އެއްދުވަހުގެ ރޯދައިން 2 އަހަރުދުވަހު ކުރެވިފައިވާ ފާފަތައް ފުހެވެން ބޭނުން ހެއްޔެވެ؟

ޙައްޖު މަހުގެ ފުރަތަމަ ދިހަދުވަހަކީ އަހަރުގެ ދުވަސްތަކުގެ ތެރެއިން މާތް ﷲ ގެ ޙަޒުރަތުގައި އެންމެ ލޮބުވެތި ދުވަސްތަކެވެ. އަދި އެންމެ ހެޔޮކަންބޮޑު ޢަމަލުތަކަކީ އެދުވަސްތަކުގައި ކުރާ ހެޔޮޢަމަލުތަކެވެ.

Ad
rt

އެދުވަސްތަކުގެ ތެރެއިންވެސް ޙައްޖު މަހުގެ ނުވަވަނަ ދުވަސް (ޙައްޖުދުވަސް) އާއި، ދިހަވަނަދުވަހުގެ މާތްކަމާއި މަތިވެރިކަންބޮޑެވެ. ޢަރަފާތު ދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަނަތެކެވެ. ޙައްޖުދުވަހު މާތް ﷲގެ ޙަޒުރަތުން ސަވާބާ ދަރުމައެދިގެން ރޯދަހިފާމީހާ އަށް ފާއިތުވެދިޔަ އަހަރާއި، އަންނަންއޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވަވާނެކަމަށް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

އަދި މާތްވެގެންވާ ޙައްޖުދުވަހުގެ ސަވާބު ޙާޞިލްކުރުމަށް ރޯދަހިފުމުގެ އިތުރުން، ޤުރުއާންކިޔެވުމާއި، ޒިކުރު – ތަސްބީޙަ ކިޔުމާއި، ޞަދަޤާތްދިނުމާއި، މައިންބަފައިންނަށް ހެޔޮކޮންހިތުމާއި، ގާތްތިމާގެކަމުގެ ގުޅުންދެމެހެއްޓުމާއި، ފަގީރުންނާއި، ނިކަމެތީންނަށް އަޅާލާ އެހީތެރިވުންފަދަ ހުރިހާ ޞާލިޙު ޢަމަލުތަކެއްކުރުން މޮޅުއިތުރުވެގެންވެއެވެ.

ޙައްޖުމަހުގެ މިމަތިވެރިވެގެންވާ ދުވަސްތަކުގައި ކުރާ ހެޔޮޢަމަލުތައް އިތުރުވުމުން ސަވާބާއި ދަރުމައިގެ އިތުރުވެެގެންވެއެވެ. މިފުރުޞަތުގެބޭހުން ހެޔޮގޮތުގައި ހިފާށެވެ. މިއީ އަހަރަކު އެއްފަހަރު ލިބޭފުރުޞަތެކެވެ.

ލިއުނީ: އަލްއުސްތާޒާ އާއިޝާ ޚަލީލާ އަބްދުއްސައްތާރު