މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,376 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1891 ވަނަ ޞަފްޙާ

6 ވަނަ ފަންގިފިލާއިން ވެއްޓި 74 އަހަރުގެ މީހަކު ނިޔާވެއްޖެ

6 ވަނަ ފަންގިފިލާއިން ވެއްޓި 74 އަހަރުގެ މީހަކު ނިޔާވެއްޖެ

މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ 6ވަނަ ފަންގިފިލާ އިން ވެއްޓި އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެއެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ، ގެއެއްގެ ހަ ވަނަ ފަންގިފިލާ އިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ ދަންވަރު 02:39 ގައި ކަމަށެވެ. އަދި އެ އިމާރާތުން ވެއްޓި ނިޔާވެފައި ވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ، ވެއްޓުމުން […]

އަލީ އާދިލް
ދެ ޤާނޫނެއް ތަންފީޛުކުރުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފި

ދެ ޤާނޫނެއް ތަންފީޛުކުރުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފި

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛު ކުރުމާއި ގުޅޭ ގޮތުން އިދާރާތަކާއިއިއެކު ޕޮލިސީ ލެވެލްގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން މިއަދު ބޭއްވުނު މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. އޭޖީ އޮފީހުން ބުނީ މި މަޝްވަރާ ބައްދަލުވުމަަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި، އެ ޤާނޫނުތަކުގެ ދަށުން ދައ...

އަލީ އާދިލް
ނ. އަތޮޅުގެ ރައްޔިތުންނަށް ރަންދެލި ރިސޯޓުން ބޮޑު އެހީ އެއް!

ނ. އަތޮޅުގެ ރައްޔިތުންނަށް ރަންދެލި ރިސޯޓުން ބޮޑު އެހީ އެއް!

ނ. އަތޮޅުގެ ރައްޔިތުންނަށް ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިއެހީތެރިކަމާއި ގުޅޭގޮތުން “ތިލަދުން”އަށް މަޢުލޫމާތު ހިއްސާކުރަމުން ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިސްމާއިލް ޝަފީޤް ވިދާޅުވީ މިތަކެތި އެހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ރިސޯޓުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެރިސޯޓުގެ އެޗްއާރު މެނޭޖަރ ފާއިޒް އެވެ. އިސްމާއިލް ޝަފީޤް ވިދާޅުވީ އަތޮޅު ހޮސްޕިޓަލަށް އެރިސޯޓުން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި 2 ވެންޓިލޭޓަރ، 5 ކާޑި...

އިބްރާހިމް އަސްވާޤް
ފްރަންޓްލައިން އެލަވެންސް އިތުރު 825 މުޒަފަކަށް، ޖުމްލަ 1045 މުވައްޒަފަކަށް ދީފި

ފްރަންޓްލައިން އެލަވެންސް އިތުރު 825 މުޒަފަކަށް، ޖުމްލަ 1045 މުވައްޒަފަކަށް ދީފި

ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ފްރަންޓްލައިން އެލަވަންސް އިތުރު 825 މުޒަފަކަށް ދީފި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އިތުރު 825 މުޒަފަކަށް ފްރަންޓްލައިން އެލަވަންސް ދީފި ކަމަށެވެ. އެ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސް ގޮތުގައި 10.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އެއާއިއެކު މިހާތަނަށް މި އެލަވެންސް 1045...

އަޙްމަދު ވަހީދު
އުތުރަށް ވަރަށް ވިއްސާރަ ދުވަހެއް، ބައެއް ރަށް ރަށުގައި ފެން ބޮޑުވި

އުތުރަށް ވަރަށް ވިއްސާރަ ދުވަހެއް، ބައެއް ރަށް ރަށުގައި ފެން ބޮޑުވި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ގިނަ ރަށްރަށަށް މިއަދު ވަރަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެއެވެ. މި ގޮތުން އުތުރުގެ ގިނަ ރަށްތަކަކަށް މިއަދު ވެހެން ފެށި ބޯ ކެރި އަދި ވެސް ދަނީ ބައެއް ރަށްރަށަށް ވެހެމުންނެވެ. ރާއްޖޭއަށް ކުރަމުންދާ ވިއްސާރައިގައި 4 ރަށެއްގައި ފެންބޮޑުވެގެން ފެންހިއްކުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ) އިން ހާމަކުރައްވާފައިވާއިރު، އުތުރުގެ 3 ރަށަކަށް ފެންބޮޑުވެގެން ރިޕޯޓް ކޮށްފައި ވާކަ...

ޝިއުނާ އާދަމް
ކޯވިޑް19: ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 5،041 އަށް

ކޯވިޑް19: ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 5،041 އަށް

ކޯވިޑް19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 5،041 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ޖުމްލަ 5041 މީހުން ކޯވިޑު-19 އަށް ޕޮޒިޓިވް ވެފައިވާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 140 މީހަަކަށް ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ތިބީ 1.478 މީހުންނެވެ. އަދި މިއާއި އެކު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ، 2.218އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ 143 މީހަކު ވަނީ ކޯވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ [...

އަލީ އާދިލް
ޑރ. މައުސޫމަށް ރުހުން ހޯދުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނައިފި

ޑރ. މައުސޫމަށް ރުހުން ހޯދުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނައިފި

ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އައްޔަން ކުރައްވާފައިވާ ޑރ. ޢަބްދުﷲ މައުސޫމަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. އެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފައި ވާއިރު، އައު ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމުގެ ކަންކަން ކުރިއަށް ދާނީ އެ މައްސަލަ މަޖިލީހުގެ ކޮމިޓީގައި ދިރާސާ ކުރުމަށްފަހު، ކޮމެޓީ ރިޕޯޓު މެމްބަރުންނަށް ފޮނުއްވުމަށްފަހު، އެ...

ޔުމްނާ ޢަލީ
ނެއްލައިދޫ ބަނދަރުގެ 30 އިންސައްތަ މަސައްކަތް ނިންމާލައިފި

ނެއްލައިދޫ ބަނދަރުގެ 30 އިންސައްތަ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %30 ނިމިފައި ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީއިން ކުރި ޓުވިޓެއްގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %45 މަސައްކަތްވެސް ވަނީ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި، 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 224...

ޖަލްވާން ޖާދުﷲ
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މާލެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާ...

އަލީ އާދިލް
އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 އޮގަސްޓު 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލް...

އަލީ އާދިލް
ޔުއެފާ ޗެމްޕިއަންސް ލީގު: ބާސާ އަދި ބަޔާން ކުއާޓާއަށް ދަތުރުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގު: ބާސާ އަދި ބަޔާން ކުއާޓާއަށް ދަތުރުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބާސެލޯނާއާއި ބަޔާން މިޔުނިކް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ރައުންޑް  އޮފް  ސިކްސްޓީންގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ނަޕޯލީ ވާދަކުރި މެޗު  1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރު ވެފައެވެ. އެ މެޗު ނަޕޯލީގެ ދަނޑުގައި ކުޅެފައިވުމުން ދެވަނަ ލެގުގެ މެޗު، ރޭ ކުޅެފައިވަނީ ބާސެލޯނާގެ ދަނޑުގައެވެ. ރޭގެ މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއި އެކު […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެއްޖެ

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެއްޖެ

މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީއަށް ބޯކޮށް ވާރޭ ވެހި، އެ ސިޓީގެ ބައެއް ގޭ ތަކަށް ފެން ވަދެއްޖެ އެވެ. އެމްއެންޑީއެފްއިން ބުނީ މި ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ 5 ގެއަކަށް ފެން ވަދެފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވާ ކަމަށެވެ. އެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޯތު އޭރިއާގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރި […]

ޝިއުނާ އާދަމް

މައުސޫމް ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ ވަކިކުރަން އެ ކޮމިޓީން ވެސް ނިންމައިފިއެވެ. ޖިންސީ ފުރައްސާރަ އާއި ރިޝްވަތުގެ ތުޙުމަތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ. މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ނިންމައި ޖުޑިޝަރީ ކޮމިޓީގެ ރިޕ...

އަލީ އާދިލް
ރާއްޖެއިން ބޭރުން، ބޭސް ގެންނަން އެދޭއިރު ލިޔެކިއުންތައް ހަމަކުރުމަށް އެދިއްޖެ

ރާއްޖެއިން ބޭރުން، ބޭސް ގެންނަން އެދޭއިރު ލިޔެކިއުންތައް ހަމަކުރުމަށް އެދިއްޖެ

ރާއްޖެއިން ބޭރުން ބޭސް ގެނަން އެދިލައްވާއިރު ހަމަ ކުރަންޖެހޭ ލިޔެކިއުންތައް ހަމަކުރެއްވުމަށްފަހު ހުށައެޅުމަށް އެސްޓީއޯ މެޑިކަލް ސާވިސް އިން އެދިއްޖެއެވެ. އެސްޓީއޯ މެޑިކަލް ސާވިސްއިން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ މިލިޔުންތަކަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ކޮންމެހެން ހުށައަޅަންޖެހޭ ލިޔެކިއުންތަކެއްކަމަށެވެ. އެގޮތުން ހުށައަޅަންޖެހޭ ލިޔެކިއުންތަކަކީ: 1. ބޭސް ސިޓީ ލިޔުނު ތާރީޚުން ފެށިގެން 2 މަސްދުވަސް ނުވާ ބޭސް ސިޓީއެއް 2. ބަލިމީހާގެ އައި ބަލިމީހާގެ އައިޑީ ކާޑުގެ ދެފ...

އިބްރާހިމް އަސްވާޤް
ލުބުނާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތެއް!

ލުބުނާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތެއް!

ލުބުނާނުގެ ވެރިރަށް ބޭރޫތްގައި ބާރުގަދަ ގޮވުމެއް ގޮވައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަޖެންސީ ރިލީފް ކެމްޕޭނެއް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ފަށައިފިއެވެ. އޮގަސްޓް 4 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ލުބުނާނުގެ ވެރިރަށް ބޭރޫތްގެ ބަނދަރު ސަރަހައްދުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާގައި 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 6000 އާއި ގާތްކުރާ އަދަދެއްގެ ރައްޔިތުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހާދިސާއާއި ގުޅިގެން ގެދޮރު ގެއްލުނު ރައްޔިތު...

އަލީ އާދިލް
ސަމާލުވޭ! އުތުރަށް ޔެލޯ އެލާޓް، 50 މޭލަށް ވައިގަދަވާނެ

ސަމާލުވޭ! އުތުރަށް ޔެލޯ އެލާޓް، 50 މޭލަށް ވައިގަދަވާނެ

ގުގުރުމާއެކު ބޯކޮށް ވާރޭވެހުން، އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށް އުތުރަށަ ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މި އެލާޓްގެ ވަގުތު ހެނދުނު 07:45 އިން ހެނދުނު 11:45 އަށް ދެމިގެންދާނެ ކަމަށް ބުނެފައިވެއެވެ. އުތުރަށް ޔެލޯ އެލާޓް ނެރެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓވެސް ވަނީ ނެރެފައެވެ. އަދި މިއަދު މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން […]

ޖަލްވާން ޖާދުﷲ
ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)

ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)

ބޮޑުތަކުރުފާނަކީ ހަރުދަނާ ލީޑަރޝިޕް އަސާސް (ޕްރިންސިޕަލް) ތަކެއްގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އެ އަސާސްތަކާއި މިއަދު ލީޑަރެއްގެ ކިބައިގައި ހުންނަން ބާރުއަޅައި ދަސްކޮށްދެވޭ ލީޑަރޝިޕް ޕްރިންސިޕަލްތަކާ މާބޮޑު ތަފާތެއް ނެތެވެ. މިކަމުން ދައްކައިދެނީ ބޮޑު ތަކުރުފާނުގެ ލީޑަރޝިޕުގެ ހަރުދަނާ ކަމެވެ. ތިރީގައި މި ލިޔަނީ ބޮޑުތަކުރުފާނުގެ ހަޔާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ލީޑަރޝިޕް ޕްރިންސިޕަލްތަކެވެ. އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި އަދި ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރު ކުރައ...

ޢަބްދުﷲ ސަޢީދު
މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލުނެރެފި

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލުނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރު އަތޮޅުތަކަށް ހުދު ސަމާލުނެރެފި އެވެ. މިގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ތިލަދުންމަތިން ފެށިގެން ރ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލުގެ ނެރެފައިވަނީ މިރޭ 01:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރެވޭހި ގުގުރާނެކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނެފައިވަނީ އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް […]

ޖަލްވާން ޖާދުﷲ