މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1937 ވަނަ ޞަފްޙާ

އުތުރުގެ ފެރީ ދަތުރުތައް މާދަމާ އަލުން ފަށަނީ

އުތުރުގެ ފެރީ ދަތުރުތައް މާދަމާ އަލުން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން ހުއްޓާލާފައިއޮތް ހއ. އަދި އދ އަތޮޅުގެ ޒޯން 1ގެ ފެރީގެ ޚިދުމަތް މާދަމާ އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ. އުތުރުގެ ރަށްރަށުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ފަރާތުން ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގެ ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް މީހުންނާއި މުދާ (ލައިޓް ކާގޯ) އުފުލޭގޮތަށް ކުރިއަށް ދާނެކަމަށެވެ. މިވަގުތު ދަތުރު ކުރާނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ފެރީގެ ދެބައިކޮށް އެއްބައި ކެޕޭސިޓީއަށްކަމަށް ވާތީ ކައުންސިލްތަކުން މިކަމަށް އެހީތެރިވ...

އިބްރާހިމް އަސްވާޤް
ފިލި މައްސަލައިގައި ވަކީލެއް ހޯދުމަށް ލުތުފީއަށް 10 ދުވަސް ދީފި

ފިލި މައްސަލައިގައި ވަކީލެއް ހޯދުމަށް ލުތުފީއަށް 10 ދުވަސް ދީފި

ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގެ ތަހުގީގުގައި ދިފާއީ ވަކީލެއް ހޯދަން 10 ދުވަހުގެ މުއްދަތެއް އޭނާއަށް ކްރިމިނަލް ކޯޓުން ދީފި އެވެ. ވަކީލެއް ހޯދުމުގެ ފުރުސަތު ލުތުފީއަށް ދީފައިވަނީ މިއަދު ކުރިއަށް ގެންދިޔަ އޮންލައިން އަޑުއެހުމުގައިއެވެ. އެއަޑުއެހުމުގައި ލުތުފީ ބައިވެރިވީ މާފުށީ ކޯޓުގައި ހުރެގެންނެވެ. ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ލުތުފީގެ މައްޗަ...

ޔުމްނާ ޢަލީ
ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި

ހއ. އަތޮޅު ހޮސްޕިޓަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ސްޕޮންސަރ ކޮށްފި އެވެ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން މއިަދު ބުނެފައިވަނީ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދޭ ޖޫސް ޕެކެޓް ސްޕޮންސާރ ކުރިކަމުގެ ލިޔުން ހއ. އަތޮޅު ހޮސްޕިޓަލް އަށް ހަވާލުކޮށްފައިވާނެކަމަށެވެ. އެ ކުލަބުގެ ރައީސް ނަޝްވާން އިބްރާހިމް މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ލޭ ހަދިޔާ ކުރާ […]

އިބްރާހިމް އަސްވާޤް
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އަމީނާ ޢައްޔަން ކުރައްވައިފި

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އަމީނާ ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް، ހައްދުންމަތީ ކުނަހަންދޫ ހަނދުވަރީގެ، އާމިނަތު އަމީނާ މިއަދު ޢައްޔަންކުރައްވައިފިއެވެ. އަމީނާ މި މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، އާމިނަތު އަމީނާ މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޖާރނަލިޒަމް އެންޑް މީޑިއާ...

އިބްރާހިމް އަސްވާޤް
ފުރަބަންދު ނިމެނީ! ކިތައް ފުޅި ކޮފީ ހުސްވެއްޖެތަ؟

ފުރަބަންދު ނިމެނީ! ކިތައް ފުޅި ކޮފީ ހުސްވެއްޖެތަ؟

މުޅިދިރިއުޅުން ލޮކްވެގެން ތިބޭތާ މިހާރު ދެމަހާއި ގާތް ވަނީއެވެ. އެއް ހަފްތާއިން އަނެއް ހަފްތާއަށް ދަނީ ލުއި ވަމުންނެއެވެ. މި ހިސާބަށް އާދެވުނު އިރު ކަންމަތީ ފިހާރަތަކުން ފުދޭވަރަކަށް ޑެލިވެރީ ހިދުމަތަށް އެދެވިއްޖެއެވެ. އެއީ ހައްތަހާވެސް ރައްކާތެރިކަން ލިބިގަތުމަށެއެވެ. ބޭރަށް ނުގޮސް ފުއްދާލެވޭތޯއެވެ. ހޯދި ޑެލިވަރީ ހިދުމަތުގައި އެންމެ ގިނައިން ގެއަށް އެތެރެ ކުރެވުނީ ފެނާއި ކޮފީއެވެ. މިއީ ބައެއް މީހުންގެ ލިސްޓް ކުރީގައި އުޅޭ ބާވަތެވެ. ބައެއް އަންހެން ވެރިންގެ ޑެލިވެރި ލިސްޓްގައި ކުރި ހޯދާފައިވަނީ...

އަލީ އިބްރާހިމް
އަސްލަމްއަށް މަގާމުގެ ފަތްކޮޅު ދެއްވައި އަލުން ހުވާކުރައްވައިފި

އަސްލަމްއަށް މަގާމުގެ ފަތްކޮޅު ދެއްވައި އަލުން ހުވާކުރައްވައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު އަސްލަމް އިސްކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވައިފިއެވެ. އަލްފާޟިލް މުޙައްމަދު އަސްލަމް މަގާމުގެ ހުވާކުރެއްވުމާއި، އެމަނިކުފަނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ. 11 ޖޫން 20120 ވަނަދުވަހ...

އަލީ އާދިލް
އައްޑޫ ހޮސްޕިޓަލުގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

އައްޑޫ ހޮސްޕިޓަލުގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓޭއްގައި ބުނެފައިވަނީ މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށާއި ކޯވިޑް-19 ވައިރަސް ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް މިހާރު އެ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. މިއީ މާލެއިން ބޭރުގައި...

ޔުމްނާ ޢަލީ
ރައީސް ވަހީދު އާއި އަނބިކަނބަލުންނަށް ހުތުރު އެއްޗެހި ގޮވި މައްސަލަ ބަލަން ފަށައިފި

ރައީސް ވަހީދު އާއި އަނބިކަނބަލުންނަށް ހުތުރު އެއްޗެހި ގޮވި މައްސަލަ ބަލަން ފަށައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް ހަމަލާދީ ހުތުރު އެއްޗެހި ގޮވި މައްސަލަ ފުލުހުން ބަލަންފަށައިފި އެވެ. މިއަދު ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަނބިކަނބަލުންނާއެކު ހެނދުނުގެ ކަސްރަތަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް އުސްފަސްގަނޑު ސަރަހައްދުން ދިމާކޮށް ހުތުރު އެއްޗެހި ގޮވީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށެވެ. އަދި އެހުތުރު މަންޒަރު، އެތަނަށް ކަސްރަތު ކުރަން ގޮސް ތިބި އެހެން ރައްޔިތުންނަށް ވެސް ފެނިފައިވާ ކަމަށާއި، މިއަމަލު ކުށްވެރި ކުރާ ކަމަށް ވެސް ކުރީގެ...

ޔުމްނާ ޢަލީ
ގޭގައި ފޫހިވަނީތަ؟ ގަސް އިންދުން އެއީ ސަޅިކަމެއް!

ގޭގައި ފޫހިވަނީތަ؟ ގަސް އިންދުން އެއީ ސަޅިކަމެއް!

ކޯވިޑް19 ގެ ބަލިމަޑުކަމުގެ ބިރު ރާއްޖޭގެ ރައްޔިތުންނާއި ހިސާބަށް ފޯރުމާއިއެކު، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގައި ފުރަބަންދު އިއުލާންކުރިއެވެ. އެހާ ހިސާބުން ވަޒީފާ ތަކުގައި އުޅޭ ފަރާތްތަކުގެ މަސައްކަތްތައް ގޭގައި ކުރާ ގޮތައް ބަދަލު ކުރެވުނެވެ. ތަޢުލީމް ހާސިލް ކުރަމުން ދިޔަ ކުދިންގެ ކިޔެވުން ދުވަސްކޮޅަކަށް މަދުޖެހިލުމަށްފަހު އެކަންވެސް ގޭގައި ތިބެ އޮންލައިންކޮށް ކުރެވޭނެ ގޮތް ފަހިވެގެން ދިޔައެވެ. މިއާއި އެކު އާއިލާގެ އެންމެން އެއްތަންވެ އެކުގައި ދުވަސްތައް ހޭދަކޮށްލާން ވަގުތ...

އަޙްމަދު ވަހީދު
ކޯވިޑް-19: ޗައިނާއިން 57 މީހަކު ޕޮޒިޓިވްވެ، ބަލި ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެ

ކޯވިޑް-19: ޗައިނާއިން 57 މީހަކު ޕޮޒިޓިވްވެ، ބަލި ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެ

ކޯވިޑް-19 ފެތުރެން ފެށި ޗައިނާގައި އެބަލި ކޮންޓްރޯލް ކުރެވިފައިވާކަމަށް ނިންމައި، އާންމު ހާލަތުގައި ވަނިކޮށް އިއްޔެ 57 މީހަކު އަލަށް އެ ބައްޔަށް ޕޮޒިޓިވްވެ، އަލުން ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެއެވެ. ޗައިނާގެ މެއިން ލޭންޑުން ހޮނިހިރު ދުވަހު އަލަށް 57 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށް އެ ޤައުމުގެ ސިއްހީ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން 38 ކޭހަކީ ލޯކަލް ޓްރާންސްމިޝަން ކަމަށްވެސް އެ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މި 38 ކޭހުގެ ތެރެއިން 36 މީހުން […]

އަލީ އާދިލް
ނިއުނޯމަލްގައި ހަފުތާއަކު ކިޔަވައިދޭނީ 4 ދުވަހު، ދުވާލަކު 4 ގަޑިއިރު!

ނިއުނޯމަލްގައި ހަފުތާއަކު ކިޔަވައިދޭނީ 4 ދުވަހު، ދުވާލަކު 4 ގަޑިއިރު!

ނިއު ނޯމަލްގައި ސްކޫލްތަކުން ކިޔަވައިދޭނީ ހަފުތާއަކު 04 ދުވަހު، ދުވާލަކު 04 ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ . އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބުނުހާ އަވަހަކަށް ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަށްވަމުން އަންނަ ކަމަށެވެ. އެ ސާކިއުލާގައި އެމިނިސްޓްރީން ބުނީ ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ކުރިން ކިޔަވައިދެމުންދިޔަ ގޮތާ ތަފާތުކޮށް ކަމަށާއި މިއީ ދަރިވަރުންނާއި ޓީޗ...

ޝިއުނާ އާދަމް
ކާޑުތަކުގެ މައުލޫމާތު ލީކުވެފައި ވަނީ ބޭންކަކުން ނޫން: ބީއެމްއެލް

ކާޑުތަކުގެ މައުލޫމާތު ލީކުވެފައި ވަނީ ބޭންކަކުން ނޫން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މަޢުލޫމާތު ލީކުވެފައި ނުވާކަމަށް އެ ބޭންކުން ރޭ ބުނެފިއެވެ. ބީއެމްއެލްއިން މިގޮތަށް ބުނީ އެބޭންކުގެ ކަސްޓަމަރުންތަކެއްގެ ކާޑުގެ މައުލޫމާތު “ޑާކްވެބު”ގައި ލީކުވެފައިވާ ކަމަށް ބުނެ ގިނަ ބައެއް މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބޭންކުން ރޭ ނެރުނު ބަޔާނެއްގައިއެވެ. ނަމަވެސް އެބަޔާނުގައި ކާޑުތަކެއްގެ މައުލޫމާތު ހާމަވެފައިވެދާނެކަމަށް ބީއެމްއެލްގެ ކާޑު ޕާރޓްނަރަކު މިދިޔަ ބުރާސްފަތިދުވަހު އަންގާފައިވާ ކަމަށާއި، މ...

ޔުމްނާ ޢަލީ
މެމްބަރު ޖީހާން ގަމުގައި އުޅުއްވާކަމަށް މާރކްސް ދެވުނީ އޮޅިގެން؟

މެމްބަރު ޖީހާން ގަމުގައި އުޅުއްވާކަމަށް މާރކްސް ދެވުނީ އޮޅިގެން؟

ޅ. ހިންނަވަަރަށް ނިސްބަތްވެ ވަޑައިގަންނަވާ، ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު ޖީހާން މަހްމޫދަށް ލ. ގަމުން ގޯއްޗެއް ލިބުނު ވާހަކަ މީޑިއާތަކުގެ ސުރުހީތަކަށް އައުމާއި އެކު ގިނަ ބަޔެއްގެ ފާޑުކިޔުން މެމްބަރު ޖީހާންއަށް އަމާޒުވެގެން ދިޔައެވެ. އަދި ފާޑުކިޔުން އިތުރަށް އަމާޒުވީ މާލޭގައި ދިރިއުޅުއްވާ މެމްބަރު ޖީހާން އަށް ލ. ގަމުގައި އުޅޭތީ ލިބޭ 10 މާރކްސް ލިބި ގޯތި ލިބުމުގެ ޝަރުތު ހަމަވީމައެވެ. އެހެންކަމުން މިހާރު ބެލެވޭ ގޮތުގައި މެމްބަރު ޖީހާންއަށް ގަމުން ގޯތި ލިބުނީ […]

އަލީ އާދިލް
އެސްޓީއޯއިން އެންއީއޯސީއަށް ސިއްހީ ސާމާނު ހަދިޔާ ކޮށްފި

އެސްޓީއޯއިން އެންއީއޯސީއަށް ސިއްހީ ސާމާނު ހަދިޔާ ކޮށްފި

ސްޓޭޓް ޑްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ)އަށް ބޭނުންވާ ޕީޕީއީ އާއި އެހެނިހެން ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ. އެސްޓީއޯއިން ބުނީ، ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޕީޕީއީ ކިޓުތަކާއި، މާސްކާއި، އެހެނިހެން ސާމާނު އެންއީއޯސީއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ހަދިޔާކުރި ސިއްހީ ސާމާނުގެ ތެރޭގައި 4800 މާސްކާއި، ޕީޕީއީ ކިޓުތަކުގެ އިތުރުން، އިންފްރާރެޑް ތަމޯމީޓާ ގަންއާއި، ގޮގްލްއާއި، ސާޖިކަ...

ޔުމްނާ ޢަލީ
ދޮޅު މަސް ވަންދެން ވެމްކޯއިން ކުނި ނަގާނީ އިމާރާތުގެ ތިރިން

ދޮޅު މަސް ވަންދެން ވެމްކޯއިން ކުނި ނަގާނީ އިމާރާތުގެ ތިރިން

އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވެސް ވެމްކޯއިން ކުނި ނަގަމުންދާނީ، މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް، އިމާރާތްތަކުގެ ގްރައުންޑް ފްލޯއިން ކަމަށް އެ ކޯޕަރޭޝަން އިން ބުނެފިއެވެ. ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދު ބަންދުކުރުމަށް އެޗްޕީއޭ އިން 15 އޭޕްރިލް ވަނަ ދުވަހު ނިންމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވެމްކޯއިން ވަނީ ގޭބީސީ ތަކުން އުފެދޭ ކުނި ނެގުމުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފާއިތުވި ހަފްތާތަކުގައި، ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު […]

އިބްރާހިމް އަސްވާޤް
ފަޅުރަށަކަށް ދަތުރު ދިޔަ އަންހެނަކު ހޭނެތިގެން އެމްއެންޑީއެފުން އެހީތެރިވެއްޖެ

ފަޅުރަށަކަށް ދަތުރު ދިޔަ އަންހެނަކު ހޭނެތިގެން އެމްއެންޑީއެފުން އެހީތެރިވެއްޖެ

ދ. އަތޮޅު ފަޅުރަށެއް ކަމަށްވާ ވައްލަޅޮހިއަށްް ދަތުރުގޮސް އުޅުނު އަންހެނަކު ހޭނެތިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު، އިތުރު ފަރުވާއަށް އެ އަތޮޅު ކުޑަހުވަދޫއަށް ގެންގޮސްދީފިއެވެ. އެމްއެންޑީއެފުން ބުނީ އެ އަންހެން މީހާ ހޭނެތިފައިވަނީ ދަތުރު ދިޔަ ދޯނީގެ ތެރެއަށް ކަމަށެވެ. އަންހެން މީހާ ހޭނެތިފައިވަނީ މިއަދު ހަވީރު އައި ކޮޅިގަނޑުގައި ކަނޑުގަދަވުމާ ގުޅިގެން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް އެ ދޯނިން މަޢުލޫމާތު ދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ....

ޝިއުނާ އާދަމް
11 އަހަރުގެ ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފި

11 އަހަރުގެ ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފި

11 އަހަރުގެ ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. އެގާރަ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރިކަމަށް ފުލުހުން ބުނެފައިވަނީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ (38އ)  އެވެ. އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، 2020 ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖޫން 1...

އަލީ އާދިލް
ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލު، އެމްޕީ ވަހީދު ހޯއްދަވައިފި

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލު، އެމްޕީ ވަހީދު ހޯއްދަވައިފި

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫ ދާއިރާ ގެ މެންބަރ ޢަބްދުﷲ ވަޙީދު ހއ. ދިއްދޫގެ ބައެއް ޒުވާނުންގެ ޚިޔާލު ހޯއްދަވައިފިއެވެ. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމާ ބެހޭ ބިލާއި އެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫގެ ބައެއް ޒުވާނުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއެކު ރޭ އަބްދުﷲ ވަހީދުވަނީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ބައްދަލުކުއްރަވާފައެވެ. މި ބައްދަލު ކުރެއްވުމާއި ބެހޭގޮތުން ވަހީދު […]

އިބްރާހިމް އަސްވާޤް