ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ މަސައްކަތުގައި، މި ސަރވިސްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 2020 އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯރސްއެއް ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވާލައްވައިފިއެވެ. މި ޓާސްކް ފޯރސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢު...
އަލީ އާދިލް
ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހދ. ނެއްލައިދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ނެއްލައިދޫ ކައުންސިލުން ފަށައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް ނެއްލައިދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނެއްލައިދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމަށް އިއްޔެ ވަނީ އާންމުކޮށް ހުޅުވާލައިފައެވެ. އެގޮތުން ނެއްލައިދޫ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ފ...
ޝިއުނާ އާދަމް
މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން އިންކަމް ޓެކްސް ނަގަން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިއަދު ފަށައިފި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި އިންކަމް ޓެކްސްގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެ ގާނޫނުގެ ދަށުން، މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ ވައްތަރެއްގެ އާމްދަނީ އަކުން މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަން […]
ޔުމްނާ ޢަލީ
ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ހުރި ދިވެއްސެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓ...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އެޔުނިވަރސިޓީގެ ކުޅުދުއްފުށީ ދަނާލުގައި ތިބި ދަރިވަރުންގެ ފީ ދެމަހަށް މާފުކޮށްދޭން ނިންމައިފި އެވެ. އެމްއެންޔޫގެ މިނިންމުމަކީ، އެ ޔުނިވަރސިޓީގެ ހުރިހާ ދަނާލެއްގައި ތިބި ދަރިވަރުންނަށް ދޭ ލުއި ތަކުގެ ތެރެއިން ދެވުނު ލުޔެކެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީ، މާލެ، ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުންނަ ދަނާލުގައި އުޅޭ ދަރިވަރުންގެ މި މަހާއި އަންނަ މަހުގެ ފީ މާފުކޮށްދޭން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު […]
ޝިއުނާ އާދަމް
މާދަމާ އިން ފެށިގެން މާލޭ ސިޓީ (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ވަކި ވަގުތެއްގައި ފިހާރަތައް ބަންދުކުރުމާއި، ޓޭކްއަވޭގެ ޚިދުމަތް ދޭ ވަގުތާއި، ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ވަގުތަށް ބަދަލުގެނެސް، އެޗްޕީއޭއިން އެނިންމުން އާންމު ކޮށްފިއެވެ. އެކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެ ނިންމުމުގެ ދަށުން ޑައިރ...
ޝިއުނާ އާދަމް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ އަދި ވިލިމާލެ ކުނި ކަހަން 200 މީހުން ހޯދަން އިއްޔެ ކުރި އިއުލާނު ބާތިލުކޮށްފި އެވެ. ވެމްކޯ އިން ބުނީ އެ އިއުލާނު ކެންސަލް ކުރަން ޖެހުނީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އެ ކޯޕަރޭޝަނުގެ މަގާމުތަކަށް މުވައްޒަފުން ނެގުން މިވަގުތަށް މަޑުޖައްސާލަން ނިންމުމުން ކަމަށެވެ. ހަމައެއާ އެކު 200 ވަޒީފާއަށް މީހުން އިންޓަވިއު ކުރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަކަށް ވުމުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން […]
އިބްރާހިމް އަސްވާޤް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ފަޅުތެރޭގައި އޮންނަ ފެންބޯހުރާ އާއި އިންނަފުއްޓަށް ދަތުރުދިއުން ވަގުތީގޮތުން މަކުނުދޫ ކައުންސިލުން މަނާކޮށްފި އެވެ. މަކުނުދޫ ކައުންސިލްގެ އިދާރާއިން ނެރުނު ޚާއްޞަ ދެންނެވުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ އާއި ގުޅިގެން މިވަޤުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ އެއްވެ އުޅުން މަދުކުރުމަށްކަމަށާއި މިގޮތުން މިއަދުން ފެށިގެން އެކައުންސިލުން ވަކި ގޮތެއް އަންގަންދެން ހދ. މަކުނުދޫގެ އިޙްތިޞާސްގެތެރޭގައިވާ ފެންބޯހުރާ އާއި އިންނަފުއްޓަށް ދަތުރު ދިއުމަކީ މަނާކަމ...
އިބްރާހިމް އަސްވާޤް
މާދަމާ އިން ފެށިގެން މާލެ ސިޓީގައި ހަވީރު 5 އިން ރޭގަނޑު 8 ކަށް މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތެއްކަމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުނު ބަޔާނެއްގައި ކަނޑައަޅައިފިއެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގު...
ޔުމްނާ ޢަލީ
ބާދުޝާހު ބޯޓު އިންޖީނު ހުއްޓިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ 25 މީހުނާ އެކު ހދ. ކުޅުދުއްފުށި ސިޓީ އިން ފުރައިގެން މާލެ ދަތުރުކުރި “ބާދުޝާޙް ބޯޓް” ކ.ގާފަރުގެ އުތުރުން 4 މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ މާލެ އޭރިޔާ ކޯސްޓް ގާރޑްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އެބޯއްޓުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެމްއެންޑީއެފްގެ ކޮޅުވެއްޓިއެއްގެ އެހީތެރިކަމާއި އެކު ގާފަރަށް ކައިރި ކުރުމުން އަންނ...
އަލީ އާދިލް
ކޮވިޑް-19 އިގެ އަލާމާތްތައް ފެނިގެން ރާއްޖޭގައި ޑޮކްޓަރަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. އެ ޑޮކްޓަރަކީ ރޯޔަލް އައިލެންޑްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ޑޮކްޓަރެކެވެ. މިކަން ހާމަކުރީ ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ. މަބުރޫކް މިރޭ ވިދާޅުވީ ރޯޔަލް އައިލެންޑްގައި މަސައްކަތް ކުރައްވަމުން ގެންދެވި ބިދޭސީ ޑޮކްޓަރެއްގެ ކިބައިން ކޮވިޑް- 19 ގެ އަލާމާތްތައް ފެނިގެން އޭނާ މިހާރު އެކަހެރި ކޮށްފައިވާ ކަމަށާއި ކޮވިޑް- 19 އަށް އޭނާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމު...
ޖަލްވާން ޖާދުﷲ
އެއް ފުރައިގެ ހުރިހާ ކުދިން ކުރަނީ އެއް ސުވާލެކެވެ. ބޮޑު ޗުއްޓީގައި ރަށަށް އަންނަ މާލޭ މީހުންނަކީ ކޮބައިތޯއެވެ. އެ ސުވާލުގެ ޖަވާބު އަޅުގަނޑަށް ވެސް މުހިންމެވެ. ފެންނަ ކޮންމެ އެކުވެރިޔަކާ ވެސް އެ ސުވާލު ކުރެވެއެވެ. އެކި ކުދިން އެކި ލިސްޓް ކިޔައެވެ. އެ އަޑުތައް އިވިފައި އޭރު އަޅުގަނޑުމެން ވަނީ އަމަށަކު އުފަލެއް ނޫނެވެ. ޓީވީ ބެލޭނެތީއެވެ. މަނަދޫގޭ މީހުން އާދެޔޯލައެވެ. ދޫރިޔާގޭ މީހުންނާއި ރެސްޓިން ހައުސް ޖަޢުފަރުބެގޭ މީހުން ވެސް އާދެއެވެ. އެނބޫދޫގޭ […]
ޢަބްދުﷲ ސަޢީދު
އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން ހައްޔަރުކުރި 6 މީހުން ދޫކޮށްލައިފިކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ. އެމީހުން ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުން ދޫކޮށްލާފައިވަނީ ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު ލިބުމުން ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ. ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފަ...
އަލީ އާދިލް
އަހަރެންގެ ބައްޕަ ދުނިޔެ ދޫކުރެއްވިތާ ގާތްގަނޑަކަށް 5 އަހަރު ފުރުނީއެވެ. ބައްޕަ ނިޔާވި ދުވަހުގެ ކުރީ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އެހެންކަމުން ޙަޔާތުގައި ތަޖުރިބާކުރަން ޖެހުނު އެންމެ އުފާވެރި ދުވަހާއި އެންމެ ހިތާމަވެރި ދުވަސް އަހަންނާ ބައްދަލު ކުރީ ޖެހިޖެހިގެން އައި ދެ ދުވަހުގެ ގޮތުގައެވެ. އޭރު އަހަރެމެން އުޅެމުންދިޔައީ އަހަރެމެންގެ ރަށުގައެވެ. ޢާއިލާގައި ހިމެނޭ 13 ކުދިންނަށް ކާންބޯންދީ އަންނައުނާއި ބޯހިޔާވަހިކަމާއި ޞިއްހީ ފަރުވާއާއި ތަޢުލީމު ހޯދައިދިނުމަށްޓަކައި...
އާދަމް ޝަރީފް
ހއ.ބާރަށުގައި ކޮވިޑް-19 ގެ ޓާސްކު ފޯހުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ޓެންޓަށް ބަޔަކު ގެއްލުންދީފިއެވެ. ފުލުހުން ބުނީ ބާރަށު ބަނދަރު ސަރަހައްދުގައި އެ ރަށު ކައުންސިލް އިދާރާ އިން ހަދާފައިވާ މި ޓެންޓަށް ގެއްލުންދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު 2:15 ހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި އުމުރުން 18، 20 އަދި 21 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މިި މައްސަލަ ފުލުހުން […]
އަލީ އާދިލް
އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.މިކަން މިގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އ...
ޔުމްނާ ޢަލީ
ސިރިއާގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުނާއި އުހުތުންނަށް ފިނިމޫސުމުގައިއެހީވުމަށްޓަކައި ދިވެހިންގެ ފަރާތުން މަސްދަޅު ހަދިޔާކުރުމުގެ ހަރަކާތެއް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ކުރިޔަށް ގެންގޮސްފިއެވެ. އެޖަމިއްޔާއިން ހާކުރި ގޮތުގައި 29 އޮކްޓޫބަރު 2019އިން ފެށިގެން 22 ޑިސެމްބަރު 2019 އަށް ކުރިޔަށް ގެންދިޔަހަރަކާތުން 1800 ކޭސް މަސްދަޅު ހަމަކުރެވިފައިވެއެވެ. މިއީ އެއްކޮންޓެއިނާއެވެ. ދިވެހިންގެ ފަރާތުން ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުންނަށްދޭ މަސްދަޅުގެ މިހަދިޔާބެހުމަށް ހަމަޖެހ...
އިބްރާހިމް އަސްވާޤް
ކޮވިޑް-19 ޖެހިފައިވާ މިޞްރުގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދަނިކޮށް ނިޔާވި ފުރަތަމަ ޑަކްޓަރުގެ މައްޗަށް ކަށުނަމާދު ކޮށްފިއެވެ. ކޮވިޑް-19 ޖެހިފައިވާ މިޞްރުގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދަނިކޮށް ނިޔާވި ފުރަތަމަ ޑަކްޓަރު، ޑރ. އަޙްމަދު އައްލިވާޙްގެ މައްޗަށް ކުރެވުނު ކަށުނަމާދު ކުރެވިފައި ވަނީ މިޞްރުގެ އިސްމާޢިލިއްޔާގައިއެވެ. މިޞްރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޚާލިދު މެގަހެދު ކުރިން ވަނީ މިޞްރުގެ އަޒުހަރު ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ....
ޔުމްނާ ޢަލީ