ހައްޤުތައް ގެއްލިފައިވާ އެތައްބަޔަކު އެބަތިބި، މިސަރުކާރުގައިވެސް އިންސާފު ޤާއިމްވެގެން ދާތަން އަދި ނުފެނޭ: ރާޢީ
ހައްޤުތައް ގެއްލިފައިވާ އެތައްބަޔަކު އެބަތިބި، މިސަރުކާރުގައިވެސް އިންސާފު ޤާއިމްވެގެން ދާތަން އަދި ނުފެންނަކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ އަބަދުވެސް އުއްމީދުކޮށްގެން މި ތިބެނީ އިންސާފު ލިބޭނެ ދުވަހަކަށް ކަމަށާއި އެހެންނަމަވެސް ފުރިހަމަގޮތުގައި އިންސ...