ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫ ދާއިރާ ގެ މެންބަރ ޢަބްދުﷲ ވަޙީދު ހއ. ދިއްދޫގެ ބައެއް ޒުވާނުންގެ ޚިޔާލު ހޯއްދަވައިފިއެވެ.
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމާ ބެހޭ ބިލާއި އެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫގެ ބައެއް ޒުވާނުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއެކު ރޭ އަބްދުﷲ ވަހީދުވަނީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ބައްދަލުކުއްރަވާފައެވެ.
މި ބައްދަލު ކުރެއްވުމާއި ބެހޭގޮތުން ވަހީދު ބުނެފައިވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، ވަރަށް އެކުވެރި މާހައުލެއްގައި ޚިޔާލު ބަދަލުކޮށްލެވުނުކަމަށެވެ.
މި ޤާނޫނު އިޞްލާޙުވެގެންދާއިރު، އެ ކަންބޮޑުވުންތަކާއި ދާއިރާގެ ރައްޔިތުންގެ ޚިޔާލުތަކަށް ރިޢާޔަތްކުރެވިގެން، އެކަންތައްތަކަށް ޙައްލު ހޯދައިދެވިގެން އެކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑު މަސައްކަތްކޮށްދޭނެ ކަމުގެ ޔަޤީންކަން ދިއްދޫގެ ހުރިހާ ރައްޔިތުންނަށް އަރުވަމެވެ.
މިބައްދަލު ވުމަށްފަހު ދިއްދޫ ދާއިރާ ގެ މެންބަރ ޢަބްދުﷲ ވަޙީދު ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!