އިންޓަރނެޓުގެ ޚިދުމަތުން ލުއިގޮތްތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމެވި ގޮތް އިޢުލާންކޮށްފިއެވެ. އެކަމާއި ގުޅިގެން ރައީސް އޮފީހުން އާންމު ކުރެއްވި ދެންނެވުމެއްގައި ވަނީ ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމ...
ޝިއުނާ އާދަމް
ހުޅުމާލޭގެ ސަފާރީތަކުގައި ތިބި މުވައްޒަފުން ދަނީ ޑިންގީތަކެއްގައި އައިސް ލަކުޑި ފާލަންކައިރީ އިހުތިޖާޖުކުރަން ފަށައިފިއެވެ. އެފަރާތްތަކުން އިހްތިޖާޖް ކުރަމުން ދަނީ 14 ދުވަސް ހަމަވުމުންވެސް ބޯޓު ތަކުން ނުފޭބޭތީކަމަށް ބަޔެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި އިހްތިޖާޖުގައި ގާތްގަނޑަކަށް 40 ޑިންގީ ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ. މި އިހްތިޖާޖާއި ގުޅިގެން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެންބީއޭއެމް)ގެ ފަރާތުން ވަނީ ކޮވިޑް-19 ގެ ކަންތައްތަކާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސ...
އަލީ އާދިލް
ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން، ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ. މި މަހުގެ 17 ވަނަ ދުވަހު އެޗްޕީއޭ އިން ވަނީ ދެ ހަފްތާގެ މުއްދަތަކަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަަކާއި ސިޓީ ހޮޓާތަކަށް މީހުން ގެނައުން މަނާކޮށްފަ އެވެ. އެ މުއްދަތު ހަމަވަނީ މިއަދަށެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިއަދު ނެރުއްވި […]
ޔުމްނާ ޢަލީ
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު 8 ލައްކަ އަށްވުރެ އިތުރު ވެއްޖެއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ އެކި ބައްރު ތަކުން ކޮވިޑް-19 ބަލި މިހާތަނަށް 800،023 މީހުންނަށް ވަނީ ޖެހިފައިއެވެ. އެބަލި ޖެހުނު މީހުން ކުރެ 169،993 މީހުން ރަނގަޅު ވެފައިވާއިރު، އެބަލީގައި 38،748 މީހުންވަނީ މަރުވެފައިއެވެ. ކޮވިޑް-19 ،31 މާރިޗް 2020، ދިވެހިރާއްޖެ ގަޑި، ހަވީރު 16:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ […]
ޝިއުނާ އާދަމް
ކޮރޯނާ ވައިރަސް ފެތުރިގެން އައިއިރު އެންމެ ފުރަތަމަ ވައިރަސްގެ އަސަރު ފޯރި އެއްގައުމަކީ ޖަޕާނެވެ. މިނުރައްކާތެރި ވަބާގެ ސަބަބުން ދުނިޔޭގެ ބާރުގަދަ ގައުމުތައް މިވަނީ ބަނގުރޫޓުވެ އިނދަޖެހިފައެވެ. މިވައިރަސް ގައުމުތަކަށް ފެތެރި ކޮންޓްރޯލް ކުރުމަށްވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުފައެވެ. ޖަޕާނުގައި ތައުލީމު ހާސިލްކުރާ އިންޑިއާ ކުއްޖަކަށް ކުރެވިފައިވާ ތަޖުރިބާގެ ވާހަކަ ކިޔާލުމުން ޖަޕާނަށްވެސް އެވައިރަސްގެ ބިރުވެރިކަން ކުރިމަތިވެފައި ވިޔަސް، ޖަޕާނުގައި މިވައިރަސް ކޮންޓްރޯލް ކުރެވި، ޖަޕާން އ...
އައިމިނަތު ޔުމްނާ
ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ރޭ ބަޔަކު އެއްވީ އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުކަހު އެރަށު މީހަކާއި، މުޚާތަބު ކުރި ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ކަމަށް ފުލުހުން ބުނެފިއެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ 2020 މާރިޗް 30 ވަނަ ދުވަހު ހއ. ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ޒުވާނުން ގެ ތެރެއިން ބަޔަކު އެއްވެ އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުކަހު އެރަށު މީހަކާއި، މުޚާތަބު ކުރި ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ […]
އަލީ އާދިލް
ކޮވިޑް -19 ޖެހޭ ފަރާތް ތަކަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރ އުފެެއްދުމަށް ދުނިޔޭގެ ބޮޑެތި ބައެއް ޓެކްނޮލޮޖީ އަދި ކާރާއި އެއަކްރާފްޓް އުފައްދާ ކުންފުނިތަކުން އެކުގައި މަސައްކަތް ފަށައިފިއެވެ. ރޯލްސްރޮއިސް، އެއަރބަސް އަދި މައިކްރޯސޮފްޓް ކުންފުނި ހިމެނޭގޮތައް 14 ކުންފުންޔެއް މިޓީމުގައި ހިމެނެއެވެ. މިކުންފުނިތަކުން އެކުގައި މަސައްކަތް ކުރަން ނިންމާފައިމިވަނީ ކޮވިޑް-19 ޖެހޭ ޕޭޝަންޓުންނަށް ފަރުވާދިނުމަށް 10،000 ވެންޓިލޭޓަރު އުފެއްދުމަށް ޔޫކޭގެ ސަރުކާރުން ގޮވާލާފައިވާތީއެވެ. ޔޫކޭގައި މިވަގުތު ސިއްހީހިދުމ...
އައިމިނަތު ޔުމްނާ
އިތުރު ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ. އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއްކަމަށް ވަނީ ބުނެފައެވެ. އެ ކަރަންޓީން ފެސިލިޓީގައި ހުރި އެހެން ދިވެއްސަކު ވެސް މިދިޔަ އާދިއްތަ ދުވަހު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި...
އިބްރާހިމް އަސްވާޤް
ށ. ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ. އެކަން ހާމަކޮށްފައިވަނީ ކޮމަންޑޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައިއެވެ. https://www.facebook.com/309200189532246/posts/905488889903370/ ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29،...
ޝިއުނާ އާދަމް
ރިސޯޓު ތަކާއި، ސަފާރީތަކުން އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކުރުމަށް، އެޗްޕީއޭއިން އާންމުކޮށްފައިވާ އެންގުން އިސްލާޙުކޮށް އަލުން އާންމު ކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެ ނިންމުމުގެ ދަށުން ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި މަތިކޮށްފައިވާ ބާރުގެ ދަށުން ރޭ އާންމު ކުރި އެންގުން އާންމު ކުރި ވަގުތުން ފެށިގެން ވަކި […]
ޔުމްނާ ޢަލީ
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ތިންވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި ސްޕޭން ހިމެނިއްޖެއެވެ. މިބަލި އެ ޤައުމުން މިހާތަނަށް 87956 މީހުންނަށް ވަނީ ޖެހިފައެވެ. އިއްޔެ އެކަނިވެސް މިބަލީގައި ސްޕޭނުން 913 މީހުން މިބަލީގައި ވަނީ މަރުވެފައިއެވެ. އެ ޤައުމުން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއެވެ. އެދުވަހު ވަނީ އެ ޤައުމުން 2 މީހުންނަށް މިބަލި ޖެހިއްޖެކަން ރިޕޯޓް ކޮށްފައިއެވެ. […]
އަލީ އާދިލް
ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ އެބޭންކުން ފަސްކޮށްދީފިއެވެ. އެބޭންކުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ފަރުދުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވ...
އިބްރާހިމް އަސްވާޤް
ރަށާއި ރަށުން ބޭރުގައި ދިރިއުޅޭ ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި މުސާރައަށް ބަދަލު ގެންނަ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހދ. ވައިކަރަދޫ ކައުންސިލް އިން ފަށައިފި އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ބައެއް ރިސޯޓްތަކުންނާއި އަމިއްލަ އެކިއެކި ކުންފުނިތަކުން ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުންނާމެދު އަމަލުކުރަމުންދާކަމުގެ ޚަބަރުތައް ފެތުރެމުންދާތީ، އެފަދަ ފިޔަވަޅުތައް އެޅިފައިވާ ވައިކަރަދޫ ރައްޔިތުންގެ މަޢުލޫ...
ޖަލްވާން ޖާދުﷲ
ރާއްޖޭގެ އިންޓަނެޓްގެ ޚިދުމަތައް ގެންނަ ބަދަލުތައް މިފެށޭ އޭޕްރީލް 1 އިން ފެށިގެން ފެންނާނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަނެޓްގެ އަގުތަކާގުޅޭގޮތުން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކާއެކު ކުރަންޖެހޭ މަޝްވަރާތައް މިހާރު ކޮށް ނިމިފައިވާކަމަށެވެ. އަދި މިފެށ...
އަލީ އާދިލް
ކޮވިޑް-19 އާއި ގުޅިގެން ތިލަދުންމަތީ އުތުރުބުރީ (ހއ) އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފިއެވެ. އުލިގަމު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާއިގުޅިގެން ރަށު ފެންވަރުގައި މަސައްކަތް ތަކެއް ކުރެވެމުން ދާކަމަށެވެ. އެގޮތުން ހޯމް އައިސޮލޭޝަން (ގޭގައި އެކަހެރިވެހުރުން) ނުވަތަ ހޯމް ކަރަންޓީން ކުރަންޖެހިއްޖެ ހާލަތެއްގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު ވިއްކަން ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ކާޑު އެޖެންޓް މިތުރު ކޮމްޕެނީން ނިންމައިފިއެވެ. ކޮވިޑް-19 އާ ގުޅިގެން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމުގައި ހުރި ދަތިތަކާ ހެދި ކުޅުދުއްފުށީގައި ކާޑުގެ ބާވަތްތައް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާފައިވަނީ ކާޑުގެ ބާވަތްތައް ވިއްކަން ފަށާފައިމިވަނީ ކާޑު ބޭނުންވާ ހުރިހާ ފަރާތްތަކަށް ކާޑު ހުސްނުވެ ފޯރުކޮށްދިނުމަށްށެވެ. މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު […]
އަލީ އާދިލް
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް އެރުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހަކަށް ދައުވާކޮށްފި އެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ހިލާފުވި މީހަކަށް ދައުވާ ކޮށ...
އަލީ އާދިލް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ އަދި ވިލިމާލެ ކުނި ކަހަން 200 މީހުން ހޯދަން އިއުލާނުކޮށްފި އެވެ. ވެމްކޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ވަޒީފާއަށް ބޭނުން ވަނީ، މަސައްކަތަށް ޝައުގުވެރިކަން ހުރި ގާބިލު މީހުން ކަމަށެވެ. ވެމްކޯ އިން އިއުލާނުކޮށްފައި ވަނީ މާލެ މަގުތައް ކުނި ކަހާނެ 150 މީހުންނާއި، ވިލިމާލެ މަގުތައް ކުނި ކަހަން 50 މީހުންނެވެ. ވަޒީފާގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި […]
ޝިއުނާ އާދަމް