ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ފަތިހު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމު...
ޔުމްނާ ޢަލީ
މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ 1.6 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން، ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުން ނުވަތަ ވުޤޫފްގެ އަޅުކަން މިއަދު ނިންމުމަށްފަހު މުޒްދަލިފާ އަށް ދާންފަށައިފިއެވެ. އިރުއެރުމާއެކު މިނާގެ ފޭލިގެ ސިޓީން ޢަރަފާތް ބިމަށް ޙައްޖުވެރިން ޖަމާވާން ފަށާފައިވަނީ ތަލްބިޔާގެ މަތިވެރި އަޑުން މުޅި ސަރަހައްދު ގުގުމާލަމުންނެވެ. ޢަރަފާތް ބިމުގައި ހުންނަ މަސްޖިދު ނަމިރާގައި މިއަހަރުގެ ޢަރަފާތް ޚުޠުބާ ދެއްވީ މަސްޖިދުއް ނަބަވީގެ އިމާމ...
ނާޒިމާ އަލީ
އިންސާނާގެ ދިރިއުޅުމުގެ މަޤްޞަދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމެވެ. މި ދަތުރުގައި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތަކީ ތަޤުވާވެރިކަމެވެ. 1447 ވަނަ އަހަރުގެ ޢަރަފާތް ދުވަހު، މަސްޖިދުއް ނަމިރާގައި ފަޟީލަތުއްޝައިޚް ޢަލީ އަލްޙުޛައިފީ ދެއްވި ޚުޠުބާގައިވެސް އެންމެ ބޮޑަށް ބާރުއެޅުއްވީ މި މުހިންމު އަސާސުގެ މައްޗަށެވެ. ތަޤުވާވެރިކަމަކީ ހަމައެކަނި ހިތުގެ އިޙްސާސެއް ނޫނެވެ. އެއީ ޢަމަލީ ގޮތުން ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެ...
ޔުމްނާ ޢަލީ
ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް ކުރިއަށްގެންދާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ. އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، އަޟްޙާ ޢީދަކީ މާތްﷲ ވަރަށް މުހިއްމު ޢިބްރަތްތަކަކާއި ޙިކުމަތްތަކެއް އެކަމުގައި ލައްވާފައިވާ ޢީދެއް ކަމަށެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތް އެއް ސަފަކަށް ތަރުތީބުކޮ...
ޝިއުނާ އާދަމް
ދިވެހި އެހެން ހާޖީން ޢަރަފާތް ބިމަށް ދިޔައިރު، މިނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުގެ ސަބަބުން ނުދެވުނު ހާޖީވެސް ޢަރަފާތަށް ގެންގޮސްފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އޭނާ ޢަރަފާތަށް ގެންގޮސްފައިވާ ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ. މިހާރު ދިވެހި ހުރިހާ ހާޖީން ޢަރަފާތް ބިމުގައިތިބިއިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ. ”ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެންމެހައި ދިވެހި ޙާޖީންގެ ޙާލު ރަނގަޅު. މިހާރު އެންމެހަ...
ޔުމްނާ ޢަލީ
އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތް ބިމަށް ވަދެފައިވާކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަތިހު ވިދާޅުވެއްޖެއެވެ. ޝަހީމް ވިދާޅުވިގޮތުގައި އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތަށް ވަދެފައެވެ. އަދި އެހާޖީ މިވަގުތު އޮތީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިކަމަށާއި، ނަމަވެސް އެ ޙާޖީ ވެސް ޢަރަފާތް ބިމަށް ގެންދެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ”އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަ...
ޝިއުނާ އާދަމް
މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ހުރިހާ ބާވަތްތަކެއް އައްޑޫ އިން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އައްޑޫ ސިޓީ ހިތަދޫގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވައިފިއެވެ. ހިތަދޫ އައިސް ޕްލާންޓް ކައިރީގައި ހުރި މި ފިހާރަ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުއެވެ. މި ފިހާރައަކީ ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ހުޅުވި މިފްކޯގެ ފުރަތަމަ ފިހާރައެވެ. ހޯމަ ދުވަހުގެ ރެއިން […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާންގެ ގައުމީ ޓީމު ކޭމްޕް ކުރާނީ އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިހުއާނާގައި ކަމަށް ބައިނަލްއަގުވާމީ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އިން ކަށަވަރުކޮށްދީފިއެވެ. ފީފާއިން ހޯމަ ދުވަހު އާންމުކުރި ފައިނަލް ލިސްޓުގައިވާ ގޮތުން، އީރާންގެ ޓީމު ބޭސް ކޭމްޕް ކުރާނީ ޓިހުއާނާގައި ހުންނަ ސެންޓްރޯ އެކްސްއޮލޮއިޓްޒްކުއިންޓްލޭ ގައެވެ. މި ނިންމުން ނިންމާފައިވަނީ އީރާންގެ ޓީމު މެކްސިކޯގައި މަޑުކުރުމުގެ ހުއްދަ ދިނުމަށް އެ ގައުމުގެ ސަރ...
ނާޒިމާ އަލީ
އީރާނުގެ ބަންދަރު އައްބާސްގައި ހުރި އަސްކަރީ މަރުކަޒުތަކަކަށް އެމެރިކާއިން ހަމަލާދީފިއެވެ. މި ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ކުރިމަތިވި “ކުޑަ ހުރަހެއް” ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކޮށްފައިވާއިރު، މި ހަމަލާތަކާއެކުވެސް، ވޮޝިންޓަނާއި ތެހެރާނުން މަސައްކަތް ކުރަމުންދަނީ މިހާރު ކުރިއަށްދާ ތާރީޚީ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، ބަންދަރު އައްބާސްގައި ހުރި ސ...
ޔުމްނާ ޢަލީ
މިއަހަރުގެ ޙައްޖު މޫސުމުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ޢަރަފާތް ދުވަހުގެ ޚުޠުބާ ދެއްވުމަށާއި، އަޟްޙާ ޢީދު ނަމާދުގެ ޚުޠުބާ ދެއްވުމަށް މަޝްހޫރު ޢިލްމުވެރި އާއިލާއެއްގެ ބައްޕައަކާއި ދަރިއަކު ހަމަޖައްސައިފިއެވެ. ސައުދީ ރަސްކަމުގެ ރޯޔަލް ކޯޓުން ނިންމަވާފައިވަނީ މިއަހަރުގެ ޢަރަފާތް ދުވަހު މަސްޖިދު ނަމިރާގައި ޚުޠުބާ ދެއްވުމަށް، މަދީނާގެ މަސްޖިދުއްނަބަވީގެ އެންމެ ދުވަސްވީ އެއް އިމާމު ކަމުގައިވާ ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީއެވެ. ހަމައެއާއެކު، އެމަނިކުފާނުގެ ދަރިކަލު...
ނާޒިމާ އަލީ
މިއަހަރުގެ މާތްވެތި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހާ ޙައްޖުވެރިން ތަރުވިޔާ ދުވަސް ހޭދަކުރުމަށްޓަކައި މިނާއަށް ގޮސް ނިމި ޢަރަފާތް ބިމަށް ދަތުރުކުރަމުންދާކަމަށް ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތް ބިމުގައި މަޑުކުރުމުގެ ކުރިން މިނާއަށް ޙައްޖުވެރިން ވަނުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އިންތިޒާމުވެގެން، ސަލާމަތީ، ޞިއްޙީ އަދި ޚިދުމަތްދޭ އެކި ދާއިރާތަކުގެ ބެލުމުގެ ދަށުންނެވެ. ޙައްޖުވެރިން މިނާގައި ކަނޑައެޅިފައިވާ ފޭލިގެތަކަށް ވަނުމާ ހަ...
ނާޒިމާ އަލީ
މިއަހަރުގެ ހައްޖު މޫސުމުގެ ތަރުވިޔާ ދުވަހު މިނާގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީ (އެންސީއެމް) އިން ހާމަކޮށްފިއެވެ. ހޯމަ ދުވަހު މިނާގެ ވައިގެ ދުވެލި ހުރީ ގަޑިއަކު 26 ކިލޯމީޓަރު ބާރުމިނުގައި ކަމަށާއި، ތެތްކަން ހުރީ 36 އިންސައްތައިގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އެންސީއެމްއިން ހާމަކުރި ގޮތުގައި، ހައްޖުގެ މާތް ބިންތަކުގެ ތެރެއިން މި ސީޒަނުގައި އެންމެ ހޫނުގަދަ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ […]
ނާޒިމާ އަލީ
އީރާނުގެ ރައްޔިތުންނަށް ދުނިޔޭގެ އިންޓަނެޓްގެ ހިދުމަތް އަލުން ދިނުމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަމުރުކުރައްވައިފި ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިއީ 87 ދުވަހުގެ މެދުކެނޑުމަކަށްފަހު އިންޓަނެޓްގެ ހިދުމަތް އިއާދަކުރުމަށް ކުރެއްވި އަމުރެކެވެ. އީރާން ރައީސް މި އަމުރު ކުރަށްވާފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އިންޓަނެޓް ދޫކޮށްލުމުގެ އަމުރާއި މި މަޝްވަރ...
ނާޒިމާ އަލީ
ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިއުލާންކޮށްފިއެވެ. ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 އިން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި ގެޒެޓްކުރެވިފައިވާ […]
ޔުމްނާ ޢަލީ
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އީރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް މެކްސިކޯގައި ކޭމްޕް ކުރުމުގެ ފުރުސަތު ދިނުމަށް އެ ގައުމުން ނިންމައިފިއެވެ. މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް މިކަން އިއުލާން ކުރެއްވީ، މުބާރާތުގެ ދުވަސްވަރު އީރާން ޓީމު އެމެރިކާގައި ބޭސް ކުރުމަށް އެމެރިކާ ސަރުކާރުން އިންކާރު ކުރުމާ ގުޅިގެންނެވެ. މި ނިންމުމާއެކު އީރާން ޓީމުގެ ޓްރެއިނިންގ ބޭސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ސެން ޑިއޭގޯއާ އިންވެގެން އޮންނަ މެކްސިކޯގެ ސިޓީއެއް...
ނާޒިމާ އަލީ
އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަމަށް، އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ބާގިރު ގާލީބާފް އަލުން އިންތިޚާބުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީންނެވެ. މިއަދު، 25 މެއި 2026 ގައި ބޭއްވުނު އިންތިޚާބުގައި ގާލީބާފް މި މަޤާމަށް ހޮވިވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އޭނާއަށް 235 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރެއްވި މުޙައްމަދު ތަޤީ ނަޤްދަލީއަށް ލިބިވަޑައިގަތީ 29 ވޯޓެވެ. އަދި އުޘްމާން ސާލާރީއަށް ލ...
ނާޒިމާ އަލީ
މާލެއިން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރުކުރި “ރިލެކްސް އައިޝާ” ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ، އަޑިއަށް ދަނިކޮށް އޭގެއިން ދަތުރުކުރި އެންމެން ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 25 މެއި 2026 ވީ އާދިއްތަ ދުވަހުގެ އިރުއޮއްސި 17:30 ހާއިރުއެވެ. މެރިން ޕޮލިހުން މައުލޫމާތު ދީފައިވާ ގޮތުގައި، ލޯންޗު ދިޔަވާން ފެށުމާއެކު އެ އުޅަނދުން ދަތުރުކުރި 25 މީހުން ވަނީ ރައްކާތެރިކަމާއެކު އެހެން ސަރަހައްދަކަށް ގެންގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް […]
ޔުމްނާ ޢަލީ
ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ ކުޅެވެމުން އަންނަ ފޯރިގަދަ ސަގާފީ ކުޅިވަރެއް ކަމަށްވާ މަންޑި ދިރުވައި އާލާކުރުމަށްޓަކައި ށ. ފުނަދޫ އާއި ނ. ކެނދިކުޅުދޫގެ މެދުގައި ތާރީޚީ މެޗެއް ކުޅެފިއެވެ. މި ފޯރިގަދަ މެޗުގައި ވާދަކޮށް 4 ލަނޑު 2 ލަނޑުން މޮޅުވެފައިވަނީ ށ. ފުނަދޫގެ “އަރުމަތާ ޕްރޯ” ޓީމެވެ. މި މެޗާ ގުޅޭގޮތުން ފުނަދޫގެ ފަރު ފުނަ ސްޕޯޓްސް އިން ބުނީ، މިއީ ފަހުގެ ތާރީޚެއްގައި ރަށު ފެންވަރުގައި މިހާ ވާދަވެރިކޮށް މަންޑި ކުޅެވުނު ފުރަތަމަ […]
ޔުމްނާ ޢަލީ