ހައްޖު ދުވަހާ އަލްހާ އީދު ދުވަހު ހިދުމަތްދޭ ވަގުތުތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ 1441 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަދި އަލްހާ އީދު ދުވަހު އެ ކޯޕަރޭޝަންގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތައް ބަދަލުގެނެސްފައިވާ ކަމަށެވެ.

Ad
rt

އީދު ދުވަހާއި ހައްޖު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

މާލޭ: މެންދުރު 14:00 ން މެންދަމު 00:00 އަށް
ހުޅުމާލެ: މެންދުރު 14:00 ން މެންދަމު 00:00 އަށް
ވިލިމާލެ: މެންދުރު 14:00 ން ރޭގަނޑު 22:00 އަށް
ތިލަފުށި ޑިސްޕޯސަލް ސައިޓް: މެންދުރު 14:00 ން ރޭގަނޑު 21:30 އަށް
އައްޑޫ ސިޓީ. ގުޅިފައިވާ ރަށްތައް: މެންދުރު 14:00 ން ރޭގަނޑު 21:30 އަށް
ހުޅުމީދޫ: މެންދުރު 14:00 ން ހަވީރު 16:00 އަށް
ފުވައްމުލަކު ސިޓީ: މެންދުރު 14:00 ން ހަވީރު 16:00 އަށް

ކޯވިޑް-19 އާ ގުޅިގެން ފުރަބަންދުގައިި އޮތުމަށްފަހު ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިން ލުއިތަކާ ގުޅިގެން ވެމްކޯއިން ބުނެފައިވަނީ ވެމްކޯއިން ކުނި އުކާލާ ސައިޓްތަކުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ދޭން ފަށާފައިވާ ކަމަށެވެ.

ލޮކްޑައުންތެރޭގައި ކުރިން ވެމްކޯގެ ސައިޓްތަކުން ހިދުމަތް ދެމުން އައިސްފައިވަނީ ހާއްސަ ހުއްދަ އޮންނަ އުޅަނދުތަކަށް ސައިޓްތަކަށް ވަދެ ކުނި އުކާލެވޭ ގޮތަށެވެ.

ނަމަވެސް މިމަހު އެއް ވަނަ ދުވަހުން ފެށިގެން އެކުންފުނިން ގެނެސްފައިވާ ބަދަލާއެކު މާލެ ހުޅުމާލޭގެ ވެމްކޯ ސައިޓަށްގޮސް ހެނދުނު 08:00 އިން ރޭގަނޑު 00:00 އާއި ހަމައަށް ހާއްސަ ހުއްދައަކާއި ނުލާ ކުނި އުކާލެވޭނެއެވެ. އަދި ވިލިމާލޭ ސައިޓަށް ހެނދުނު 08:00 އިން ރޭގަނޑު 10 އަށް ކުނި އުކޭނެއެވެ. އެހެން ސައިޓުތައް ވަނީ އާންމުކޮށް ކުރިން އޮންނަ އުސޫލުން ހުޅުވާލާފަ އެވެ.

ނަމަވެސް އީދު ދުވަހާއި ހައްޖު ދުވަހުގެ ކުނި އުކާލެވޭ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.