ސުނާމީ އާއި ގްލޯބަލް ފައިނޭޝަލް ކްރައިސިސްއަށްވުރެ މިފަހަރުގެ ގެއްލުން ރާއްޖެއަށް ބޮޑުވާނެ: ޢަލީ ވަޙީދު
ސުނާމީ އާއި ގްލޯބަލް ފައިނޭޝަލް ކްރައިސިސްއަށްވުރެ މިފަހަރުގެ ގެއްލުން ރާއްޖެއަށް ބޮޑުވާނެކަމުން ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކޮމަންވެލްތުގެ އެހީތެރިކަން ބޭނުންވާނެކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމާއި، ދަރަނި އަދި ކާރިސީ ހިރާސް ބެލެހެއްޓުމާއި ގުޅޭގޮތުން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރިޔާސަތު ބެލެހެއްޓެވި، އަދި މާލްޓާގެ ކުރީގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވި ސެމިނަރގައި ވާހަކަދައްކަވަމުނ...