މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދަމު 01:00 އިން ފެށިގެން ފަތިހު 05:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ.
ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ގަޑިއަކު 25 މޭލާއި 30މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އަދި ވިލާ ގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން ވެސް އެކަށީގެން ވާކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައި ވެއެވެ.
Yellow Alert from Haa Alif Atoll to Meemu atoll pic.twitter.com/l2Sr7eGmtF
— Maldives Meteorology (@MetMaldives) May 21, 2020
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށް މެޓް އޮފީހުން އެދިލައްވައެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކިރަށްރަށަށް އަންނަނީ އެކި ވަރުގެ ގެއްލުންތައް ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!