އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 4،525 މީހަކަށް ޖުމްލަ 18.1 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފިކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

mbs%20259x409.gifފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 18.1 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ "އިންކަމް ސަޕޯޓް އެލަވެންސް" ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

Ad
rt

އެގޮތުން، 1 މާޗު 2020 ގައި އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށް ލިބޭނެ އެވެ. މީގެ ތެރޭގައި ވަޒީފާގެ ޕްރޮބޭޝަންގައި ތިބި ފަރާތްތަކާއި، އަދި ވަގުތީ ވަޒީފާގައި ތިބި ފަރާތްތަކުގެ ހަމައެކަނި ވަޒީފާ ކަމަށް ވާންޖެހެ އެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއިން ވަކޮކޮށް ނުވަތަ އަސަރުކޮށްފައިވާ ފަރާތްތަކުން ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރުމަށް އެދިފަ އެވެ.