ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ފަޅުތެރޭގައި އޮންނަ ފެންބޯހުރާ އާއި އިންނަފުއްޓަށް ދަތުރުދިއުން ވަގުތީގޮތުން މަކުނުދޫ ކައުންސިލުން މަނާކޮށްފި އެވެ.

މަކުނުދޫ ކައުންސިލްގެ އިދާރާއިން ނެރުނު ޚާއްޞަ ދެންނެވުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ އާއި ގުޅިގެން މިވަޤުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ އެއްވެ
އުޅުން މަދުކުރުމަށްކަމަށާއި މިގޮތުން މިއަދުން ފެށިގެން އެކައުންސިލުން ވަކި ގޮތެއް އަންގަންދެން ހދ. މަކުނުދޫގެ
އިޙްތިޞާސްގެތެރޭގައިވާ ފެންބޯހުރާ އާއި އިންނަފުއްޓަށް ދަތުރު ދިއުމަކީ މަނާކަމެއްކަމުގައި ދަންނަވާކަމަށެވެ.

Ad
rt

މިދެންނެވުމާ ޚިލާފުވާ ފަރާތްތަކާމެދު ޤަވާޢިދުން ފިޔަވަޅު އެޅޭނެކަމުގައިވެސް އެކައުންސިލްގެ ދެންނެވުމުގައި ބުނެފައިވެއެވެ. މާމަކުނުދޫ ފަޅުތެރޭ އޮންނަ މިދެރަށަކީ އާންމުގޮތެއްގައި މީހުން ދަތުރުގޮސް އުޅޭ ދެރަށެވެ.