ދެއްކެން ސަދަގާތް ނުކުރޭ: ޚުތުބާ
ދެއްކުންތެރިކަމަށް ސަދަގާތް ކުރުމަކީ އަޒާބު ލިބެނިވި ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ސަދަގާތް ކުރުމުގެ އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުން ކަމަށާއި، އިހްލާސްތެރި ނޫންކޮށް، ކުރާ ސަދަގާތަކީ ބާތިލު ސަދަގާތެއް ކަމަށެވެ. އެގޮތުން އިހުލާސްތެރިކަމެއް ނެތި ރަން ފަރުބަދައެއް ސަދަގާތް ކުރިއަސް އެއީ އަގެއް ހުރި ސަދަގާތެއް ނޫން ކަމަށް ބުނެފައިވެއެވެ. “މުސްލިމް އަހުންނޭވެ. ސަދަގާތް ކުރުމުގައި އިހްލާސްތެރިވާށެވެ. އެހެނީ އިހްލާސްތެރިވުމަކީ ކޮ...