ށ. މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޖަމާއަތީ ފެތުރުމެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް މިލަންދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ.

މިގޮތުން އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް 37 ސާމްޕަލެއް ވަނީ ނަގާފައެވެ.

Ad
rt

އެ ސިއްޙީ މަރުކަޒުން ބުނީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް، ކޮންމެހެން ގެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގަ ނޫނީ އަދިވެސް ނުނިކުތުމަށް އެދޭކަމަށާއި، ގެއިން ބޭރަށް ދާނަމަ ފޭސްމާސްކު ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެއަތޮޅު ނަރުދޫ ބޯޓުން ދަތުރުކުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އޭޕްރިލް މަހުގެ 28 ވަނަ ދުވަހެވެ. އެމީހާ ޕޮޒިޓިވްވި އިރު އަމާޒު އަމާޒު ބޯޓުގެ ކެޕްޓަންވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައިއެވެ. މީގެ އިތުރުން އަމާޒު ބޯޓުގެ ކެޕްޓަނާއި ގުޅުން ހުރި އިތުރު ދިހަ މީހުން ނަރުދޫން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިއެވެ.

މިލަންދޫން މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމުން އެމީހާއާއި ސީދާ ބައްދަލުވި މީހުން ކޯވިޑަށް ޓެސްޓުކޮށްފައިވާއިރު އެ އެންމެންގެ ސާމްޕަލްތައްވެސް ވަނީ ނެގެޓިވް ވެފައެވެ.

އެޗްޕީއޭއިން ވަނީ 25 އޭޕްރިލް 2020 ގައި އެރަށް މޮނިޓަރިންގއަށް ލުމަށްފަހު، 13 މެއި 2020 ގައި އެރަށް ވަނީ މޮނިޓަރިންގ ހާލަތުން ނަގާފައެވެ.