ހދ. ކުޅުދުއްފުށީ ކައުންސިލުން އެ ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި ކަމަށް އެކައުންސިލުން ބުނެފިއެވެ.

މިރޭ އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ ނެތް ރަށް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމަށް ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ.

Ad
rt

ޖަމާއަތަށް ދިއުމުގައި މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ ލަފަޔަށް ބޯލެބުމަށް އިލްތިމާސް ކުރަމެވެ. ކާފިއު ނިމުނު ކަމުގައިވިޔަސް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އަމަލު ކުރަމުންދާ އުސޫލަށް ބަދަލެއް ނާންނާނެކަން މަޢުލޫމާތަށްޓަކައި ދަންނަވާފައިވެއެވެ.

މީގެ އިތުރުން ޕާކުތަކާއި، ކުޅިވަރު ކުޅޭ ތަންތަން އަދި އާންމު ސަރަހައްދުތައް ވެސް ވަކި ގޮތެއް އަންގަންދެން ބަންދު ކުރެވިފައިއޮތް އޮތުން ދެމި އޮންނާނެކަމަށާއި ކާފިއުއަށް ނިމުން ގެނައި ކަމުގައިވިޔަސް އިޖުތިމާއީ ގައިދުރުކަން ހިފެހެއްޓުމަށާއި ސާފުތާހިރުކަމަށް
މިކަމަށް ހާއްސަ ސަމާލު ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ކައުންސިލުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކުޅުދުއްފުށީ ކައުންސިލުން އެސިޓީގައި އެންމެ ފުރަތަމަ ކާފިއު ހިނގާފައިވަނީ އޭފްރީލް މަހުގެ21 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެކިފަހަރު މަތިން ވަނީ މުއްދަތު އިތުރުކޮށް ދިގުދަންމާލާފައެވެ.