މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1955 ވަނަ ޞަފްޙާ

ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސައިދޭން އުތީމުންވެސް އެދިއްޖެ

ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސައިދޭން އުތީމުންވެސް އެދިއްޖެ

ޖަމާއަތުގައި ނަމާދު ކުރެވޭ ރަށެއް ގޮތުގައި ހއ. އުތީމު ހަމަޖައްސައި ދިނުމަށް އުތީމު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ސޮއިކުރަށްވައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައެވެ. އެ ސިޓީގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން ނިސްޓްރީ […]

ޝިއުނާ އާދަމް
ކޯވިޑް-19: ބަލިން ރަނގަޅުވި މީހުންގެ އަދަދު 109 އަށް

ކޯވިޑް-19: ބަލިން ރަނގަޅުވި މީހުންގެ އަދަދު 109 އަށް

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން އިތުރު 5 މީހުން ރަނގަޅުވެ، ރާއްޖެއިން މިހާރު މިބަލިން ޖުމްލަ 109 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާޙީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރަނގަޅުވެފައި ތިބި މީހުންތެރޭގައި 63 ދިވެހިން ހިމެނޭ ކަމަށެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ 23 މީހަކުވެސް […]

ޔުމްނާ ޢަލީ
ފިތުރު ޢީދު ދުވަހަކީ އާދީއްތަ ދުވަސް

ފިތުރު ޢީދު ދުވަހަކީ އާދީއްތަ ދުވަސް

މާދަމާ އަކީ މި ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މި އަހަރުގެ ފިތުރު އީދަކީ އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ. މިރޭ ކުރިއަށް ދިޔަ 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާއި ބެހޭ ރަސްމީ ބައްދަލުވުމުގައި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ބަޔާން އިއްވަވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ހަނދާ ބެހޭ ބަޔާން އިއްވަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު […]

ޝިއުނާ އާދަމް
ކޯވިޑް-19: ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 1274 އަށް

ކޯވިޑް-19: ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 1274 އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 58 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1274 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދުގެ މިރޭ 7:00 އާއި ހަމައަށް އިތުރު 58 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 58 މީހުން ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި ބަންގްލަދޭޝްގެ 39 މީހުންނާއި، އަދި އިންޑިއާ މީހެއް ކަމަށެވެ. ރާއްޖޭން […]

ޝިއުނާ އާދަމް
ޑޮކްޓަރަށް ނުދެއްކިގެން ކުއްޖަކު މަރުވި ވާހަކަ އޭޑީކޭއިން ދޮގުކޮށްފި

ޑޮކްޓަރަށް ނުދެއްކިގެން ކުއްޖަކު މަރުވި ވާހަކަ އޭޑީކޭއިން ދޮގުކޮށްފި

އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ ހަތަރު މަހުގެ ތުއްތު ކުއްޖަކު ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހިގެން މަރުވި ކަމަށް ރޭ ފެތުރު ވާހަކަ އޭޑީކޭ ހޮސްޕިޓަލުން ދޮގުކޮށް، ކަން ހިނގި ގޮތް ހާމަ ކުރުމަށް ނޫސް ބަޔާނެއް ނެރެފިއެވެ. އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ 21 މެއި 2020 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށް ޢުމުރުން 4 މަހުގެ ތުއްތުކުއްޖަކު ނިޔާވެފައި ވާކަމަށެވެ. މި ތުއްތު […]

ޝިއުނާ އާދަމް
ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭ ރަށެއްގެ ގޮތުގައި އުލިގަމު ކަނޑައަޅައިދޭން އެދިއްޖެ

ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭ ރަށެއްގެ ގޮތުގައި އުލިގަމު ކަނޑައަޅައިދޭން އެދިއްޖެ

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަށް ލުއިދިނުމުގެ ގޮތުން، ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަބަންދު ކޮށްފައިވާ ނުވަތަ މޮނިޓަރިންގ ހާލަތަށް ލާފައި ނެތް ރަށްތަކުގެ ތެރެއިން އަތޮޅު ތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަ ދިން ރަށްތަކުގެ ތެރޭ ހިމެނިފައި ނުވާ ހއ. އުލިގަމު، ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އުލިގަމު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުލިގަމު ކައުންސ...

ޔުމްނާ ޢަލީ

ޙަޤީޤީ ހާދިސާ: މަނަދޫ މީހަކާ ދިމާވި މޫމިނު ޖިންނި

މަނަދޫގައި ހުރި އެންމެ ދުވަސްވީ ތާރީޚީ ތަރިކައެއްގެ ގޮތުގައި މިހާރު ފެންނަންހުރީ ރަށުގެ ދެކުނު ފަރާތުގައި އޮތް “މާމިސްކިތްދޮށް” ކިޔާ ސަރަހައްދެވެ. އެތަނުގައި މަނަދޫ މާމިސްކަތުގެ ފާރުގަނޑުން ބަޔަކާއި އެ މިސްކިތުގެ ވެވާއި ބޮޑު މަހާނަ ފަލެއް އެބައޮތެވެ. އެ ސަރަޙައްދު ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭ އާސާރީ ތަންތަނުގެ ތެރޭގައި ލިސްޓު ކުރައްވާފައެވެ. މި ހާދިސާއަކީ މި ދެންނެވި މާމިސްކިތާ ގުޅިފައިވާ ހާދިސާއެކެވެ. ދުވަސްވަރަކީ މަނަދޫ މާމިސްކިތު...

ޢަބްދުﷲ ސަޢީދު
ފަލަކީ ހިސާބުން ދައްކާ ގޮތުން، ފިތުރު އީދު ވާނީ 24 ވާ އާދީއްތައަށް: ރައީސް މައުމޫން

ފަލަކީ ހިސާބުން ދައްކާ ގޮތުން، ފިތުރު އީދު ވާނީ 24 ވާ އާދީއްތައަށް: ރައީސް މައުމޫން

މިމަހުގެ އަށްވަނަ ދުވަހު ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވާގޮތުން މިހިނގާ ރަމަޟާން މަސްވެސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށްވާތީ ފިތުރު އީދު ވާނީ 24 ވާ އާދީއްތަ ދުވަސް ކަމުގައި ބުނެފައިވެއެވެ. މިލިއުމުގައި އިތުރަށް އެމަނިކުފާނު ބުނެފައިވަނީ ހިޖްރީ މަހެއް 30 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 29 އަށް ކަމަށް އަދި ހިޖްރީ މަހެއް 29 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 30 ކަމަށް […]

ޝިއުނާ އާދަމް
ތޫފާން އަމްޕަންއާ ގުޅިގެން މިނިސްޓަރ ޝާހިދު ހަމްދަރުދީގެ މެސެޖެއް!

ތޫފާން އަމްޕަންއާ ގުޅިގެން މިނިސްޓަރ ޝާހިދު ހަމްދަރުދީގެ މެސެޖެއް!

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަމްޕަންއާއި ގުޅިގެން، ތޫފާނުގެ އަސަރުކޮށްފައިވާ ބަންގްލަދޭޝްއާއި އިންޑިއާއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ހަމްދަރުދީގެ މެސެޖްތައް މިނިސްޓަރ ޝާހިދު ފޮނުއްވާފައިވަނީ ވަކިވަކިން، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭ.ކޭ އަބްދުލް މޮމެން އާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށެވެ. އިންޑިއާގެ އިރުމައްޗާއި، ބަންގްލަދޭޝްގެ އައްސޭރިފަށަށް ތޫފާން އަމްޕަން އެރުމާ ގުޅިގެން އެސަރަހައ...

ޖަލްވާން ޖާދުﷲ
ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. މަރާއި ގާތްކުރާ ވަގުތުކޮޅެކެވެ.

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. މަރާއި ގާތްކުރާ ވަގުތުކޮޅެކެވެ.

ވަގުތަކީ ވަރަށް އަގުހުރި އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެން ނެތިގެންދާ  ވަރަށް އަގުހުރި ވަގުތުކޮޅެކެވެ. މަރާއި ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ.  يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا […]

އަޙްމަދު ޢާޞިމް އަބްދުﷲ
ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މަރޮށީގައި

ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މަރޮށީގައި

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ކ.ޝ.ޢ) މަރޮށީ ޙުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނު ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އުފަން ރަށުގައި ކުރަން ނިންމައިފިއެވެ. ށ. މަރޮށީ ކައުންސިލުން ބުނީ ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ ޢިޝާ ނަމާދަށް ފަހު މަރޮށީ ހުކުރު މިސްކިތުގައި ކަމަށާއި މި ނަމާދުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ދެއްވުން އެދޭކަމަށް އެކައުންސިލުން ބުނެއެވެ. މީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި މީހެއްގެ މައްޗަށް ބޮޑު ޖަމާއަތެއްގައި ކުރެވޭ ފުރަތަމަ […]

ޝިއުނާ އާދަމް
މިސްކިތުގެ ޖަމާއަތް ނުހުޅުވާ ރަށްރަށުގެ ލިސްޓްގައި އުތުރުގެ 21 ރަށެއް

މިސްކިތުގެ ޖަމާއަތް ނުހުޅުވާ ރަށްރަށުގެ ލިސްޓްގައި އުތުރުގެ 21 ރަށެއް

ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތް މިއަދު ހުކުރު ނަމާދުން ފެށިގެން ހުޅުވާލަން ނިންމާފައިވާއިރު މިސްކިތްތަކުގެ ޖަމާއަތް ނުހުޅުވާ 25 ރަށެއް ހިމަނައި އިސްލާމިކް މިނިސްޓްރީން އެކަން ކައުންސިލްތަކަށް އެންގި ލިއުމުގައި އުތުރުގެ 20 ރަށެއް ވަނީ ހިމެނިފައެވެ. މިސްކިތުގެ ޖަމާއަތް ނުހުޅުވާނެ 25 ރަށެއް ހިމަނާފައިވާ ސަކިއުލަރ ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީން ފޮނުވީ މިރޭ މެންދަމުގެ ވަގުތެއްގައެވެ. އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ސޮއިކުރައްވާ ނެރުނު ސަރކިއުލަރގައި ބުނެފައިވަނީ މިމަހުގެ 21 ވަނަ...

އިބްރާހިމް އަސްވާޤް
ތިލަދުންމަތި ދެބައި ކުރެވުނީ 21 މޭ 1958ގައި! 62 އަހަރު!

ތިލަދުންމަތި ދެބައި ކުރެވުނީ 21 މޭ 1958ގައި! 62 އަހަރު!

ދިވެހި ރާއްޖޭގައި ގުދުރަތީގޮތުން ވަނީ ސައްބީސް އަތޮޅެވެ.  ރާއްޖޭގެ ޖޯގުރަފިކަލް އަތޮޅުތައް ސިޔާސީގޮތުން އެކި ޒަމާނުގައި އެކި ޢަދަދަށް ބައިކުރެވެމުން ދިޔައީ، އެޒަމާނަކާއި ގުޅޭ ގޮތުން ވެރިކަން ހިންގަން ފަސޭހަ ކުރުމުގެ ގޮތުންނެވެ. ވެރިކަން ހިންގުމުގެ ގޮތުން (އިދާރީ ގޮތުން) ބަލާއިރު އެންމެ އިހުޒަމާނުގައި ދިވެހި ރާއްޖޭގައި އޮތީ 13 އަތޮޅެވެ. އެއީ ތިލަދުންމަތި، މިލަދުންމަޑުލު، ފާދިއްޕޮޅު، މާޅޮސްމަޑުލު، މާލެ އަތޮޅު، އަރި އަތޮޅު، ފެލިދެ އަތޮޅު، މުލަކު އަތޮޅު، ނިލަންފެ އަތޮޅު، ކޮޅުމަޑުލު، ހައްދުންމަތި، ހު...

ޙުސައިން ޘަޤީފް
މޫސުން ގޯސްވެ ތިލަދުންމަތިން މ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ ތިލަދުންމަތިން މ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދަމު 01:00 އިން ފެށިގެން ފަތިހު 05:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ގަޑިއަކު 25 މޭލާއި 30މޭލާ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި

ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި

ހދ. ކުޅުދުއްފުށީ ކައުންސިލުން އެ ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި ކަމަށް އެކައުންސިލުން ބުނެފިއެވެ. މިރޭ އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ ނެތް ރަށް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމަށް ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ. ޖަމާއަތަށް ދިއުމުގައި މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ ލަފަޔަށް ބޯލެބުމަށް އިލް...

ޔުމްނާ ޢަލީ
އައިއޭސީގެ ލޯތްބާއިއެކު 2020 އަށް ބޮޑު ކާމިޔާބީއެއް!

އައިއޭސީގެ ލޯތްބާއިއެކު 2020 އަށް ބޮޑު ކާމިޔާބީއެއް!

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދާ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރްޙީބެއް ލިބިއްޖެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ މުސީބާތުގެ ދަނޑިވަޅުގައިވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭން ޒަރިއްޔާއިން ދައްކުވައިދީފިއެވެ. އެގޮތުން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ލިބިފައިވެއެވެ. މިއަހަރުގެ ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކުރިޔަށް ގެންދަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެވެ...

އިބްރާހިމް އަސްވާޤް
ފުރަބަންދު ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން މިސްކިތައް ހުޅުވާލަނީ

ފުރަބަންދު ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން މިސްކިތައް ހުޅުވާލަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަބަންދުގެ ހާލަތު ކަނޑައަޅާފައި ނުވާ ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު އަޙުމަދު ޒާހިރު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާފައި ބައެއް ކަންކަން ސަރުކާރުން ލުއި ކުރަން ނިންމާފައި ވާތީ އެވާހަކަ ހިއްސާކޮށްލަން ބޭނުން ވާ ކަމަށެވެ....

ޝިއުނާ އާދަމް
ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ

ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ އައި ކޮޅިގަނޑެއްގެ ވައިގައި، ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކޮޅިގަނޑު އައީ ރޭ 10:30 ހާއިރުކަމަށް ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވިއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސްއަކީ ހަރަތު ކޮޓަރީގެ ގެސްޓު ހައުސްއެކެވެ. އެ ގެސްޓުހައުސް މިހާރު […]

ޔުމްނާ ޢަލީ