައި ޕްރައިމް މިނިސްޓަރާއި، މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރަ ހިމެނެއެވެ.

Ad
rt

ޕްރައިމް މިނިސްޓަރ ޓޭން ސްރީ މުހިއްދީން ޔައްސީން 26 މާރިޗުގައި ފޭސްބުކްގައި ހިއްސާކުރެއްވި ބަޔާނެއްގައި ބުނެފައިވަނީ މިކަމަކީ ކޮވިޑް-19ގެ އަސަރު ފޯރާފައިވާ މީހުންނަށް ސަރުކާރުން އެހީފޯރުވަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމެއް ކަމުގައެވެ.

ސަރުކާރުގެ މަސައްކަތުން 11 މާރިޗުގައި އުފެއްދި ކޮވިޑް ފަންޑަށް މިފައިސާ ހަދިޔާ ކުރެވޭނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

25 މާރިޗާއި ހަމައަށް ސަރުކާރުން ހަދިޔާކުރި ފައިސާ ހިމަނައިގެން މިފަންޑަށް މިހާތަނަށް 8،493،103.48 ރިންގިޓް ލިބިފައިވެއެވެ. މިނިސްޓަރުން ހަދިޔާކޮށްފައިވާ ވަކިވަރެއް ހާމަކޮށްފައެއް ނުވެއެވެ.

މެލޭ މެއިލްއިން ހާމަކޮށްފައި ވާގޮތުގައި މެލޭޝިއާގެ މިނިސްޓަރެއްގެ ބޭސިކް މުސާރައަކީ މަހަކު 14،907.20 ރިންގިޓެވެ. އަދި ޕްރްއިމްމިނިސްޓަރާއި ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ ބޭސިކް މަހު މުސާރައަކީ 22،826.65 އަދި 18،168.15 ރިންގިޓެވެ.

މިއަދާއި ހަމައަށަ މެލޭޝިޔާގައި 2031 މީހަކުވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މިބަލީގެ ސަބަބުން 24 މީހަކު ފުރާނަ ދޫކުރިއިރު 215 މީހަކުވަނީ މިބަލިން ސަލާމަތް ވެފައެވެ. މެލޭޝިޔާގައި މިބަލި ފެތުރެން ފެށީ ފެބުރުއަރީ މަހުގެ 15 ހިސާބުގައެވެ.