ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އީ ސްޓޯރުގެ ހިދުމަތާއި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަންނަ މަހުގެ އެކަކުން ފެށިގެން އަލުން ފަށަން ނިންމައިފިައެވެ.
ކޮވިޑާ ގުޅިގެން އެސްޓީއޯގެ ސުޕަމާޓުންދެމުން އައި ހިދުމަތް އޮންލައިންކޮށް އީ ސްޓޯރު މެދުވެރިކޮށް ދޭންފެށިއެވެ. ނަމަވެސް މަސައްކަތުގައި އުޅޭ މުވައްޒަފުންތަކެއް ބައްޔަށް ޕޮޒިޓިވް ވުމުން އެސްޓީއޯ އިން ވަނީ އީސްޓޯރުގެ ހިދުމަތް ހަމައެކަނި ހޯލް ސޭލަރުންނަށް ދޭން ނިންމައިފައެވެ.
އެސްޓީއޯގެ ޑެލިވަރީ އޯޑަރުތައް ބާރުބޮޑުވެ ސިފައިންވެސް ވަނީީ ޑެލިވަރީގެ މަސައްކަތުގައު އެހީވެފައެވެ. ފަސް ހާހަށްވުރެ ގިނަ އޯޑަރު އެސްޓީއޯ އީސްޓޯރުން ނަގާފައިވާއިރު، ފަހުން ހިދުމަތް ދީފައިވަނީ ދުވާލަކު 300 އޯޑަރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!