ރާއްޖޭގައި ބާއްވާ ފުރަތަމަ އޮންލައިން ނައިޓް މާކެޓް ގައި ބައިވެރިވުމުގެ ފުރުސަތު ސަޕްލައި ޑޮޓް އެމްވީން ހުޅުވާލައިފިއެވެ. ހަމަ މިއާއެކު ސަޕްލަޔަރުންނާއި ރިސޯޓުތައް ފަދަ ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަ އޮންލައިން އެކްސްޕޯއެއް ބޭއްވުމަށްވެސް އެފަރާތުން މިހާރު ތައްޔާރުވަމުން އަންނަކަމަށް ހާމަކުރެއެވެ.
ކޯވިޑް 19ގެ ބިރުވެރިކަމުގެ ތެރޭގައި މުޅިދުނިޔެވެސް އޮންލައިން ޓްރޭޑިންގ އަށް އިސްކަންދީފައިވާ މިދަނޑިވަޅުގައި މިފަދަ ނައިޓްމާކެޓަކާއި އެކްސްޕޯއެއް ވެގެންދާނީ ރާއްޖެއަށް މުޅިން އައު ކަމަކަށް ނަމަވެސް މިއީ ވިޔަފާރީގެ މުސްތަޤްބަލް ކަމުގައި ދެކޭކަމަށް އެފަރާތުން ހާމަކުރެއެވެ.
މިދަނޑިވަޅުގައި ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ އަޅުގަނޑުމެންގެ މި އޮންލައިން ޕްލެޓްފޯމަކީ އެންމެގިނަ ސަޕްލަޔަރުންގެ މުދާ އެއްތާކުން ފެންނާނެ، ރާއްޖޭގައި އޮތް މިފަދަ ހަމައެކަނި ޕްލެޓްފޯމްކަމެވެ.
ރާއްޖޭގައި މިހާތަނަށް އަދި ނެތް މިފަދަ ބީޓުބީ ޕްލެޓް ފޯމެއް. ވިޔަފާރިތަކާއި ވިޔަފާރިތަށް ގުޅުވާލަދޭ. މުޅިންވެސް މި ހުންނަނީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދޭ ޕްލެޓްފޯމްތަށް. މިސާލަކަށް ބަލަނީ ނަމަ އަޅުގަނޑުމެން ދިވެހިންނަށް އެންމެ ފަރިތަ އަލީބާބާ އާއި އަލީ އެކްސްޕްރެސް. އަޅުގަނޑުމެން މީ އަލީބާބާގެ މޮޑެލް ދެން ރާއްޖޭގައި މިހުރި އެހެން އޮންލައިން ޕްލެޓްފޯމް ތަކަކީ އަލީ އެކްސްޕްރެސް މޮޑެލް
ސަޕްލައި ޑޮޓް އެމްވީގެ ސީއީއޯ ރާއިދް ޝާޒް ވަލީދު ވިދާޅުވިއެވެ.

އޮންލައިން ޕްލެޓްފޯމް ބޭނުންކުރައްވާ ފަރާތްތަކަށް މިފަދަ ކަމެއް މިގެނެސްދެނީ މި ޕްލެޓްފޯމަށް ސަތޭކައަށްވުރެ ގިނަ ދިވެހި ސަޕްލަޔަރުން ގުޅިވަޑައިގެންނެވި ކަމުގެ އުފާވެރި ޚަބަރާއިވެސް އެކުގައިކަމަށާއި އެގޮތުން ސަތޭކައަށް ވުރެ ގިނަ ސަޕްލަޔަރުންގެ ހަސަތޭކައަށްވުރެ ގިނަ ބްރޭންޑުގެ ތިންހާސް ފަސްސަތޭކައަށްވުރެގިނަ ޕްރޮޑަކް އެ ޕްލެޓްފޯމްގައި މިހާރު ފީޗަރ ކުރެވިފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ.

" އަޅުގަނޑުމެން 100 ދިވެހި ސަޕްލަޔަރުންގެ ޓާގެޓް ހަމަކޮށް މިހާރު އަޅުގަނޑުމެން އަމާޒު ހިފާފައި މިހުރީ ބޭރުގެ ސަޕްލަޔަރުންވެސް އަޅުގަނޑުމެންގެ ވެބްސައިޓްގައި ފީޗަރ ކުރުމަށް. މިކަމަށްޓަކައި މިހާރުވެސް ދިހަވަރަކަށް ގައުމެއްގެ ފަންސާހަށް ވުރެގިނަ ސަޕްލަޔަރުން އެބޭފުޅުންގެ ޕްރޮޑަކްޓްތައް މި ޕްލެޓްފޯމްގައި ފީޗަރ ކުރަން ޝަޢުޤުވެރިކަން ވަނީ ފާޅުކޮށްފަ. މިހާރު ކުރިއަށް މިދަނީ އެ ބޭފުޅުންގެ ރިކުއަރމެންޓަށް އަޅުގަނޑުމެން ސައިޑުން ކުރަންޖެހޭ ބައެއް މަސައްކަތްތައް."
ސަޕްލައި ޑޮޓް އެމްވީގެ ސީއީއޯ ރާއިދް ޝާޒް ވަލީދު ވިދާޅުވިއެވެ.
ކޯވިޑް 19 އާއި ގުޅިގެން ޢިއުލާންކޮށްފައި ވާ ކުއްލިހާލަތަށް ލުއިގެންނެވުމަށް ސަރުކާރުން ވިސްނަވާ މިފަދަ ދަނޑިވަޅެއްގައި، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެ ޓީމުން މިގެނެސްދޭ އޮންލައިން އެކްސްޕޯގެ ބޭނުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިތަކުން އެންމެ ރަނގަޅުގޮތުގައި ހިއްޕެވުމަކީ އެ ޓީމުގެ ވަރަށްބޮޑު އެދުމެކަމަށަ ބުނެފައިވެއެވެ.
މި އެކްސްޕޯގެ ބައިވެރިންނަށް " ވަރޗުއަލް ރިއަލިޓީ ސްޕޭސް" އެއްގައި އެފަރާތްތަކުގެ ސްޓޯލް ހިންގުމުގެ ފުރުސަތު އެފަރާތުން ފަހިކޮށްދޭނެއެވެ. މިއީ ވީއާރް ބޭނުންކޮށްގެން ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ އެކްސްޕޯއަށް ހެދުމަކީ އެ ޓީމުގެ އަމާޒެވެ.
އޮންލައިން ނައިޓް މާކެޓާއި އެކްސްޕޯ ބާއްވާނެ ތާރީހް، އެކަމަށްޓަކައި ބާއްވާ ރަސްމިއްޔާތެއްގައި އިޢުލާނުކުރެވޭނެ ކަމަށާއި އެކްސްޕޯ އާއި ނައިޓްމާކެޓްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް މިކަމުގެ އިތުރު މަޢުލޫމާތު www.supply.mv އިން ލިބިވަޑައިގަންނަވާނެ ކަމަށް އެފަރާތުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!